ޢީސާ عليه السلام ޞަލީބަށް އެރުވުނުތަ؟” title_size=”h2″ title_color=”custom” separator_style=”disabled” title_bg=”enabled” separator_color=”accent” custom_title_color=”#ffffff”]
ޔަހޫދީންނަށް ޢީސާ عليه السلام ޞަލީބަށް އަރުވައި ޤަތުލު ނުކުރެވޭކަމަށް، ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ކަންތައް ވެގެން ދިޔަ ގޮތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނު، އެކަލޭގެފާނުގެ ޢަދުއްވުންގެ ކިބައިން ސަލާމަތް ކުރައްވާ އުޑަށް އުފުއްލެވުމެވެ. އެބައިމީހުންނަކަށް އެކަލޭގެފާނު ޤަތުލުކޮށެއް ނުލެވުނެވެ. ޤަތުލުކޮށްލެވުނީ އެހެން ބޭކަލެކެވެ.
ވަރަށްގިނަ ސަލަފުއްޞާލިހުން ވިދާޅުވާ ގޮތުގައި ޢީސާ ޢަލައިހިއްސަލާމް އެކަލޭގެފާނަށްޓަކައި ފިދާވެވަޑައިގަންނަވާނޭ އަދި އެކަލޭގެފާނުގެ ސިފަފުޅު ޖެހި އެކަލޭގެފާނުގެ ބަދަލުގައި ޤަތުލުވެގެން ދާނޭ ބޭކަލަކު އިސްނެންގެވުމަށް އެދިވަޑައިގެންނެވިއެވެ. އެބޭކަލަކު ވާހުށީ ސުވަރުގޭގައި ޢީސާ ޢަލައިހިއްސަލާމުގެ އަޞްޙާބެއް ކަމުގައެވެ.[1] މިކަމަށް އިޝާރާތްކުރައްވާ، ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَقَوْلِهِمْ إِنَّا قَتَلْنَا الْمَسِيحَ عِيسَى ابْنَ مَرْيَمَ رَسُولَ اللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَـكِن شُبِّهَ لَهُمْ وَإِنَّ الَّذِينَ اخْتَلَفُواْ فِيهِ لَفِى شَكٍّ مِّنْهُ مَا لَهُمْ بِهِ مِنْ عِلْمٍ إِلاَّ اتِّبَاعَ الظَّنِّ وَمَا قَتَلُوهُ يَقِيناً ﴾﴿ بَل رَّفَعَهُ اللَّهُ إِلَيْهِ وَكَانَ اللَّهُ عَزِيزاً حَكِيماً ﴾ ﴿وَإِن مِّنْ أَهْلِ الْكِتَـبِ إِلاَّ لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ وَيَوْمَ الْقِيَـمَةِ يَكُونُ عَلَيْهِمْ شَهِيداً ﴾[2]
މާނައީ: “އަދި، ހަމަކަށަވަރުން، ތިމަންމެން ﷲ ގެ رسول، مريم ގެފާނުންގެ ދަރިކަލުން المسيح عيسى ގެފާނު، قتل ކޮށްފީމުއޭ އެއުރެން ބުނުމުގެ ސަބަބުންމެއެވެ. އެއުރެން އެކަލޭގެފާނު قتل އެއް ނުކުރެއެވެ. އަދި، އެއުރެން އެކަލޭގެފާނު صليب އަކަށްވެސް ނާރުވައެވެ. އެހެނެއްކަމަކު (އެއުރެން قتل ކޮށް صليب އަށް އެރުވީ އެހެންމީހެކެވެ.) އެމީހާ، އެކަލޭގެފާނާ އެއްސިފަ ޖައްސަވާފައިވާތީ، އެއުރެންނަށް ފެނުނީއެވެ. ހަމަކަށަވަރުން، އެކަލޭގެފާނާމެދު خلاف ވީ މީހުންވަނީ، އެކަމާމެދު شك އެއްގައިކަން ކަށަވަރެވެ. ހީޔަކަށް تبع ވުން މެނުވީ، އެކަމާމެދު އެއުރެންނަކަށް އެނގުމެއްނެތެވެ. އަދި ހަމަ يقين ން، އެއުރެން އެކަލޭގެފާނު قتل އެއް ނުކުރެއެވެ. އަދި ކިއެއްތަ! ﷲ، އެކަލާނގެ حضرة އަށް އެކަލޭގެފާނު އުފުއްލެވީއެވެ. عزيز ވަންތަ، حكيم ވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ. އެމީހަކު މަރުވުމުގެކުރިން (ނުވަތަ އެކަލޭގެފާނު އަވަހާރަވުމުގެ ކުރިން) އެކަލޭގެފާނަށް ހަމަކަށަވަރުންވެސް إيمان ވާނެ މީހަކުކަމުގައި މެނުވީ، ފޮތުގެ أهل ވެރިންގެ ތެރެއިން އެކަކުވެސް ނުވެތެވެ. އަދި، قيامة ދުވަހުން އެއުރެންގެ މައްޗަށް ހެކިވަނިވި ބޭކަލަކު ކަމުގައި އެކަލޭގެފާނު ވާނެތެވެ.”
﴿إِذْ قَالَ اللَّهُ يعِيسَى إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَىَّ وَمُطَهِّرُكَ مِنَ الَّذِينَ كَفَرُواْ وَجَاعِلُ الَّذِينَ اتَّبَعُوكَ فَوْقَ الَّذِينَ كَفَرُواْ إِلَى يَوْمِ الْقِيَـمَةِ ثُمَّ إِلَيَّ مَرْجِعُكُمْ فَأَحْكُمُ بَيْنَكُمْ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ ﴾[3]
މާނައީ: “ﷲ، وحى ކުރެއްވިހިނދު ހަނދުމަކުރާށެވެ! އޭ عيسى ގެފާނެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ގެންދަވާހުށީމެވެ. އަދި، ތިމަންރަސްކަލާނގެ حضرة އަށް ކަލޭގެފާނު އުފުއްލަވާ ހުށީމެވެ. އަދި، كافر ވި މީހުންގެ ކިބައިން ކަލޭގެފާނު ދުރުކުރައްވައި ސަލާމަތްކުރައްވާ ހުށީމެވެ. އަދި، كافر ވި މީހުންނަށްވުރެ ކަލޭގެފާނަށް تبع ވި މީހުން قيامة ދުވަހާ ޖެހެންދެން މަތިވެރިކުރައްވާހުށީމެވެ. ދެން، ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން، ތިޔަބައިމީހުން خلاف ވެއުޅުނު ކަންތަކާމެދު، ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ حكم ކުރައްވާހުށީމެވެ.”
=ނުނިމޭ=
ލިޔެ ޖަމާކުރީ:
އަަޙްމަދު ޙުސައިން
ޢަބްދުﷲ ނަސީފް
މައިގަނޑު މަޞްދަރު: البداية والنهاية لابن كثير
މިލިޔުމުގެ އެހެން ބައިތައް[1] تفسير ابن كثير
[2] النساء: ١٥٧- ١٥٩
[3] آل عمران: ٥٥