[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 2

 

ފުރަތަމަ ދަޢުވާ:

އެމީހުން މިދަޢުވާ ބިނާވެފައިވަނީ؛ މާތް ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތަކީ ވަޙީ ނޫންކަމަށާއި، އެއީ އެހެން މީހުންނެކޭ ވެސް އެއްފަދައިން، ޝަރުޢުގައި އައިސްފައިވާ ކަންކަމަށް ނަބިއްޔާ صلى الله عليه وسـلم ވެސް ކުރައްވާފައިވާ އިޖުތިޙާދުތަކެއް ކަމަށާއި، އެއީ މަޢްޞޫމު ބަސްފުޅުތަކެއް ނޫންކަމާއި، އޭގައި ހެޔޮ ރަނގަޅު ކަންކަން ހުންނާނެ ފަދައިން ކުށާއި އޮޅުންވެސް ހުންނާނެ ކަމަށް ބުނާ ބުނުމެއްގެ މައްޗަށެވެ. އަދި އެހެންކަމުން، ސުންނަތަށް ތަބާވުމާއި، ސުންނަތަކީ ދީނުގެ ޙުކުމްތައް ކަނޑައެޅުމަށްވާ މަޞްދަރެއް ނޫން ކަމުގެ ދަޢުވާގެ މައްޗަށެވެ.

ފަހެ، އެބައިމީހުންގެ މިދަޢުވާއަށް ދަލީލު ދެއްކުމައްޓަކައި ގެންނަ ޙަދީޘްފުޅުތަކަކީ، ދީނީ ގޮތުން ޙުކުމެއް ކަމެއް (ޙަރާމް، ޙަލާލު، މަންދޫބު، މަކްރޫހު ނުވަތަ މުބާހު ކަމަށް) އޭގައި ބަޔާން ކޮށްފައި ނުވާ ތަނުގައި ، އެއިން ކަމަކަށް ކުޑަކޮށް ނަމަވެސް އިޝާރާތެއް ވެސް އައިސްފައި ނުވާ ޙަދީޘްތަކެކެވެ. އެޙަދީޘްތައް އައިސްވައިވަނީ ނަބިއްޔާ صلى الله عليه وسـلم ގެ އަމިއްލަފުޅު މަޝްވަރާފުޅެއްގެ ގޮތުންނެވެ. އެކަންކަމަށް އެކަލޭގެފާނު އިރުޝާދުފުޅު ދެއްވާފައިވަނީ، އާދައިގެ އިންސާނެއްގެ ޙައިޘިއްޔަތުންނެވެ. އެއްގޮތަކަށްވެސް ޝަރުއީ ގޮތުން ވަކިގޮތެއް ނުވަތަ ޙުކުމެއް ކަނޑައެޅުއްވުމުގެ ގޮތުންނެއް ނޫނެވެ.

 

އެގޮތުން އެމީހުން ގެންނަ ޙަދީޘްތަކަކީ؛

ހ- ކަދުރު ދަނޑުތައް ބެލެހެއްޓުމުގައި އުޅުން މީހުންނަށް އެތަނުގައި ހުރި ރުއްތައް ޖޯޑު ކުރުމަކުން ވަކި ފައިދާއެއް ނުވާނެކަމަށް ދެކިލައްވާ ކަމަށް ޙަދީޘްފުޅު ކުރެއްވި ޙާދިޘާއި؛

ށ- ބަދުރު ހަނގުރާމަ ކުރެއްވުމައްޓަކައި މުސްލިމުންގެ ލަޝްކަރު މަރުކަޒު ކުރެއްވުމައްޓަކައި އެކަލޭގެފާނު ފުރަތަމަ ހަމަޖެއްސެވި ހިސާބު، އެކަލޭގެފާނުގެ ޞަޙާބީއެއްގެ މަޝްވަރާގެ މަތިން އެހެން ހިސާބަކަށް ބަދަލު ކުރެއްވި ޙަދިޘާއި؛

ނ- ބަދުރު ހަނގުރާމައިގައި ހައްޔަރުވި ކާފިރު އަސީރުންނަށް ހައްދަވާނެ ގޮތަކާ މެދު މަޝްވަރާ ކުރެއްވުމަށް ފަހު އެކަލޭގެފާނު ބުރަވެވަޑައިގެން ނިންމެވި ރައުޔަކީ ގޯސް ރައުޔެއްކަން ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީ ބަސްފުޅު ބާވައިލެއްވި ޙާދިޘާއާއި؛

ރ- ޞުލްޙަލްޙުދައިބިއްޔާގެ އެއްބަސްވުމާ ޞަޙާބީބޭކަލުން ހިތްފުޅާނުވުމާއި، ހަދްޔު ކަތިލަން އެނގެވުމުންވެސް އެއިން އެއްވެސް ބޭކަލަކު އެކަމަށް ތަބާވެވަޑައިނުގެންނެވި ޙާދިޘާއެވެ. އެމީހުން ބުނާގޮތުން، އެކަލޭގެފާނުގެ އަމުރުފުޅަކީ ވަޙީ ކަމުގައި ޞަޙާބީން ދެކިލެއްވި ނަމަ، އެއަމުރުފުޅަކާ ޚިލާފުވެވަޑައެއް ނުގަތީސްއެވެ.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 1