[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކޭތަ ނަމާދު

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ الشَّمْسَ وَالقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ، لاَ يَنْكَسِفَانِ لِمَوْتِ أَحَدٍ وَلاَ لِحَيَاتِهِ، فَإِذَا رَأَيْتُمُوهُمَا، فَادْعُوا اللَّهَ وَصَلُّوا حَتَّى يَنْجَلِيَ» [رواه البخاري / كتاب: الكسوف / باب: دعاء في الخسوف / رقم: 1060]

މާނައީ: “ހަމަކަށަވަރުން އިރާއި ހަނދަކީ ﷲގެ އާޔަތްތަކުގެ ތެރެއިން ދެއާޔަތެވެ. (އެބަހީ: އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ދެ ހެއްކެވެ.) ކޭތަހިފަނީ މީހަކު މަރުވުމަކުން ނުވަތަ މީހަކު އުފަންވުމަކުން ނޫނެވެ. ފަހެ، ތިޔަބައިމީހުންނަށް ކޭތަ ފެނުމުން، ކޭތަ ވީއްލަންދެން ﷲ އަށް ދުޢާކޮށް، ނަމާދު ކުރާށެވެ.”

 

 

ކޭތަ ނަމާދު ކުރާގޮތް

* ފުރަތަމަ، اللهُ أكبَرُ ކިޔާ ހަށަންބަނުމަށްފަހު ދުޢާއުލް އިސްތިފްތާޙު ކިޔާނީއެވެ. އެއަށްފަހު، ސޫރަތުލް ފާތިޙާ ކިޔަވާނީއެވެ. ދެން ދިގުކޮށް ޤުރުއާން ކިޔަވާނީއެވެ.

* ދެން ރުކޫޢަށް ދާނީއެވެ. ރުކޫޢު ކުރަނީވެސް އާންމު ނަމާދުތަކަށްވުރެ ދިގުކޮށެވެ.

* ދެން ރުކޫޢުން ތެދުވެ سَمِعَ اللهُ لِمَنْ حَمِدَهُ، رَبَّنَا وَلَكَ الْحَمْدُ ކިޔާ ހަށަން ބަންނާނީއެވެ.

* ދެން އަނެއްކާވެސް ސޫރަތުލް ފާތިޙާ ކިޔަވާނީއެވެ. ދެން ދިގުކޮށް ޤުރުއާން ކިޔަވާނީއެވެ. ނަމަވެސް ފުރަތަމަ ރަކުޢަތަށްވުރެ ކުރުކޮށެވެ.

* ދެން އަނެއްކާވެސް ރުކޫޢަށް ދާނީއެވެ. ރުކޫޢު ކުރަނީވެސް އާންމު ނަމާދުތަކަށްވުރެ ދިގުކޮށެވެ. ނަމަވެސް ފުރަތަމަ ރަކުޢަތަށްވުރެ ކުރުކޮށެވެ.

* ދެން އަނެއްކާވެސް ރުކޫޢުން ތެދުވެ سَمِعَ اللهُ لِمَنْ حَمِدَهُ، رَبَّنَا وَلَكَ الْحَمْدُ ކިޔާނީއެވެ. އަދި ރުކޫޢުން ތެދުވެ ކޮޅަށް ހުންނާނީ އާންމު ނަމާދުތަކަށްވުރެ ދިގުކޮށެވެ.

* ދެން ދެސަޖިދަ ކުރާނީއެވެ. ސަޖިދަވެސް ކުރާނީ ދިގުކޮށެވެ. އަދި ދެސަޖިދަ ދެމެދު އިންނައިރުވެސް އިންނަނީ ދިގުކޮށެވެ.

*  ދެން ދެވަނަ ރަކުޢަތަށް ތެދުވާނީއެވެ. ދެވަނަ ރަކުޢަތްވެސް ކުރާނީ ފުރަތަމަ ރަކުޢަތް ކުރިގޮތަށެވެ. ނަމަވެސް ފުރަތަމަ ރަކުޢަތަށްވުރެ ކުރުކޮށެވެ.

* ދެން ދެސަޖިދައަށްފަހު، އައްތަޙިއްޔާތު ކިޔާ ސަލާމްދޭނީއެވެ.

 

 

– ކޭތަ ނަމާދު ކުރާނީ ޖަމާޢަތުގައެވެ.

– ކޭތަ ނަމާދުގައި އިމާމު މީހާ ކިޔަވާނީ އަޑުހަރުކޮށެވެ.

– ކޭތަ ނަމާދު ނިމުމުން ޚުޠުބާއެއް ދިނުމަށް ސަލަފުން ގިނަ ބޭކަލުން ބުރަވެވަޑައިގެންފައިވެއެވެ.

– ކޭތަ ނަމާދުގައި ދިގުކޮށް ކިޔެވުމަކީ ސުންނަތެކެވެ. އެގޮތުން ވަކި ސޫރަތެއް ކަނޑައެޅިފައެއް ނެތެވެ. އެހެނަސް ބަޤަރާ ސޫރަތް ފަދަ ދިގު ސޫރަތެއް ކިޔުން އެދެވިގެންވެއެވެ.

_________________

 

މަޞްދަރު