[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޔޫސުފްގެފާނުގެ ވާހަކަ – 25

  • ރިވެތިވެގެންވާ ނިމުން

 

ޔޫސުފުގެފާނަށް ﷲ ތަޢާލާ ދެއްވި މިބޮޑު ރަސްކަމުގައި، އެކަލޭގެފާނު މަޝްޣޫލުވެވަޑައެއް ނުގެންނެވިއެވެ. އެކަލޭގެފާނު މަޝްޣޫލުވެވަޑައިގަތީ ﷲ ހަދުމަކުރެއްވުމުގައެވެ. އަދި ބިރުވެތިވެގެންވާ ޙާލުގައި ﷲ އަށް އަޅުކަން ކުރުމުގައެވެ. އަދި މިޞްރުގައި ﷲ ތަޢާލާގެ ޝަރީޢަތް ޤާޢިމުކުރައްވައި ތަންފީޒު ކުރެއްވިއެވެ. އެކަލޭގެފާނަކީ ރަސްކަލެއް ކަމުގައި ދެކެވަޑައެއް ނުގަންނަވައެވެ. އަދި ބޮޑާވެވަޑައެއް ނުގަންނަވައެވެ. ރަސްކަލުން މަރުވާ ގޮތަށް މަރުވުމަށް އެކަލޭގެފާނު ލޯބި ނުކުރައްވައެވެ. އަދި ރަސްކަނލުންނާއެކު ޤިޔާމަތް ދުވަހު މަޚްޝަރު ކުރެއްވުމަށް ވެސް އެދިވަޑައިނުގަންނަވައެވެ. އެކަމަކު އެކަލޭގެފާނު ލޯބިފުޅު ކުރައްވަނީ ނިކަމެތި އަޅަކު މަރުވާ ގޮތަށް އަވަހާރަވެވަޑައިގަތުމަށެވެ. އެކަލޭގެފާނު ﷲ ތަޢާލާ އަށް މިފަދައިން ދުޢާ ކުރެއްވިއެވެ.

﴿رَبِّ قَدْ آتَيْتَنِي مِنَ الْمُلْكِ وَعَلَّمْتَنِي مِن تَأْوِيلِ الْأَحَادِيثِ ۚ فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ ۖ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ﴾ [1]

މާނަ: “އަޅުގެ ވެރިރައްބެވެ! ހަމަކަށަވަރުން އިބައިލާހު ތިމަންއަޅާއަށް ވެރިކަން ދެއްވީމުއެވެ. އަދި ހުވަފެންތައް މާނަކުރަން ދަސްކޮށްދެއްވީމުއެވެ. އިސްވެދިޔަ މިޘާލަކާނުލައި އުޑުތަކާއި، ބިން ހެއްދެވި އިލާހެވެ! ދުނިޔެއާއި އާޚިރަތުގައި މިއަޅާގެ އެހީތެރިއަކީ އިބައިލާހެވެ. މުސްލިމެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި ޞާލިޙުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!”

މުސްލިމެއްގެ ގޮތުގައި އެކަލޭގެފާނު އަވަހާރަވެވަޑައިގަތެވެ.

=ނިމުނީ=

___________________

މަޞްދަރު: قصص النبيين للأطفال

ޔޫސުފްގެފާނުގެ ވާހަކަ

 

[1] يوسف   101