[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކިތާބުއް ތައުޙީދު 5

*ސުވާލު 11: މި ބާބުގައި އައިސްފައިވާ އާޔަތް (މަތީގައި ބަޔާންކުރެވިފައިވާ އާޔަތް) ކިތާބުއް ތައުޙީދާއި މުނާސަބުވަނީ ކިހިނެތްކަން ބަޔާންކޮށްދޭށެވެ؟

ޖަވާބު: ޖުމްލަ ގޮތެއްގައި މި އާޔަތުން ދަލީލުކޮށްދެނީ އަޅުކަން އަދާކުރުމުގައި ހަމައެކަނި ﷲ އަށް އަޅުކަން ކުރުން ވާޖިބުކަމެވެ. އަދި އެކަލާނގެއަށް ކުރާ އަޅުކަމުގައި އެހެން ފަރާތެއް ބައިވެރިނުކުރުން ވާޖިބު ކަމެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.

﴿قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا بِهِ شَيْئًا﴾ [سورة الأنعام 151]

މާނައީ ” ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ވެރިރައްބު ޙަރާމްކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން އެއިލާހަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ.”

 

 

ސުވާލު 12: އަންނަނިވި ކަލިމަތަކުގެ މާނަ ބަޔާންކޮށްދޭށެވެ؟ “تعالوا ، أتل”

– ދެން އެއަށްފަހު މިއާޔަތް ޝަރަޙަ ކޮށްދޭށެވެ؟

﴿قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا بِهِ شَيْئًا﴾ [سورة الأنعام 151]

މާނައީ ” ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ވެރިރައްބު ޙަރާމްކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން އެއިލާހަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ.”

ޖަވާބު:

– تعالوا: އަންނާށެވެ. އަދި ކުރިމަތިލާށެވެ.

– أتل: ކިޔުން އަދި ކިޔައިދިނުން

– ﴿قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا بِهِ شَيْئًا﴾ [سورة الأنعام 151]

މި އާޔަތުގައި ﷲ ވަޙީކުރައްވަނީ: އޭ މުޙައްމަދުގެފާނެވެ. ﷲ ނޫން އެހެން ފަރާތްތަކަށް އަޅުކަންކުރާ، އަދި ﷲ ޙަލާލު ކުރެއްވި ރިޒްޤު ޙަރާމްކުރާ މުޝްރިކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! އޭރުން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ރައްބު ޙަރާމްކުރެއްވި ކަންތައްތައް ބަޔާންކޮށްދެއްވާ ހުށީމެވެ. އަދި ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުން ދޫކޮށްލުމަށް ވަޞިއްޔަތްކުރެއްވި ކަންތައްތައްވެސް ބަޔާންކޮށްދެއްވާ ހުށީމެވެ. އެއީ ޝިރުކެވެ. (ﷲ އަށް ކުރާ އަޅުކަމުގައި އެހެން ފަރާތެއް ބައިވެރިކުރުމެވެ.)

 

*  *  *  *

 

އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ)

މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް