[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ ނުބައިވެގެންވާ ވައްކަންކުރުމުން ރައްކާތެރިވެލައްވާ!

 

أَبِىْ قَتَادَةَ قَالَ: قَالَ رَسُوْلُ اللهِ صَلَى اللهُ عَلَيْهِ وَسَلَمَ: ( أَسْوَأُ النَّاسِ سَرِقَةً الَّذِي يَسْرِقُ مِنْ صَلاَتِهِ قاَلُوْا: ياَ رَسُوْلَ اللهِ وَ كَيْفَ يَسْرِقُ مِنْ صَلاَتِهِ؟ قَالَ: لاَ يُتِمُّ رُ كُوْعَهَا وَلاَ سُجُوْدَهَا ، أَوْ قَالَ :لاَ يُقِيمُ صُلْبَهُ فِى الرُّكُوْعِ وَ السُّجُوْدِ ) – رواه أحمد و الطبرانى و ابن خزيمة و الحاكم وصحّحه الألباني.

މާނައީ : މާތްﷲ ރުއްސުންލެއްވި އަބޫޤަތާދާގެ ކިބައިން ރިވާވެގެންވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. ” މީސްތަކުންގެ ތެރެއިން އެންމެ ނުބައި ވައްކަމެއްކުރާމީހަކީ އޭނާގެ ނަމާދުން ވައްކަންކުރާމީހާއެވެ. ” އަޞްޙާބުބޭކަލުން ދެންނެވިއެވެ. ” އޭނާގެ ނަމާދުން އޭނާ ވައްކަންކުރާނީ ކިހިނަކުންތޯއެވެ؟ ” އެކަލޭގެފާނު ޙަދިޘްފުޅު ކުރެއްވިއެވެ. ” އެއީ ނަމާދުގެ ރުކޫޢާއި ސަޖިދަ  އޭނާ ފުރިހަމަ ނުކުރުމެވެ. ” ނުވަތަ ” ރުކޫޢުގައާއި ސަޖިދާގައި އޭނާގެ ބުރަކަށި އޭނާ ތެދުނުކުރުމެވެ. “