[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 33

 

މީގެ އިތުރުން އެމީހުން ގެންނަ އަނެއް ރިވާޔަތަކީ؛ ޢުމަރުގެފާނު رضي الله عنه ނަބިއްޔާ صلى الله عليه وسـلم ގެ ނުންނަތް ލިޔުއްވައި ޖަމާކުރައްވަން މަޝްވަރާ ކުރެއްވެމަށް ޞަޙާބީ ބޭކަލުން ޖަމާކުރެއްވި ޙާދިޘާގެ ރިވާޔަތެވެ. ފަހެ އެރިވާޔަތުގައި ޢުމަރުގެފާނު رضي الله عنه އެއްކުރެއްވި ހުރިހާ ޞަޙާބީން ، އެކަލޭގެފާނަށް މަޝްވަރާ ދެއްވީ އެކަމައިގެން ކުރިއަށް ވަޑައިގެންނެވުމަށެވެ. އެހެންކަމުން ޢުމަރު رضي الله عنه އެއް މަސް ދުވަސް ވަންދެން އިސްތިޚާރާ ނަމާދު ކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނަށް ބުރަވެވަޑައިގެންނެވުނީ، އެފަދައިން ސުންނަތް ލިޔެ ޖަމާ ނުކުރެއްވުމަށެވެ. އަދި އެކަމުގެ ސަބަބުވެސް އެކަލޭގެފާނު ބަޔާން ކޮށްދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ:

 

“إني كنت أريد أن أكتب السنن. وإني ذكرت قوما كانوا قبلكم كتبوا كتبا فأكبوا عليها وتركوا كتاب الله”.

“ހަމަށަވަރުން (ނަބިއްޔާ صلى الله عليه وسـلم ގެ) ސުންނަތް ލިޔުމައްޓަކައި ތިމަންކަލޭގެފާނު ބޭނުންފުޅުވެ ވަޑައިގެންނެވީމެވެ. އަދި (އެހިނދު) ތިޔަބައިމީހުންގެ ކުރިން ފޮތްތައް ލިޔެ އެއާއިގެން އަވަދިނެތި އުޅެ، ﷲ ތަޢާލާގެ ފޮތް ދޫކޮށްލި ބައެއްގެ މަތިން ތިމަންކަލޭގެފާނު ހަނދުމަކުރެއްވުނެވެ”.

[حديث رقم 1097 – ، من كتاب الجامع لمعمّر بن راشد – بَابُ كِتَابِ الْعِلْمِ].

 

އާދެ، ޙަދީޘް ޢިލްމުގެ ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާފައިވާ ގޮތުގައި މިއީ ޞައްޙަ ދަރަޖައަށް ވާޞިލުވާ ފެންވަރުގެ ޙަދީޘެއް ނޫނެވެ. ނަމަވެސް ކަން އެހެން އޮތްކަމުގައި ވީނަމަވެސް ، މިއަށްވެސް ރައްދެއް ދިނުމަކީ ނެތްކަމެއް ނޫން ކަމުގައި ދެކޭތީވެ، ބައެއް ނުގުތާ ފާހަގަ ކޮށްލަން ޤަސްދުކުރަމެވެ.

 

ފަހެ މިއަޘަރަށް ބަލާލި ކޮންމެ ޢަދުލުވެރި ބުއްދިއަކަށްވެސް އެނގި ބަޔާންވެގެން ދާނެ އެއް ކަމަކީ، ޢުމަރު رضي الله عنه އާއި އެކަލޭގެފާނު އެއްކުރެއްވި އެންމެހާ ޞަޙާބިންވެސް އެއްބަސްވެލައްވާ އެއްކަމަކީ ސުންނަތަކީ އިސްލާމީނުގެ މަސްދަރެއް ކަމެވެ. އެހެން ނޫންނަމަ އެ ލިޔެ ރައްކާ ކުރުމަށް މަޝްވަރާ ހޯއްދަވައި އެއް މަސްދުވަސް ވަންދެން އިސްތިޚާރާ ކުރައްވާކަށް ނުޖެހުނީނެވެ. އެެހެންކަމުން އެބޭކަލުންގެ މެދުގައި އެއްވެސް އިރަކު ސުންނަތުގެ ޙުއްޖިއްޔަތާ މެދުގައި ދެބަސްވުމެއް ނެތްކަން މީގެންވެސް ކަށަވަރުވެގެން ދެއެވެ.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 32