[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 20

 

އަދި ހަމައެފަދައިން ޞަޙީޙް ބުޚާރީގައިވާ އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘް: مَا مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم أَحَدٌ أَكْثَرَ حَدِيثًا عَنْهُ مِنِّي، إِلاَّ مَا كَانَ مِنْ عَبْدِ اللَّهِ بْنِ عَمْرٍو فَإِنَّهُ كَانَ يَكْتُبُ وَلاَ أَكْتُبُ‏ “. [صحيح البخاري (مع الفتح) كتاب العلم حديث 113].

“ޢަބްދުﷲ ބުނު ޢަމްރޫ ފިޔަވައި ތިމަންކަލޭގެފާނަށް ވުރެ ﷲ ގެ ރަސޫލާ صلى الله عليه وسـلم ގެ ޙަދީޘް އެނގިލައްވާ އެހެން ބޭކަލަކު ނަބިއްޔާ صلى الله عليه وسـلم ގެ އަޞްޙަބުންގެ ތެރޭގައި ނުހުންނާނެއެވެ. ފަހެ ހަމަކަށަވަރުން އެކަލޭގެފާނު (ޙަދީޘްފުޅުތައް) ލިޔުއްވިއެވެ. އަދި ތިމަންކަލޭގެފާނު ނުލިޔުއްވަމެވެ”. އާއި؛

 

ނަބިއްޔާ صلى الله عليه وسـلم އަވަހާރަވުމުގެ ކުރިން އާލާސްކަންފުޅާ އެނދު ދާންކޮޅު މަތީގައި އޮންނަވައި؛ “ائْتُونِي بِكِتَابٍ أَكْتُبُ لَكُمْ كِتَابًا لاَ تَضِلُّوا بَعْدَهُ”. [البخاري: 114].

“އެއެއްޗެއްގެ ފަހުން ތިޔަބައިމީހުން މަގު ގެއްލިގެން ނުދާނެ އެއްޗެއް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށްޓަކައި ލިޔެދެއްވުމަށް، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ފޮތެއް ގެނެސްދެއްވާށެވެ”.

 

މިފަދައިން ޙަދީޘްފުޅު ކުރެއްވިކަމަށް ޞަޙީޙް ބުޚާރީގައިވާ މިޙަދީޘްފުޅު ވެސް އެބައިމީހުންނަށް ނުފެންނަ ކަމަށް ހަދައެވެ.

 

މީގެ އިތުރުން އެނޫން ޙަދީޘް ފޮތްތަކުގައި ހުރި ޙަދީޘްތައް މަދުނޫން ޢަދަދަށް ރިވާވެގެންވެއެވެ. ސުންނަތް ނުލިޔުމަށް އައިސްފައިވާ ހަމައެކަނި ޞައްޙަ ޙަދީޘް ކަމުގައިވާ އަބޫ މޫސާ رضي الله عنه ގެ ޙަދީޘް ނެގުމަށްފަހުގައި ޞަޙީޙް ބުޚާރީއާއި އެނޫން ޙަދީޘް ފޮތްތަކުގައި އައިސްފައިވާ އެހުރިހާ ޙަދީޘްތަކުން މޫނު އަނބުރާލުމަކީ އެމީހުންގެ މަކަރުވެރިކަން އޭގެ އިންތިހާއަށް ހާމަވެގެންދާ ކަމެކެވެ. ފަހެ އެމީހުންގެ ކިބައިގައި އަމާނާތްތެރިކަމެއް އިޚްލާޞްތެރިކަމެއް ހުރިނަމަ މި ޙަދީޘްތަކުގެ ވާހަކަ ބަޔާން ކުރީހެވެ.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 19