[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަލަފް އަދި ސަލަފިއްޔާ – 8

  • އަދި އެއަށް ފަހު ، ހެޔޮލަފާ ޞާލިޙުން މާތްކޮށް މަތިވެރި ކުރުމުގައި ޙައްދު ފަހަނަ އެޅުމާއި ، މަރުވެފައިވާ މީހުންނާއި ޣައިބުގައިވާ މީހުންނަށް ކުރުނީސް ކުރުން ފަދަ ޚުރާފާތްތައް ގެނެސް ، ވަޅުލާފައި ތިބޭ މީސްމީހުންގެ މަހާނަ ކައިރީގައި ޤުރުބާނީ ކަތިލުމާއި ، ސަޖިދަކުރުން ފަދަ ކަންކަން މިއުންމަތުގައި ފާޅުވުމުން ވެސް ، އޭރު ތިއްބެވި ދީނީ ޢިލްމުވެރިން ތެދުވެވަޑައިގެން އެކަންކަމުގެ ނުރައްކާތެރިކަމާއި ، އެކަންކަމަކީ އުންމަތުގެ ސަލަފުއްޞާލިޙުންގެ މަންޖަހާ މުޅިން ޚިލާފު އިދުކޮޅު އަދި ކިއެއް އެއީ މުޝްރިކުންގެ ޢަމަލުތައް ފަދަ ކުފުރީ ބިދުޢަތަކެއް ކަމާއި ދީނުގައި އިސްފައިވާ އެފަދަ ކަންކަންމުގެ ޙުކުމްފުޅުތައް ބަޔާންކޮށްދެއްވިއެވެ.

  • އެއަށް ފަހު ، ޚަވާރިޖުންނާ ދިމާ އިދިކޮޅަށް އުފެދިގެން އައި ، އީމާންތެރިކަމަކީ ހަމައެކަނި ހިތުގެ ޢަޤީދާކަމަށާއި އެއީ އިންސާނާ ކުރާ ޢަމަލުތަކާ އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫން ކަމަށް ބުނަން ފެށި އިރްޖާ (الإرجاء) ގެ ނުރައްކާތެރި ފިތުނައަށް ވެސް އޭރު ތިއްބެވި ޢިލްމުވެރިން ރައްދު ދެއްވައި ޙައްޤު ފާޅުކުރެއްވިއެވެ. އެގޮތުން ، އިމާންތެރިކަމަކީ؛ ހިތުގެ ނިޔަތާއި ދުލުން ބުނާ ބަސްތަކާއި އަދި ހަށިގަނޑުގެ އެކިއެކި ގުނަވަންތަކުން ކުރެވޭ ޢަމަލުތަކާ ގުޅި ލާމެހިފައިވާ އެއްޗެއް ކަމަށާއި ، އީމާންތެރިކަމަކީ ކުރާ ހެޔޮ ޢަމަލުތަކުގެ ސަބަބުން އިތުރުވެ އަދި ކުރާ ފާފަތަކުގެ ސަބަބުން ބަލިކަށިވާ އެއްޗެއްކަން ދަލީލުކޮށްދޭ ޤުރްއާނުގެ އާޔަތްތަކާއި ނަބަޥީ ޙަދީޘްފުޅުތަކުން ދަލީލު ދައްކަވައި އެބައިމީހުންގެ ދަޢުވާގެ ބާޠިލުކަން ފަޟީޙަތް ކުރެއްވިއެވެ.

===ނުނިމޭ===