[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 3

ރައްދު

މަތީގައި ފާހަގަ ކުރެވުނު ދަޢުވާތަކަށް ބަލާލާއިރު ؛

 

ހ- ފަހެ ކަދުރު ކުރުގެ އެޙަދީޘް ދަންނައެވެ.

އެ ޙަދީޘްގައިވާ އެ މަސައްކަތަކީ އޭގެ ޒާތުގައި ތަޖުރިބާގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. އެފަދަ ކަންކަމަކީ، މީސްތަކުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމާ ގުޅިފައިވާ ކަންކަމެވެ. އަދި ނުވަތަ އާދަކާދައާއި ދުވަސްވީ ތަޖުރިބާގެ އަލީގައި ކޮށްއުޅޭ ކަންކަމެވެ. އެފަދަ ކަންކަމަކީ އެކަމެއްގައި ޙަލާލު ނުވަތަ ޙަރާމް ކަމެއް ކަނޑައެޅުމެއް ގުޅިފައި ނުވާހާ ހިނދަކު އެބައެއްގެ އަމިއްލަ ވިސްނުމާ ފިކުރަށް ދޫކޮށްލެވިފައިވާ ކަންކަމެވެ. އެކަން ޚުދު އެބައިމީހުން ދަލީލެއްގެ ގޮތުގައި އެނެގި ޙަދީޘުގައި ވެސް ނުހަނު ސާފުކޮށް އެއޮތީ ނަބިއްޔާ صلى الله عليه وسـلم ގެ ބަސްފުޅުން ފެންނާށެވެ.

 

ފަހެ ޠަލްޙާ رضي الله عنه ރިވާކުރެއްވިއެވެ:

مُوسَى بْنِ طَلْحَةَ عَنْ أَبِيهِ قَالَ مَرَرْتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم بِقَوْمٍ عَلَى رُءُوسِ النَّخْلِ فَقَالَ ‏”‏مَا يَصْنَعُ هَؤُلاَءِ‏”‏‏.‏ فَقَالُوا يُلَقِّحُونَهُ يَجْعَلُونَ الذَّكَرَ فِي الأُنْثَى فَيَلْقَحُ ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏مَا أَظُنُّ يُغْنِي ذَلِكَ شَيْئًا‏”‏‏.‏ قَالَ: فَأُخْبِرُوا بِذَلِكَ فَتَرَكُوهُ، فَأُخْبِرَ رَسُولُ اللَّهِ صلى الله عليه وسلم بِذَلِكَ فَقَالَ ‏”‏إِنْ كَانَ يَنْفَعُهُمْ ذَلِكَ فَلْيَصْنَعُوهُ فَإِنِّي إِنَّمَا ظَنَنْتُ ظَنًّا فَلاَ تُؤَاخِذُونِي بِالظَّنِّ وَلَكِنْ إِذَا حَدَّثْتُكُمْ عَنِ اللَّهِ شَيْئًا فَخُذُوا بِهِ فَإِنِّي لَنْ أَكْذِبَ عَلَى اللَّهِ عَزَّ وَجَلَّ ‏”‏ ‏.‏ (مسلم: 2361)

“ކަރުދު ރުއްތަކަކަކަށް އަރައި ތިބި ބަޔަކު ކައިރިން ތިމަންކަލޭގެފާނު ﷲ ގެ ރަސޫލާ صلى الله عليه وسـلم ގެ އަރިހުގައި ދިޔައީމެވެ. ފަހެ އެކަލޭގެފާނު ސުވާލު ކުރެއްވިއެވެ: “މިބައިމީހުން އެ ކުރަނީ ކޮން ކަމެއް ހެއްޔެވެ”. އެބައިމީހުން ދެންނެވިއެވެ: “(އޭގެ) ފިރިހެން އަދި އަންހެން ، ޖޯޑު ކުރަނީއެވެ”. ފަހެ ﷲ ގެ ރަސޫލާ صلى الله عليه وسـلم ޙަދީޘްފުޅު ކުރެއްވިއެވެ: “އެކަމުން އެއްވެސް ފައިދާއެއް ވާނެހެނެއް ތިމަންކަލޭގެފާނަކަށް ‘ހީފުޅެއް’ ނުވެއެވެ”. ފަހެ އެޚަބަރު އެބައިމީހުންނަށް ދެވުމުން އެބައިމީހުން އެކަން ހުއްޓާލިއެވެ. އަދި އެވާހަކަ ﷲ ގެ ރަސޫލާ صلى الله عليه وسـلم އަށް ދެންނެވުމުން އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ: “އޭގެން އެބައިމީހުންނަށް ފައިދާއެއް ކުރާކަމުގައި ‘ވާނަމަ’ ފަހެ އެކަން ކުރާށެވެ. ފަހެ ހަމަކަށަވަރުން، ތިމަންކަލޭގެފާނު ‘ހީފުޅެއް (ލަފާ)’ ކުރެއްވީއެވެ. ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ‘ހީފުޅުގައި’ (އެފަދައިން) ނުހިފާށެވެ. އެކަމަކު، ﷲ ތަޢާލާގެ ކިބައިން ކަމަކާ ބެހޭގޮތުން ޙަދީޘްކުރައްވައިފި ނަމަ އޭގައި ތިޔަބައިމީހުން ހިފާށެވެ. ހަމަޔަޤީނުންވެސް ﷲ ޢައްޒަވަޖައްލަގެ މައްޗަށް ތިމަންކަލޭގެފާނު އިތުރުފުޅެއް ނުހައްދަވާނަމެވެ”.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 2