[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހޫދުގެފާނުގެ ވާހަކަ 2

  • ނިޢުމަތްތަކަށް ޝުކުރުވެރި ނުވުން

 

މާތް ﷲ ޢާދު ބާގައިމީހުންނަށް މިހާ ގިނަ ނިޢުމަތްތައް ދެއްވުމުންވެސް އެމީހުން އެ ނިޢުމަތްތަކަށް ޝުކުރުވެރިއެއް ނުވެއެވެ. ނޫޙުގެފާނުގެ ވާހަކައަކީ މި މީހުންނަށް އާވާހަކައެއް ނޫނެވެ. އެވާހަކައަކީ އެމީހުންގެ ކާބަފައިންގެ ކިބައިން އެމީހުންނަށް އިވޭ ވާހަކަތަކެކެވެ. އަދި އެ ޠޫފާނުގެ އަޘަރުތައް ބިންމަތިން ފެންނަންވެސް ހުއްޓެވެ. ނަމަވެސް އެމީހުން މި ކަންތައްތަކަށް ބަލާ ވިސްނައެއް ނޫޅެއެވެ. އަދި އެމީހުންގެ ކާބަފައިން ކިޔައިދެއްވާ ނޫޙުގެފާނުގެ ވާހަކަތަކާއި މެދުވެސް ވިސްނައެއް ނޫޅެއެވެ. ނޫޙުގެފާނުގެ ޤައުމުގެ މީހުންނަށް ކުރިމަތިވި ބިރުވެރި ޠޫފާނުގެ މަތިން އެމީހުން ހަނދާންވެސް ނެތް ފަދައެވެ. ނޫޙުގެފާނުގެ ޤައުމަށް ﷲ ޠޫފާން ފޮނުއްވި ސަބަބު ޢާދު ބާގައިމީހުން ހަނދާން ނައްތާލިއެވެ.

ދެން މި މީހުން ކުރަންފެށީ ކޮންކަމެއްކަން ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟

ނޫޙުގެފާނުގެ ޤައުމުގެ މީހުން ފަދައިން އެމީހުންވެސް ބުދަށް އަޅުކަން ކުރަންފެށީއެވެ. އެމީހުންގެ އަމިއްލަ އަތްތަކުން ހިލަތައް ކަނޑައި، ކޮށައި، ބުދުތައް ހެދިއެވެ. އަދި އެއަށް ފަހު، އެ ބުދުތަކަށް ސަޖިދަކޮށް، އަޅުކަންކުރާ ބައެއްކަމުގައި އެމީހުން ވިއެވެ.

ނޫޙުގެފާނުގެ ޤައުމުގެ މީހުން ބުދުތަކާއި މެދު ކަންތައް ކުރި ގޮތް ތިޔަކުދިން ހަނދާން އެބަހުރި ހެއްޔެވެ؟

އެމީހުން ބުދުތަކަށް ދުޢާކޮށް، އެމީހުން ބޭނުންވާ ކަންތައް ފުއްދައިދިނުމަށް އެދުނެވެ. އަދި އެ ބުދުތަކަށްޓަކައި އެއްޗެހި ކަތިލައި، ޤުރުބާންވެސް ކުރިއެވެ. މިއީ މާތް ﷲ، އެބައެއްގެ މައްޗަށް ވަރުގަދަ ޠޫފާނެއް ފޮނުއްވި ނޫޙުގެފާނުގެ ޤައުމުގެ މީހުން ކަންތައް ކުރަމުން އައި ގޮތެވެ.

ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟

ޢާދު ބާގައިމީހުންވެސް އައީ ހަމަ މިފަދައިން ކަންތައް ކުރަމުންނެވެ. ދުނިޔަވީ ގޮތުން އެމީހުންނަކީ އެންމެ ވިސްނުން ތޫނު މީހުންކަމުގައި ހީކޮށެވެ.

ނަމަވެސް ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟

އެމީހުންނަކީ ޙަޤީޤަތުގައި އެންމެ ވިސްނުން ކޮށި މީހުންނެވެ. އެމީހުން ބުއްދިވެރި ބަޔަކަށް ވިނަމަ، އެއްވެސް އާރެއް، ބާރެއް ނެތް ހިލަތަކަކަށް އެމީހުން އަޅުކަންކޮށް ހަދާނެ ހެއްޔެވެ؟

___________________

މަޞްދަރު: قصص النبيين للأطفال

 

ހޫދުގެފާނުގެ ވާހަކަ