[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުޞީބާތް ދުރުކުރުމަށް ނުވަތަ މުޞީބާތުން ސަލާމަތްވުމަށްޓަކައި ރޮދިފަށާއި، ބޮޅުފަދަ ތަކެތި (ތަވީދުގެ ގޮތުގައި) އެޅުމަކީ ޝިރުކެއްކަން ނަންގަތް ބާބު – 1

ސުވާލު 1:

– ރޮދި އަދި ބޮޅުފަދަ ތަކެތީގެ މަޤްޞަދަކީ (އެބަހީ: މުރާދަކީ) ކޮބާ ހެއްޔެވެ؟

– މުޞީބާތުން ސަލާމަތްވުމާއި މުޞީބާތް ދުރުކުރުމުގެ ތަފާތަކީ ކޮބާ ހެއްޔެވެ؟

– އަދި މުޞީބާތް ދުރުކުރުމަށާއި މުޞީބާތުން ސަލާމަތްވުމަށްޓަކައި ރޮދި އަދި ބޮޅުފަދަ ތަކެތި އެޅުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟

 

ޖަވާބު:

– ބޮޅު: އެއީ ރަތުލޮއިން (copper) ވަށްކޮށް ހަދާފައި ހުންނަ އެއްޗެކެވެ. މުޝްރިކުން އެބައިމީހުންގެ އަތްތަކުގައި އެތަކެތި އަޅާ އުޅުނީ އޭގެ ސަބަބުން އެސްފީނާއާއި ޖިންނީގެ ކިބައިން އަދި އެނޫންވެސް އެފަދަ ކަންކަމުން އެބައިމީހުންނަށް ރައްކާތެރިކަން ލިބޭކަމަށް ދަޢުވާކޮށްގެންނެވެ.

ރޮދި: ޢާންމު ގޮތެއްގައި އެއީ ފަހަން ބޭނުންކުރާ އެއްޗެކެވެ. އެހެނަސް މުޝްރިކުން އެބައިމީހުންގެ އަތްތަކާއި ކަރުތަކުގައި އެތަކެތި އަޅާ އުޅުނީ އޭގެ ސަބަބުން އެބައިމީހުން ހުމުން ދިފާޢުކޮށްދޭ ކަމަށް ދަޢުވާކޮށްގެނެވެ.

– މުޞީބާތުން ސަލާމަތްވުމަކީ (رفع) މުޞީބާތް ޖެހުމަށް ފަހު، އެކަމެއް ފިލުމެވެ. އަދި މުޞީބާތް ދުރުކުރުމަކީ (دفع) މުޞީބާތް ޖެހުމުގެ ކުރިން އެއިން ރައްކާތެރިވުމެވެ.

– އެފަދަ ތަކެތި ބޭނުންކުރުމުގެ ޙުކުމް: މުޞީބާތް ދުރުކޮށްދެނީ ރޮދިފަށް ނުވަތަ ބޮޅުކަމަށް ޤަބޫލުކޮށްފިނަމަ އެއީ ބޮޑު ޝިރުކެވެ. ނަމަވެސް ރޮދިފަށް ނުވަތަ ބޮޅަކީ މުޞީބާތް ދުރުކޮށްދޭ ސަބަބެއްކަމަށް ޤަބޫލުކޮށްފިނަމަ އެއީ ކުޑަ ޝިރުކެވެ. މި ދެ ކަމަކީވެސް (އެބަހީ: މުޞީބާތް ދުރުކުރުމަށް ނުވަތަ މުޞީބާތުން ސަލާމަތްވުމަށްޓަކައި ރޮދިފަށާއި، ބޮޅުފަދަ ތަކެތި ތަވީދުގެ ގޮތުގައި އެޅުމަކީވެސް) ޙަރާމްވެގެންވާ ދެ ކަމެވެ.

 

*  *  *  *

 

އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ)

މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް