[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 34

 

އެބޭކަލުން މަޝްވަރާ ކުރައްވަން ޖެހިވަޑައިގެންނެވީ އެ ލިޔެ ރައްކާކޮށް ޖަމާ ކުރުމާ މެދުގައެެވެ. އެކަމަށްވެސް އެވަނީ ހުރިހާ ބޭކަލުން އެއްބަސްވެވަޑައިގެން އިޖުމާޢު ވެވަޑައިގެންފައެވެ. ހަމައެކަނި ހުރަހަކަށްވީ އިސްތިޚާރާ ނަމާދަށް ފަހު ޢުމަރު رضي الله عنه ގެ ހިތްޕުޅަށް ﷲ ތަޢާލާ ހަނދުމަށް ކޮށްދެއްވި ސަބަބެވެ. އެއީ އޭގެ ސަބަބުން މީސްތަކުން އެކަމާއިގެން މަޝްޣޫލުވެ ޤުރްއާން ދޫކޮށްލުމެވެ.

 

މީގެ ސަބަބުތަކަށް ވިސްނާލައިފި ނަމަ ހާމަވެގެންދާ ބައެއް ކަންކަމަކީ:

ހ- އެ ޒަމާނުުގައި ޤުރްއާން މުޞްޙަފު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ރަސްމީ ސިފައެއްގައި ތަނަވަސްވެފައި ނެތުމުގެ ސަބަބުން އެފަދައިން މީސްތަކުން ސުންނަތް ލިޔުމަށް މަޝްޣޫލު ވުމަކީ ވަގުތާއި ވާޞީލަތާއި ޚަރަދާއި އެނޫން ކަންކަމަށް ރިޢާޔަތްކޮށް ބެލިނަމަ ވެސް އެއީ އެންމެ މަޞްލަޙަތު ހުރި ކަމެއް ކަމުގައި ނުވުން،

 

ށ- ދުނިޔޭގެ އެންމެހާ ކަންކޮޅުތަކަށް އިސްލާމް ދީން ފެތުރުމަށްޓަކައި ޖިހާދުކޮށް ރަށްތައް ފަތަޙަ ކުރަމުން ދިޔަ އެފަދަ ދަނޑިވަޅެއްގައި ، އަދި މީސްތަކުން އިސްލާމްދީނަށް އެހާ އައު ހިނދެއްގައި ، އެބައިމީހުންނަށް ޤުރްއާން ދަސްވެ ދަސްވެ ފަރިތަ ނުވަނީސް ، މުޞްޙަފުގެ އިތުރުން ސުންނަތް ލިޔެވިގެން އެބައިމީހުންގެ އަތް މައްޗަށް އަރައިފި ނަމަ އެ އައުކަމުގެ ސަބަބުން ޤުރްއާނާއި ސުންނަތް ވަކިކުރަން ނޭނގުމުގެ ފުރުޞަތު ނުހަނު ބޮޑުވުން،

 

ނ- ޤުރްއާން ޖަމާ ކުރުމެކޭ އެއްފަދައިން ، ނުވަތަ އެއަށް ވުރެ ވެސް ބޮޑަށް ، ސުންނަތް ޖަމާ ކުރުމަކީ ދަތި އަދި ބުރަ މަސައްކަތެއް ކަމުގައިވުމުންނާއި އެއީ ނުހަނު އަބުއި ކަމެއް ކަމުގައިވުމުން އެކަމަށް ވަގުތު ދިނުމާއި އަދި އެކަމާ ޙަވާލުވާން ޖެހޭނީ ވެސް ނުހަނު ބޮޑެތި އަދި ޢިލްމީ ގޮތުން ފުންނާބު އެންމެ އުސް ޞަޙާބީން ކަމުގައި ވުމުން ، އެދުވަސްވަރު އެބޭކަލުން ސުންނަތް ޖަމާ ކުރަން ވަގުތު ހުސްކުރަން ވެއްޖެނަމަ، ޖިހާދުގެ މައިދާނުގައި ތިއްބެވި ޢިލްމީ އެތައް ޞަޙާބީންނެއް މައިދާން ދޫކޮށް އަންނަން ޖެހުމުގެ ސަބަބުން އިސްލާމީ ފުތޫހާތްތަކަށް ހުރަސް އެޅި ނުވަތަ މަޑުޖެހި އަދި ފަތަޙަ ކުރެވިފައި ހުރި ރަށްތަކުގައި ޤުރްއާން އުގަންނަވައިދެއްވަން ތިއްބަވަން ދަތިވެވަޑައިގެންނެވުން.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 33