[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 4

އަދި ރާފިޢު رضي الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ:

عن رَافِعُ بْنُ خَدِيجٍ، قَالَ قَدِمَ نَبِيُّ اللَّهِ صلى الله عليه وسلم الْمَدِينَةَ وَهُمْ يَأْبُرُونَ النَّخْلَ يَقُولُونَ يُلَقِّحُونَ النَّخْلَ فَقَالَ ‏”مَا تَصْنَعُونَ‏”‏ ‏.‏ قَالُوا كُنَّا نَصْنَعُهُ. قَالَ: ‏”لَعَلَّكُمْ لَوْ لَمْ تَفْعَلُوا كَانَ خَيْرًا‏”‏‏.‏ فَتَرَكُوهُ فَنَفَضَتْ أَوْ فَنَقَصَتْ – قَالَ – فَذَكَرُوا ذَلِكَ لَهُ فَقَالَ ‏”‏إِنَّمَا أَنَا بَشَرٌ إِذَا أَمَرْتُكُمْ بِشَىْءٍ مِنْ دِينِكُمْ فَخُذُوا بِهِ وَإِذَا أَمَرْتُكُمْ بِشَىْءٍ مِنْ رَأْىٍ فَإِنَّمَا أَنَا بَشَرٌ‏”‏ (مسلم: 2363)

“ނަބިއްޔާ صلى الله عليه وسـلم މަދީނާއާ ދިމާލަށް ވަޑައިގެންނެވިއެވެ. އަދި އެބައިމީހުން ކަދުރު ރުއް ޖޯޑު ކުރަން ތިއްބެވެ. އަދި އެމީހުން ބުނަމުން ދިޔައެވެ: ‘އެމީހުން ކަދުރު ރުއް ޖޯޑު ކުރަނީއެވެ’. ފަހެ ނަބިއްޔާ صلى الله عليه وسـلم ޙަދީޘްފުޅު ކުރެއްވިއެވެ: “ތިޔަބައިމީހުން ތިޔަ ކުރަނީ ކޮންކަމެއް ހެއްޔެވެ؟”. އެމީހުން ބުންޏެއެވެ: “މިއީ ތިމަންމެން (އަބަދުވެސް) ކޮށްއުޅޭ ކަމެކެވެ”. އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ: “ފަހަރެއްގައި ތިކަން ނުކުރިޔަސް ހަމަ އެންމެ ރަނގަޅު ވެދާނެއެވެ”. އެހިނދު އެބައިމީހުން އެކަން ކުރުން ހުއްޓާލިއެވެ. އަދި (އެފަހަރުގެ މޭވާ) މުރަނަވެ ނުވަތަ މަދުވިއެވެ. އަދި އޭގެ ޚަބަރު ނަބިއްޔާ صلى الله عليه وسـلم ގެ އަރިހުގައި ދެންނެވިއެވެ. ފަހެ އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ: “ތިމަންކަލޭގެފާނަކީ ވެސް ހަމަ އިންސާނެކެވެ. ތިޔަބައިމީހުންގެ ދީނުގެ ކަމަކަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އަމުރުފުޅު ކުރައްވައިފި ނަމަ އޭގައި ތިޔަބައިމީހުން ހިފާށެވެ. އަދި (ދުނިޔެވީ) ކަމެއްގައި ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަމުރުފުޅެއް ކުރައްވައިފި ނަމަ، ފަހެ ތިމަންކަލޭގެފާނަކީ ހަމައެކަނި އިންސާނެކެވެ”.

 

ފަހެ މަތީގައި ބަޔާންވެގެން ދިޔަ ދެ ރިވާޔަތުން އެއްވެސް އޮޅުމެއް ނެތި އެނގެން އޮތީ ކަދުރު ރުކުގެ އެކަމާ މެދުގައި އެކަލޭގެފާނު ވިދާޅުވި ބަސްފުޅަކީ އެކަލޭގެފާނުގެ އަމިއްލަފުޅު ލަފާފުޅެއްގެ މައްޗަށް ބިޔާކޮށް ވިދާޅުވި ޙަދީޘް ބަސްފުޅެއް ކަމާއި، އެއީ އެއްގޮތަކަށްވެސް ދީނީ ގޮތުން ޙުކުމެއް ބަޔާން ކުރެއްވުމަށް ﷲ ތަޢާލާއަށް ނިސްބަތް ކުރައްވައިގެން ވިދާޅުވި ބަސްފުޅެއް ނޫންކަމެވެ. އެހެނީ އެފަދައިން އެކަލޭގެފާނު އެވަނީ ޞަރީޙަ ޢިބާރާތުން ޙަދީޘްފުޅު ކުރައްވާފައެވެ. މިހާ ސާފުކޮށް ބަޔާންކޮށްދެއްވާފައިވި ހިނދުގައި، މިޙަދީޘްގެ އެއްބައި ނެގުމަށް ފަހު، އަނެއްބައި އެއްލާލާފައި އަމިއްލަ ކޮޅު ގަދަކުރަން މިފަދަ މާތް މުޤައްދަސް ބަސްފުޅުތައް ބޭނުން ކުރުމުން، އެކަމުގެ ފަހަތުގައި ފޮރުވިފައިވާ މަޤްޞަދަކީ ކޮބައިކަން ވިސްނުމެއް ހުރި ކޮންމެ މީހަކަށް ހާމަވެގެންދާނެކަން ކަށަވަރެވެ.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 3