[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުންކަރާތްތަކަށް އިންކާރުކުރާނީ ކިހިނެތް 1

މުންކަރާތްތަކަށް އިންކާރުކުރުމުގައި ތިން ދަރަޖަވެއެވެ.

ފުރަތަމަ ދަރަޖަ: އަތުން މަނާކުރުން – އެއީ އެކަމަކަށް އިންކާރުކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ޙާލެވެ. މިސާލަކަށް ގޭގައި ހިނގާ މުންކަރާތެއް ފިރިމީހާ މަނާކުރުމެވެ.

ދެވަނަ ދަރަޖަ: ދުލުން އިންކާރުކުން – އަތުން މަނާކުރުމަށް ޢުޛުރުވެރިވާ ޙާލަތުގައި ދުލުން މަނާކުރާށެވެ. މިސާލަކަށް ޢައުރަ ނިވާނުކޮށް ހުރި އަންހެނަކު ފެނުމުން އޭނާއަށް ދުލުން އިންކާރުކުރުމެވެ.

ތިންވަނަ ދަރަޖަ: ހިތުން އިންކާރުކުރުން – އަތުން މަނާކުރުމަށް ޢުޛުރުވެރިވާ ޙާލަތުގައި ހިތުން މަނާކުރާށެވެ. މިއީ މިކަމުގެ އެންމެ ކުޑަމިންވަރެވެ. ކުށްތަކަށް ހިތުން އިންކާރުކުރުމީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ފަރުޟެކެވެ. އެއްވެސް ޙާލަތެއްގައި މިކަމުގެ ވާޖިބުކަން ކެނޑިގެން ނުދާނެއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ، فَإِنْ لَمْ يَسْتَطِعْ، فَبِلِسَانِهِ، فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وَذَلِكَ أَضْعَفُ الْإيمَانِ((

[رَوَاهُ مُسْلِمٌ]

މާނައީ: “ތިޔަބައިމީހުންކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ ފަހެ އޭނާގެ އަތުން އެކަން މަނާކުރާހުށިކަމެވެ. އަދި އެކަމަށް ކުޅަދާނަކަން ލިބިގެން ނުވާމީހާ، ފަހެ އޭނާގެ ދުލުން އެކަން މަނާކުރާހުށިކަމެވެ. އަދި އެކަމަށް ކުޅަދާނަކަން ލިބިގެން ނުވާމީހާ، ފަހެ އޭނާގެ ހިތުން އެކަން މަނާކުރާހުށިކަމެވެ. އެއީ އީމާންކަމުގެ އެންމެ ބަލިކަށި މިންވަރެވެ.”

______________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް