[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވެކްސިންޖެހުން 3

  1. ދެވަނަ ބަޔަކީ: ބޭނުންކުރުން ހުއްދަ މާއްދާއަކުން ހަދާފައިވާ ވެކްސިނުގެ ތެރެއިން އެވެކްސިނުން ހަށިގަނޑަށްވާ ފައިދާއަށްވުރެ ގެއްލުން ބޮޑު ނުވަތަ އޭގެން އެއްވެސް ފައިދާއެއް ނުވާ ވެކްސިނެވެ.

 

އެއްވެސް ޝައްކެތްނެތް ގޮތުގައި މިފަދަ ވެކްސިންތައް ބޭނުންކުރުން ހުއްދައެއް ނޫނެވެ. އެއީ ކެއުމާއި ބުއިމާއި ބޭހުގެ ތެރެއިން ބޮޑެތި ގެއްލުންވާފަދަ ތަކެތި ބޭނުންކުރުން އަހަރެމެންނަށްވަނީ ނަހީކުރެވިގެންނެވެ.

 

 

  1. ތިންވަނަ ބަޔަކީ: ޙަރާމް މާއްދާއެއް ނުވަތަ ނަޖިސް މާއްދާއެއް ބޭނުންކޮށްގެން ހަދާފައިވާ ވެކްސިނެވެ. އެހެނަސް ބައެއް “ކެމިކަލުން” “ޓްރީޓުކޮށްގެން” ނުވަތަ އެއަށް މާއްދާތަކެއް އެއްކޮށްގެން އޭގެ އަޞްލު ނަމާއި ޞިފަ ހުއްދަ އެއްޗަކަށް ބަދަލުކުރެއެވެ. އެއަށް ފިޤުހު ޢިލްމުގައި ކިޔަނީ “އިސްތިޙާލާ” ކުރުމެވެ.

 

އެފަދަ ވެކްސިނުގައި ފައިދާވާނަމަ ދަންނައެވެ. އެފަދަ ވެކްސިނުތައް ބޭނުންކުރުން ހުއްދައެވެ. އެއީ އިސްތިޙާލާގެ ސަބަބުން އެވަނީ ބޭނުންކުރުން ހުއްދަ މާއްދާއަކަށް ބަދަލުވެފައެވެ. އޭގެ ނަމާއި ޞިފަތައްވެސްމެއެވެ. އިސްތިޙާލާކުރުމުގެ ޙުކުމާމެދު ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާވެސް އިޚްތިޔާރުކުރައްވާފައިވާ މި ރައުޔެވެ.

 

 

 

= ނުނިމޭ =

_______________

މަޞްދަރު

މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް