އަދި ޖާބިރު ބުނު ޢަބްދިﷲ رضي الله عنه ރިވާކުރެއްވިއެވެ:
“كَانَ رَسُولُ اللَّهِ صلى الله عليه وسلم يُعَلِّمُنَا الاِسْتِخَارَةَ فِي الأُمُورِ كَمَا يُعَلِّمُنَا السُّورَةَ مِنَ الْقُرْآنِ يَقُولُ: “ِإذَا هَمَّ أَحَدُكُمْ بِالأَمْرِ فَلْيَرْكَعْ رَكْعَتَيْنِ مِنْ غَيْرِ الْفَرِيضَةِ ثُمَّ لِيَقُلِ اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ، فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ وَتَعْلَمُ وَلاَ أَعْلَمُ وَأَنْتَ عَلاَّمُ الْغُيُوبِ، اللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي ـ أَوْ قَالَ عَاجِلِ أَمْرِي وَآجِلِهِ ـ فَاقْدُرْهُ لِي وَيَسِّرْهُ لِي ثُمَّ بَارِكْ لِي فِيهِ، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي ـ أَوْ قَالَ فِي عَاجِلِ أَمْرِي وَآجِلِهِ ـ فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ، وَاقْدُرْ لِي الْخَيْرَ حَيْثُ كَانَ ثُمَّ أَرْضِنِي بِهِ ـ قَالَ ـ وَيُسَمِّي حَاجَتَهُ ”. (البخاري: 1166)
“ޤުރްއާނުން ސޫރަތް އުނގަންނަވައި ދެއްވާ ފަދައިން ﷲ ގެ ރަސޫލާ ތިމަން ބޭކަލުންނަށް ހުރިހާ ކަމެއްގައި އިސްތިޚާރާ (ކުރާނެ ގޮތް) އުނގަންނަވައި ދެއްވާ ކަމުގައި ވިއެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވައެވެ: “ކަމަކާ މެދުގައި ތިޔަބައިމީހުން ކަންބޮޑުވެއްޖެ ނަމަ ފަރުޟު ނަމާދު ފިޔަވައި، އިތުރު ދެ ރަކުޢަތް (ނަމާދެއް) ކުރާހުށިކަމެވެ. އަދި (މިފަދައިން) ކިޔާށެވެ: “أَسْتَخِيرُكَ بِعِلْمِكَ وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ، فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ وَتَعْلَمُ وَلاَ أَعْلَمُ وَأَنْتَ عَلاَّمُ الْغُيُوبِ، اللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي ـ أَوْ قَالَ عَاجِلِ أَمْرِي وَآجِلِهِ ـ فَاقْدُرْهُ لِي وَيَسِّرْهُ لِي ثُمَّ بَارِكْ لِي فِيهِ، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي ـ أَوْ قَالَ فِي عَاجِلِ أَمْرِي وَآجِلِهِ ـ فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ، وَاقْدُرْ لِي الْخَيْرَ حَيْثُ كَانَ ثُمَّ أَرْضِنِي بِهِ” އަދި އޭނާ ބޭނުންވާ ކަންތަކުގެ ނަންގަންނަ ހުއްޓެވެ”.
ބަޔާންވެ ދިޔަ މަދު މިންވަރުންވެސް، ޤުރްއާނެކޭ އެއްފަދައިން ސުންނަތަކީވެސް ހުއްޖަތެއް ކަމާއި އެއީ ދީނުގެ މަޞްދަރެއް ކަމާއި އެކަމާ މެދުގައި ޝައްކެއް އުފެދުމަށް އެއްވެސް ޖާގައެއް ނެތްކަން، އީމާންކަމުގެ ޛައްރެއް މިންވަރު ހުރި މީހަކަށް ޔަޤީންވާނެއެވެ. އަދި ޤުރްއާނެކޭ އެއްފަދައިން ސުންނަތުގައިވެސް އަކުރު އަކުރަށް ފިލިން ފިއްޔަށް އެއްވެސް ބަދަލެއް ނައިސް ރައްކާތެރި ކުރެވެންޖެހޭ ކަންކަން އެވަނީ ރައްކާ ކުރެއްވިފައި ކަމުގައި ފެންނާށެވެ.
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 44