[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 18

ރައްދު

 

ދަންނައެވެ. އެބައިމީހުންގެ މި ދަޢުވާތަކާއި ވާހަކަތަކަކީ އެއްވެސް އަޞްލެއް ޙަޤީޤަތެއް ނެތް ބާޠިލު އެއްޗެހި ތަކެކެވެ. އަދި އޭގައި ވަނީ ދޮގާއި ބުހުތާނުން މީސްތަކުންނަށް އޮޅުވާލުމާއި ޙައްޤު ފޮރުވުމަށްޓަކައި ރޭވިފައިވާ މަކަރުވެރި ރޭވުންތަކެވެ. އެމީހުންގެ އެ ވާހަކަތަކަށް ވަކިވަކި ބަލާލަމާ ހެއްޔެވެ.

 

ހ- ނަބިއްޔާގެ ސުންނަތް ލިޔުމާއި އެ ރައްކާ ކުރުން އެކަލޭގެފާނު މަނާ ކުރެއްވި ކަމަށް ބުނާ ވާހަކައިގެ އަޞްލު ދަންނައެވެ. އެއީ ނަބިއްޔާ صلى الله عليه وسـلم ގެ ބައެއް ޙަދީޘްފުޅުތައް އޭގެ މަފްހޫމުން ބޭރުގައި ބޭނުންކޮށް އަޞްލު އެކަން އޮތް ވަރަށް ވުރެ ބޮޑުކޮށްލައިގެން ހަދާފައިވާ މަކަރެކެވެ. އޮޅުވާލުކެމެވެ. އެވާހަކައިގެ އެއްބައިގައި ކޮންމެވެސް ވަރަކަށް ޙައްޤު ބަސް އެކުލެވިގެންވިއެއް ކަމަކު އެއީ ޙީލަތެކެވެ. އޭގައި ވަނީ އެމީހުންގެ އަމިއްލަ އެދުމާ އެއްގޮތަށް ޙައްޤު ބަސްފުޅުތަކެއް އޭގެ މަޙައްލު ނޫން އެހެން މަޙައްލެއްގައި ބޭނުންކޮށްފައެވެ. ޔަހޫދީންނާއި ނަޞޯރާއިންވެސް ކަން ކުރި ފަދައިންނެވެ.

 

އެއްވެސް ޝައްކެއް ނެތް ގޮތުގައި، ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތް “ލިޔެގެން” ރައްކާ ކުރެއްމުވުމަށް ވުރެ އިތުރު އަހައްމިއްޔަތުކަމެއް ކީރިތި ޤުރްއާން ލިޔެގެން ރައްކާތެރި ކުރުމައްޓަކައި އެޒަމާނުގައި ދެވުނެވެ. އަދި އެކަން އެއީ މިޒަމާނުގައިވެސް ހަމަ އޮތް ގޮތެވެ. އެކަމާ އެއްވެސް މީހަކު ދެބަހެއް ނުވެއެވެ. އެހެނީ އެއީ ދީނުގެ އެންމެ ފުރަތަމަ މަޞްދަރެވެ. އަދި އެއީ މާތްކަމާއި މަތިވެރި ކަމުގައި ސުންނަތައް ވުރެ އިސްކުރެވިގެންވާ އެއްޗެކެވެ. މާނައަކީ ޛިކުރު ކުރުވޭ ހިނދު “ތަރުތީބުގައި” ޤުރްއާން އިސްކުރެވިގެންވާ ވާހަކައެވެ. އެއްވެސް ޙާލަތެއްގައި “ޙުއްޖިއްޔަތުގައި” އިސްކުރެވިގެންވާ ވާހަކައެއް ނޫނެވެ. ފަހެ އެފަދައިން އެކަން ވުމަށް އެތައް ބައިވަރު ސަބަބުތަކެއްވެސް އެބަހުއްޓެވެ. އެހެނީ، އެއްވެސް މުސްލިމަކަށް ވަންހަނާވެފައި ނުވާނެހެން، މި އުންމަތުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسـلم އަށް ﷲ ތަޢާލާގެ ރިސާލަތު ޙަވާލު ކުރެއްވުން އިފްތިތާޙުވެގެން ގޮސްފައިވަނީވެސް ޤުރްއާނުގެ އާޔަތްތަކުންނެވެ. އަދި ޤުރްއާނުގެ ހުރިހާ މަޤާމާއި މަކާނެއްގައިވެސް، ތަރުތީބު އެތުރިފައި ވާއިރު ޤުރްއާން އިސްކުރެވިފައި ވާތީއެވެ. މީގެ އިތުރުން، ކީރިތި ޤުރްއާން އަކީ ﷲ ތަޢާލާގެ ޙަޟްރަތުން ޖިބްރީލް عليه السلام މާތް ނަބިއްޔާ صلى الله عليه وسـلم އަށް ގެނެސްދެއްވި ސީދާ ވަކި ކަލިމަތަކެއްގެ މައްޗަށް މަޙްދޫދުވެގެންވާ އެއްޗެއް ކަމުގައިވުމާއި، އޭގެ ސަބަބުން އެ ލިޔެ ބެލެހެއްޓުމަކީ ސުންނަތާ އަޅާ ބަލާއިރު ފަސޭހަ ކަމެއް ކަމުގައި ވުމާއި، އެޒަމާނުގައި ލިބެން ހުރި ވަޞީލަތްތަކަށް ބެލިޔަސް، ސުންނަތް ލިޔެގެން ބެލެހެއްޓުމަށް ވުރެ ޤުރްއާން ލިޔެ ރައްކާކުރުން މާބޮޑަށްވެސް ލުއި ކަމެއް ކަމުގައިވުން ހިމެނެއެވެ. އެއާ ޚިލާފަށް ނަބިއްޔާ صلى الله عليه وسـلم ގެ ޙަދީޘް ބަސްފުޅުތަކަކީ، އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާ ބަސްފުޅުގެ މާނަ ނުގެއްލޭ ގޮތަށް އަމިއްލަ ޢިބާރާތުންވެސް ރިވާކުރުން ހުއްދަ އެއްޗެކެވެ. އަދި ސުންނަތުގެ ތެރޭގައި އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާ ކަލިމަފުޅުތަކުގެ އިތުރުން އެކަލޭގެފާނުގެ ޙަރަކާތްޕުޅުތަކާއި ޢަމަލުފުޅުތައްވެސް ހިމެނިގެން ދިއުން ހިމެނިގެން ވެއެވެ.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 17