[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވެކްސިންޖެހުން 2

ވެކްސިންގެ ޙުކުމް ބިނާވަނީ އެހެދުމަށްޓަކައި ބޭނުންކޮށްފައިވާ މާއްދާއަށާ އަދި އެބޭނުންކުރުމުން އޭގެ މައްޗަށް ބިނާވާކަންކަމުގެ މައްޗަށެވެ. އެގޮތުން ވެކްސިންވަނީ ހަތަރު ބަޔަކަށް ބެހިގެންނެވެ.

 

  1. ފުރަތަމަ ބަޔަކީ: ބޭނުންކުރުން ހުއްދަވެގެންވާ މައްދާތަކެއް އެކުލެވިގެންވާ ތަކެއްޗެވެ. އަދި އެތަކެތީގައި ފައިދާކުރަނިވި އަޘަރުތަކެއްވުމެވެ.

 

މިފަދަ ތަކެތި ބޭނުންކުރުމަކީ ހުއްދަކަމެއްކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެއީ ޚަލްޤުތަކުންގެ މައްޗަށްވާ ﷲ ގެ ނިޢުމަތްތަކުގެ ތެރެއިން ނިޢުމަތެކެވެ. ޑޮކްޓަރީ މިފަދަ ކުރިއެރުންތަކުގެ ސަބަބުން ވަރަށް ގިނަ ވަބާތައްވަނީ ފެތުރުނަނުދީ ނައްތާލެވިފައެވެ.

 

އައްޝައިޚް ސަޢުދު ބުން ނާސިރު އައްޝިޘްރީ – حفظه الله – ވިދާޅުވިއެވެ.

 

“ވަބާތަކާއި ގައިންގަޔަށް އަރާބަލިތަކާ ގުޅުންހުރި މައްސަލަތަކާމެދު ދަންނައެވެ. މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ދެވޭ ވެކްސިންތައް ދެބަޔަކަށް ބެހިގެންވެއެވެ.

އޭގެ ތެރެއިން އެއް ބަޔަކީ ﷲ ގެ އިޛުނަފުޅާއެކު އެވެކްސިންތަކުގެ ފައިދާކުރާކަން ތަޖުރިބާއިން އެނގިފައިވާ ވެކްސިންތަކެވެ. އޭގެ ޙުކުމަކީ ބޭސްފަރުވާ ކުރުމުގެ ޙުކުމެވެ. އެހެނީ އެހިމެނިގެންވަނީ ބޭސްފަރުވާކުރުމުގެ ތެރެއިންނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«تَدَاوَوْا»

މާނައީ: “ތިޔަބައިމީހުން ބޭސްފަރުވާ ކުރާށެވެ.”

އެހެންކަމުން އެ ހިމެނޭނީ ބޭސްފަރުވާގެ ޙުކުމުގައެވެ. ބައެއް ފިޤުހުވެރިންވަނީ ވެކްސިންއާ ބެހޭގޮތުން ސުވާލު އުފައްދަވާފައެވެ. އެބޭކަލުން ވިދާޅުވިއެވެ.

“ހަމަކަށަވަރުން މިފަދަ ވެކްސިންތަކަކީ ހަށިގަނޑުގެ ތެރެއަށް ވެއްދޭ ނިކަމެތިކުރެވިފައިވާ ބައްޔެކެވެ. އެއީ ބޮޑެތި ބަލިތަކާދެކޮޅަށް މަސައްކަތްކުރުވުމަށް ކުރާ ކަމެކެވެ. އެބޭފުޅުން ވިދާޅުވަނީ ހަށިގަނޑުގެ ތެރެއަށް ބަައްޔެއް ވައްދަން ހުއްދަދެވޭނީ ކިހިނެތް ހެއްޔެވެ؟”

މީގައި ބުރަވެވޭ ގޮތަކީ މިކަން ކުރުމަކީ މައްސަލައެއް ނޫނެވެ… އެހެނީ މިފަދަ “ގެއްލުމެއް” ހަށިގަނޑަށް ވެއްދުމުގައި އެކުލެވިގެންވަނީ ގެއްލުމެއް ނޫނެވެ. އެހެނަސް އޭގައި އެކުލެވިގެންވަނީ މަޞްލަޙަތެކެވެ. އެއީ ބޮޑު ބައްޔަކުން އެވެކްސިންޖަހަައިގެން ހުރިމީހާ ރައްކާތެރިކުރާތީއެވެ. މިއީ މިފަދަ ވެކްސިންތައް ޖެހުން މަނާވެގެންނުވާކަމަށް ދަލީލުކުރާކެމެކެވެ.”

 

– މިއީ أحكام فقهية تتعلق بالأوبئة ގެ ނަމުގައި ޝައިޚު ދެއްވާފައިވާ ދަރުސްްއަކުން ނަގާފައިވާ ބައެކެވެ. –

 

 

އަދި އައްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒު رحمه الله ގެ ފަތުވާވެސް މިމައްސަލާގައި ވިދާޅުވާށެވެ. 

 

އަދި އެވެކްސިން ހެދިފައިވާ މާއްދާއަކީ ވައިރަސްއާއި ބެކްޓީރިއާފަދަ މުބާހު މާއްދާއެއްވިޔަސް ނުވަތަ އެނޫން މާއްދާއެއް ވިޔަސް އޭގެ ރަނގަޅު ފައިދާތަކެއް ކުރަންޏާ އެބޭނުން ކުރުން ހުއްދަވެގެންވެއެވެ.

 

ވިހައިން ބޭސްފަރުވާކުރުމުގެ ޙުކުމާއި ވެކްސިންގައި އެބޭނުންކުރުމުގެ ޙުކުމް ވިދާޅުވާށެވެ.

 

= ނުނިމޭ =

_______________

މަޞްދަރު

މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް