[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 47

 

ނުވަ ވަނަ ދަޢުވާ:

މިދަޢުވާގައި އެމީހުން ބުނާގޮތުން (فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ ) މިފަދައިން ޤުރްއާނުގައި އައިސްފައިވާ ހުރިހާ ތަނެއްގައި އެވަނީ ނަބިއްޔާ صلى الله عليه وسـلم ގެ ޙަދީޘްފުޅުތަކުގެ ވާހަކައެވެ.

 

ރައްދު

މި ދަޢުވާގެ ޙަޤީޤަތް ހާމަވެގެން ދަނީ މި އާޔަތުގެ ކުރިން ބަޔާން އައިސްފައިވާ އާޔަތްތައް ބަލާލުމުންނެވެ.

 

وَالَّذِينَ كَذَّبُوا بِآيَاتِنَا سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ ﴿١٨٢﴾ وَأُمْلِي لَهُمْ ۚ إِنَّ كَيْدِي مَتِينٌ ﴿١٨٣﴾ أَوَلَمْ يَتَفَكَّرُوا ۗ مَا بِصَاحِبِهِم مِّن جِنَّةٍ ۚ إِنْ هُوَ إِلَّا نَذِيرٌ مُّبِينٌ ﴿١٨٤﴾ أَوَلَمْ يَنظُرُوا فِي مَلَكُوتِ السَّمَاوَاتِ وَالْأَرْضِ وَمَا خَلَقَ اللَّـهُ مِن شَيْءٍ وَأَنْ عَسَىٰ أَن يَكُونَ قَدِ اقْتَرَبَ أَجَلُهُمْ ۖ فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ ﴿١٨٥﴾ (سورة الأعراف: 182-185)

 

“ތިމަންރަސްލާނގެ آية ތައް ދޮގުކުޅަމީހުން، އެއުރެންނަށް ނޭނގޭނޭގޮތުން (عذاب ގެ ތެރެއަށް) ތިމަންރަސްކަލާނގެ އެއުރެން ގެންދަވާހުށީމެވެ.  އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ލަސްކުރައްވަމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ރޭއްވެވުން ގަދަފަދަވެގެންވެއެވެ.  އަދި އެއުރެން ފިކުރުވެސް ނުކުރަނީހެއްޔެވެ؟ އެއުރެންގެ އެކުވެރިޔާގެ ކިބައިގައި (އެބަހީ: محمد ގެފާނުގެ ކިބައިގައި) އެއްވެސް މޮޔަކަމެއްނެތެވެ. ބަޔާންވެގެން ހުންނެވި إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ، އެކަލޭގެފާނު ނުވެތެވެ. އަދި އުޑުތަކާއި ބިމުގެ ވެރިކަމާމެދުގައްޔާއި، اللَّه ހައްދަވާފައިވާ އެންމެހާ ތަކެއްޗާ މެދުގައްޔާއި، އެއުރެންގެ އަޖަލު ގާތްވެއްޖެކަމާ މެދުގައި، އެއުރެން ވިސްނައި ނުބަލަނީހެއްޔެވެ؟ އެއަށްފަހު، އެއުރެން إيمان ވަނީ ފަހެ، ކޮން حَدِيثٍ (ވާހަކަ) އަކަށް ހެއްޔެވެ؟”

 

މީގެ އިތުރުން އެބައިމީހުން އެގެންގުޅޭ ހަމަނުޖެހޭ އުޞޫލުގެ ދަށުން އަޅުގަނޑުމެންވެސް އާޔަތްތައް ނަގާމަނަ ، ޙަދީޘްގެ ޙުއްޖިއްޔަތު ޘާބިތު ކުރަން މާގިނަ އާޔަތް ހުއްޓެވެ. އެގޮތުން:

 

فَمَالِ هَـٰؤُلَاءِ الْقَوْمِ لَا يَكَادُونَ يَفْقَهُونَ حَدِيثًا ﴿النساء: 78﴾

“ފަހެ، މިބައިމީހުންނަށް އެއްވެސް ޙަދީޘެއް ވިސްނޭން ގާތްވެސްނުވެ އެތިބީ ކީއްވެފައި ބާވައެވެ؟”.

 

އެގޮތުން ، މިއާޔަތުން އެބައިމީހުންނަށް އެއްވެސް ޙަދީޘެއް ނުވިސްނޭ ތަނުގައި ވިސްނެން ގާތްވެސް ނުވާކަމަށް ދަލީލު ނެގޭނެ ނޫންތޯއެވެ؟

 

އަދި ؛

وَمَنْ أَصْدَقُ مِنَ اللَّـهِ حَدِيثًا ﴿النساء: 78﴾

“ޙަދީޘް ބުނުމުގައި اللَّه އަށްވުރެ ތެދުވެރިކަންބޮޑީ ކާކު ހެއްޔެވެ؟”

 

ފަހެ ، މިއާޔަތުން ، ޙަދީޘަކީ ވެސް ﷲ ތަޢާލާގެ ޙަޟްރަތުން އަންނަ އެއްޗެއް ކަމަށް ދަލީލު ނެގޭނެ ނޫންތޯއެވެ؟

 

ފަހެ، އެބައިމީހުންގެ އުޞޫލުން އަޅުގަނޑުމެންވެސް ދަލީލު ހޯދާ ނަމަ މިފަދަ އެތައް އާޔަތެއް އެބައިމީހުންގެ ދަޢުވާތައް ބާޠިލު ކުރުމައްޓަކައި އެހެރީ ބޭނުން ކުރެވޭ ބީދައިންނެވެ.

 

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 46