[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހޫދުގެފާނުގެ ވާހަކަ 3

  • ޢާދުބަގައިމީހުން ހިންގި ޢުދުވާނު

 

ޢާދު ބާގައިމީހުންނަކީ ވަރަށް ބާރުގަދަ ބައެއްކަން ތިޔަކުދިންނަށް އެނގިއްޖެ ނޫން ހެއްޔެވެ؟

އެމީހުންގެ ބާރުގަދަކަމުން އެހެންމީހުންނަށް ލިބޭ ފައިދާއެއް ނެތެވެ. އެމީހުންގެ ބާރުގަދަކަމުގެ ބޭނުންކޮށްގެން އެހެންމީހުންނަށް އުނދަގޫކޮށް ހެދިއެވެ. ޢާދު ބާގައި މީހުންނަކީ ﷲއަށް އީމާންވާ ބައެއް ނޫނެވެ. އަދި އެމީހުން އާޚިރަތް ދުވަހަށްވެސް އީމާނެއް ނުވެއެވެ. އެފަދަ ބަޔަކު ސުލްޙަވެރިވެ، އަމާންކަމަށް ލޯބިކުރާ ބައެއްކަމުގައި ވާނެ ހެއްޔެވެ؟

އެފަދަ މީހުންގެ އަނިޔާތަކުން މީހުންނަށް ސަލާމަތްކަމެއް ލިބޭނެ ހެއްޔެވެ؟ އަދި އެމީހުން ހިންގާ ޖަރީމާތަކުން ބަޔަކަށް ލިބޭނެ އަމާންކަމެއް އޮންނާނެ ހެއްޔެވެ؟

އެމީހުން ދުނިޔެ މަތީގައި ކުރާ ޢަމަލުތަކުގެ ހިސާބު ބެއްލެވޭނެކަމަށް އެމީހުން ޤަބޫލެއް ނުކުރެއެވެ. އަދި އެމީހުން ކުރާ ޢަމަލުތަކުގެ ސަބަބުން އެމީހުންނަށް ލިބޭނެ ޢަޛާބަކަށްވެސް އެމީހުން ބިރުވެތިއެއް ނުވެއެވެ.

ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟

ޢާދު ބާގައިމީހުންގެ އަނިޔާވެރިކަން ނުހަނު ބޮޑެވެ. ވަލުތެރޭގައި އުޅޭ ވަޙުޝީ ޖަނަވާރުތަކެއް ފަދައިން، އެމީހުން އަނިޔާވެރިވެ އުޅުނެވެ. ބޮޑެތި މީހުން ކުޑަކުދިންނަށް އަނިޔާ ކުރެއެވެ. ބާރުގަދަ މީހާ ނިކަމެތި މީހާއަށް އަނިޔާ ކުރެއެވެ. އަދި އެމީހުންގެ ދަނޑުވެރިކަންވެސް މުޅިން ފުނޑުފުނޑުކޮށްލައެވެ. އެމީހުން އެއީ އެއްވެސް ރަޙުމެއް ނެތް ބައެކެވެ.

ޢާދު ބާގައިމީހުންގެ ނުބައިކަމުގެ ބޮޑުކަމުން ނިކަމެތި މީހުން އެމީހުންދެކެ ބިރުގަނެއެވެ. އެމީހުން ކުރާ އަނިޔާތަކަށް ބިރުން ފިލައެވެ. ޢާދު ބާގައިމީހުންގެ ބާރުގަދަކަން ވެފައިވަނީ އެހެން މީހުންނަށް ކުރިމަތިވެފައިވާ މުޞީބާތަކަށެވެ. މާތް ﷲ އާއި އާޚިރަތް ދުވަހަށް އީމާންނުވާ މީހުންގެ ޙާލު ހުންނާނީ މިފަދައިންނެވެ.

___________________

މަޞްދަރު: قصص النبيين للأطفال

 

ހޫދުގެފާނުގެ ވާހަކަ