[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވެކްސިންޖެހުން 4

  1. ހަތަރުވަނަ ބަޔަކީ: ގެއްލުންހުރި މާއްދާތަކަކުން ނުވަތަ ޙަރާމް މާއްދާތަކަކުން ހަދާފައިވާ ވެކްސިނެވެ. އަދި އެވެކްސިންތަކުން ފައިދާކުރާކަމަށް ކަނޑައެޅިގެން ބުނަންވެސް ނޭނގެއެވެ. އަދި ޑޮކްޓަރުންނާއި ބޭސްވެރިކަމުގައި ޚާއްޞަމީހުން އޭގެން ފައިދާވުމާމެދު ޚިލާފުވެފައިވާ ވެކްސިންތަކެވެ.

 

މިފަދަ ވެކްސިންތައް ބޭނުންކުރުން ހުއްދައެއް ނޫނެވެ. އެއީ އޭގެ ސަބަބުން ނަފްސަށް ގެއްލުމެއް ނުވަތަ ބައްޔެއް ޖެހިދާނެތީއެވެ.

 

 

އައްޝައިޚް ސަޢުދު ބުން ނާޞިރު އައްޝިޘްރީ حفظه الله  ވިދާޅުވިއެވެ.

 

“ގައިންގަޔަށް އަރާ ބަލިތަކަށް ދެވޭ ވެކްސިންތަކުގެ ތެރޭގައިވާ ބައެއް ވެކްސިންތަކަކީ އެއިން ފައިދާކުރާކަން ތަޖުރިބާއިން ކަނޑައެޅިގެން ސާބިތުނުވާ ވެކްސިނެވެ. ނުވަތަ އެއާމެދު ޑޮކްޓަރުން ޚިލާފުވުމުގެ ސަބަބުން ޢަމަލުކުރާނެ ރަނގަޅުގޮތެއް ނޭނގޭ ވެކްސިންތަކެވެ. އެފަދަ ވެކްސިނުގެ އަޞްްލަކީ އެފަދަ ވެކްސިން ބޭނުންނުކުރުމެވެ. އަދި އެބޭނުންކުރުން ހުއްދަނުވުމެވެ. އެހެނީ އެއީ ބަލިން ރައްކާތެރިކޮށްދޭ އެއްޗެއްކަމަށް ސާބިތުނުވާތީއެވެ. ފަހެ އަޅުގަނޑުމެންނަށް ސާބިތުކުރަނޫ އެއީ ގެއްލުންދޭ އެެއްޗެއްކަމަށެވެ. އެއީ ހަށިގަނޑަށް އޭގެ ސަބަބުން ގެއްލުމެއް ވަންނާނެކަމަށް ބެލެވޭތީއެވެ. އަދި އޭގެން އެއަށްވުރެ ބޮޑުފައިދާއެއް ވާނެކަން އަޅުގަނޑުމެންނަށް ސާބިތެއް ނުވެއެވެ. އެހެންކަމުން އެއީ ބޭނުންކުރުން ހުއްދަ ބާވަތެއް ނޫނެވެ. އެހެނީ ކަމެއްކުރަންވާނީ އޭގެ ގެއްލުމަށްވުރެ ފައިދާ ބޮޑުކަމުގައި ވާނަމައެވެ. އެކަން ސާބިތުނުވަންޏާ އަޞްލަކީ އެފަދަކަމެއް ނުކުރުމެވެ.”

 

– މިއީ أحكام فقهية تتعلق بالأوبئة ގެ ނަމުގައި ޝައިޚު ދެއްވާފައިވާ ދަރުސްްއަކުން ނަގާފައިވާ ބައެކެވެ. –

 

= ނުނިމޭ =

_______________

މަޞްދަރު

މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް