އަސާސް 8: ދައުލަތުގެ އިޤްތިޞާދު ހިންގާނެގޮތުގެ އިރުޝާދުތައް
ޙާލަތު ނިޔާކުރާގޮތުން، ސަރުކާރަށް ބައެއް އިޤްތިޞާދީ ޙަރަކާތްތައް ހުއްޓުވުމުގެ ބާރު ލިބިފައިއެވެ. އެއީ ޙަރާމް ވިޔަފާރިއެއް ނުވަތަ ބޭއިންސާފުވެރިގޮތްތަކެއް ވިޔަފާރިކުރުމުގައި ގެންގުޅުންފަދަ ޙާލަތްތަކެވެ. އަދި ބައެއް ޙާލަތްތަކުގައި އިޤްތިޞާދީ މަސައްކަތްތައްކުރުމަށް އަމުރުކުރުމުގެ ބާރުވެސް ސަރުކާރަށް ލިބިގެންވެއެވެ. އެއީ އިޤްތިޞާދު އަޑިއަޅާލައިފައިވާ ދަނޑިވަޅެއްގައި އިޤްތިޞާދު އަލުން ނަގާ ކޮޅަށް ޖެހުމަށް ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން ކުރެވޭ މަސައްކަތްތަކުގައި ރައްޔިތުން ބައިވެރިވުން ލާޒިމުކުރުންފަދަ ކަންކަމެވެ.
ޒަކާތް، ޚަރާޖު، ޖިޒްޔަ ނެގުމުގެ ނިޒާމްތަކުގެ ތެރެއިން ސަރުކާރަށް ނުސީދާގޮތުން ޤައުމުގެ އިޤްތިޞާދަށް ބާރުފޯރުވެއެވެ.
=ނިމުނީ=
المصادر:
* أصول الاقتصاد الإسلامي ؛ د محمد السريتي
* مبادئ الاقتصاد الإسلامي ؛ د عابد بن عابد بن راجح العبدالي
* الثقافة الإسلامية 3 ؛ جامعة أم القرى
* الربا و الغرر؛ د طارق عنقاوي
* (تاريخ فكرة الاقتصادي الاسلامي) History of Islamic Economic Thought ؛ جامعة ملك عبدالعزيز