[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް ކިޔުމަށް ފަހު ހަނދާން ނެތެންޏާ އެކަމުގެ ޙައްލަކީ ކޮބާ؟ 1

ހަނދުމަ ނެތުމަކީ އިންސާނާގެ ފިޠުރަތުގައި ﷲ ތަޢާލާ ލައްވާފައިވާ ކަމެކެވެ. އިންސާނާއަށް “އިންސާން” މިނަމުން ނަން ދެވުނީވެސް ގިނައިން ހަނދާން ނެތޭތީއެވެ.

ޢިލްމުތަކަކީ ވަރަށް ތަނަވަސް އެއްޗެކެވެ. އަދި ފަންނުތައްވެސް އެހާމެ ގިނައެވެ. އުނގެނޭ ކަންތައްތައް ވަނީ އެކަތި އަނެކައްޗާ ލާމެހިފައެވެ. ޝަރީޢަތުގައިވާ އެކިއެކި (ފިޤުހީ) މައްސަލަތަކަކީ ކަނޑުތަކެކެވެ. ޙަޔާތްވަނީ ކަންބޮޑުވާ ފަދަ ކަންކަމުން ފުރިފައެވެ. އިންސާނާގެ ކުޅަދާނަކަންވަނީ ވަކި ޙައްދެއްގައެވެ. އިންސާނުން ކުރެ އެންމެ ހެޔޮ ސާހިބާ (ނަބިއްޔާ) صلى الله عليه وسلم ވެސް ބައެއް ފަހަރު ނަމާދުގައި ހަނދުމަފުޅު ނެތުނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((إِنَّمَا أَنَا بَشَرٌ مِثْلُكُمْ، أَنْسَى كَمَا تَنْسَوْنَ)) [متفق عليه]

މާނައީ: “ތިމަންކަލޭގެފާނީ (މިކަމުގައި) ހަމަ ތިޔަބޭކަލުން ފަދަ އިންސާނަކީމެވެ. ތިޔަބޭކަލުންވެސް ހަނދުމަފުޅު ނެތޭ ފަދައިން ތިމަން ކަލޭގެފާނުވެސް ހަނދުމަފުޅު ނެތެއެވެ.”

ތިބާއަށް މިކަން ރަނގަޅަށް ސާފުވުމުން، އެނގިގެންދާނީ ކިޔެވުމަށް ފަހު އެއިން މިންވަރެއް ހަނދުމަ ނެތުމަކީ އެކިޔަވާ މީހާގެ ކިބައިގައިވާ އުނިކަމެއް ނޫނެވެ. އަދި އެއީ އޭނާއަށް މަންޞިބަށް ލިބިގެންދާ އުނިމެއްވެސް ނޫނެވެ. އެފަދަ ކަމެއް މެދުވެރިވުމުން ޝަރުޢީ ޢިލްމު ކިޔެވުމާ ދުރުހެލި ނުވާށެވެ. އެ ޙާޞިލުކުރުމާމެދު މާޔޫސް ނުވާށެވެ. ކިޔަވާ އެއްޗެއް ހަނދާން ނުނެތޭނަމަ ޢިލްމުވެރިންވެސް އެކިޔަވާ އެއްޗެއް މުރާޖަޢާކޮށް، އަބަދުމެ ދިރާސާ ކުރާކަށް ނުޖެހޭނެއެވެ. އަދި އެކަމުގައި ގިނަ ވަގުތު ހޭދަކޮށް، ކުރިން ކިޔުނު އެއްޗެއް އަލުން މުޠާލިޢާކުރާކަށްވެސް ނުޖެހޭނެއެވެ.

= ނުނިމޭ =

 

_________________________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.