[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނޫޙުގެފާނުގެ ވާހަކަ – 20

  • ނޫޙުގެފާނުގެ ދަރިކަލުން

 

ކާފިރުވި މީހުންނާއެކު ނޫޙުގެފާނުގެ ދަރިކަލަކު ވެސް ހިމެނުނެވެ. ނޫޙުގެފާނު ނައުކޮޅުގައި ހުންނަވަނިކޮށް، ތޫފާނުގެ ތެރެއިން އެކަލޭގެފާނު މި ދަރިކަލުން ފެނިވަޑައިގަތެވެ. އެހިނދު ދަރިކަލުންނަށް ގޮވާލެއްވިއެވެ.

(يَا بُنَيَّ ارْكَب مَّعَنَا وَلَا تَكُن مَّعَ الْكَافِرِينَ)[1]

މާނަ: “އޭ ދަރިފުޅާއެވެ! ތިމަންމެންނާއެކު (ނާކޮޅަށް) އަރާށެވެ! އަދި ކާފިރުންނާ އެކުގައި ނުވާށެވެ!”

(قَالَ سَآوِي إِلَىٰ جَبَلٍ يَعْصِمُنِي مِنَ الْمَاءِ)[2]

މާނަ: “އެ ދަރިކަލުން ދެންނެވިއެވެ. ފެނުން، ތިމަން ރައްކާތެރިކުރާނޭ ފަރުބަދައަކަށް ތިމަން ދާ ހުށީމެވެ.”

(قَالَ لَا عَاصِمَ الْيَوْمَ مِنْ أَمْرِ اللَّـهِ إِلَّا مَن رَّحِمَ) [3]

މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. اللَّه ގެ އަމުރު ފުޅުން (އެބަހީ: اللَّه ގެ ޢަޛާބުން) ރައްކާތެރިކުރާނޭ ފަރާތެއް، އެކަލާނގެ ރަޙުމަތް ލެއްވި މީހަކަށް މެނުވީ މިއަދަކު ނެތެވެ.”

(وَحَالَ بَيْنَهُمَا الْمَوْجُ فَكَانَ مِنَ الْمُغْرَقِينَ) [4]

މާނަ: “އަދި އެ ދެބަފައިކަލުންގެ ދެމެދުގައި ރާޅު ހުރަސްއެޅިއެވެ. އަދި ޣަރަޤު ކުރެއްވި މީހުންގެ ތެރެއިން، އެ ދަރިކަލުންވިއެވެ.”

ދަރިކަނލުން ޣަރަޤުވީތަން ފެނިވަޑައިގެންނެވުމުން، ނޫޙުގެފާނު ވަރަށް ބޮޑަށް ހިތާމަކުރެއްވިއެވެ.

ތޫފާނުން ސަލާމަތް ނުވެވުނަސް، ޤިޔާމަތް ދުވަހު ދަރިކަލުން ނަރަކައިން ސަލާމަތް ކުރެއްވުމަށް ﷲ ގެ ހަޟްރަތުގައި އެހިނދު ނޫޙުގެފާނު ދުޢާ ދެންނެވިއެވެ.

ފެނަށް ވުރެ އަލިފާން ގަދަފަދަވެގެން ވެއެވެ. އަދި އާޚިރަތުގެ އަޛާބަކީ ގަދަފަދަ ވެގެންވާ އަޛާބެކެވެ. ﷲ ތަޢާލާވަނީ އެކަލޭގެފާނުގެ އަހުލުން އެ ތޫފާނުން ސަލާމަތް ކުރައްވާނެކަމަށް ވަޢުދު ކުރައްވާފައެވެ. އެކަލޭގެފާނުގެ އަހުލުން އެ ބިރުވެރި ތޫފާނުން ސަލާމަތް ނުކުރައްވާ ހެއްޔެވެ؟ ހަމަޔަޤީނުންވެސް ﷲ ގެ ވަޢުދުފުޅަކީ ޙައްޤު އެއްޗެކެވެ.

___________________

މަޞްދަރު: قصص النبيين للأطفال

 

ނޫޙުގެފާނުގެ ވާހަކަ

 

[1] 42    هود

[2] 43    هود

[3] 43    هود

[4] 43    هود