މިއާޔަތާ ގުޅޭ މިފަދަ އެތައް އާޔަތެއް އެކަލާނގެވަނީ ޤުރްއާނުގައި ވަޙީކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި:
(مَا أَصَابَ مِن مُّصِيبَةٍ فِي الْأَرْضِ وَلَا فِي أَنفُسِكُمْ إِلَّا فِي كِتَابٍ مِّن قَبْلِ أَن نَّبْرَأَهَا ۚ إِنَّ ذَٰلِكَ عَلَى اللَّـهِ يَسِيرٌ ﴿٢٢﴾). [سورة الحديد: 22].
“އެއްވެސް مصيبة އެއް، ތިމަންރަސްކަލާނގެ އެ مصيبة އެއް ވުޖޫދަށް ނެރުއްވުމުގެކުރިން ފޮތެއްގައި ލިޔުއްވާފައިވާ حال ގައި މެނުވީ، ބިމަށް ވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ވިޔަސް އައިސް ނުޖެހެއެވެ. ހަމަކަށަވަރުން، އެކަންތަކަކީ ﷲ އަށް ދާދި ފަސޭހަ ކަމެކެވެ”.
އާއި؛
أَلَمْ تَعْلَمْ أَنَّ اللَّـهَ يَعْلَمُ مَا فِي السَّمَاءِ وَالْأَرْضِ ۗ إِنَّ ذَٰلِكَ فِي كِتَابٍ ۚ إِنَّ ذَٰلِكَ عَلَى اللَّـهِ يَسِيرٌ ﴿٧٠﴾ النمل: 75)
“ހަމަކަށަވަރުން، އުޑާއި، ބިމުގައި ވާހާ ކަމެއް، ﷲ ދެނެވޮޑިގެންވާކަން ތިބާޔަށް ނޭނގެނީ ހެއްޔެވެ؟ ހަމަކަށަވަރުން، އެކަންތައްވަނީ، ފޮތެއްގައި ލިޔުއްވައިފައެވެ. ހަމަކަށަވަރުން، އެކަންތަކަަކީ، ﷲ އަށް ދާދި ފަސޭހަ ކަމެކެވެ”.
އާއި؛
وَاللَّهُ خَلَقَكُمْ مِنْ تُرَابٍ ثُمَّ مِنْ نُطْفَةٍ ثُمَّ جَعَلَكُمْ أَزْوَاجاً وَمَا تَحْمِلُ مِنْ أُنْثَى وَلا تَضَعُ إِلَّا بِعِلْمِهِ وَمَا يُعَمَّرُ مِنْ مُعَمَّرٍ وَلا يُنْقَصُ مِنْ عُمُرِهِ إِلَّا فِي كِتَابٍ إِنَّ ذَلِكَ عَلَى اللَّهِ يَسِيرٌ (فاطر: 11)
“ވެލިން، ދެން މަނިތިއްކަކުން، ތިޔަބައިމީހުން ހެއްދެވީ ﷲ އެވެ. ދެން ދެ ޖިންސުގެ މީހުން ކަމުގައި އެކަލާނގެ ތިޔަބައިމީހުން ލެއްވިއެވެ. އަދި އެކަލާނގެ ދެނެވޮޑިގަތުމާ އެކުގައި މެނުވީ، އަންހެނަކު މާބަނޑެއް ނުވެތެވެ. އަދި ނުވެސް ވިހާމެއެވެ. އަދި ފޮތެއްގައި ކަނޑައަޅުއްވާފައިވާ ގޮތުން މެނުވީ، عمر ދިގު މީހެއްގެ عمر ދިގުވެގެން ނުދެތެވެ. އަދި އޭނާގެ عمر ކުރުވެގެންވެސް ނުމެދޭމެއެވެ. ހަމަކަށަވަރުން، އެކަންތަކަކީ، ﷲ އަށް ދާދި ފަސޭހަ ކަމެކެވެ”.
އަދި މިނޫން ވެސް އެތަކެއް އާޔަތެއް ވެއެވެ.
ފަހެ އެކަލާނގެ ހެއްދެވިހާ އެންމެހާ ތަކެތީގެ ތަފުސީލެއް ލިޔެވިގެންވާ ފޮތަކީ އައްލައުޙުލްމަޙްފޫޛުއެވެ. އެފޮތުގައި އެތަކެތީގެ ނަމާއި ޢަމަލާއި އެނޫން ހުރިހާ ތަފުސީލެއް ވަކިވަކިން އެއްވެސް އުނިކަމެއް ނެތި ލިޔެވިގެންވެއެވެ.
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 56