-
ޢާދު ބާގައިމީހުން ޙައްދުފަހަނައަޅައި ދިއުން
ހޫދުގެފާނުގެ ޙިކްމަތްތެރި ވާހަކަފުޅުތައް ޢާދު ބާގައިމީހުންނަށް އަޑުއިވުނެވެ. ނަމަވެސް އެކަލޭގެފާނުގެ ނަސޭޙަތްޕުޅަކީ ބޭކާރު އެއްޗެއްގެ ގޮތުގައި އެމީހުން ދެކުނެވެ. އަދި އެކަލޭގެފާނުގެ ނަސޭޙަތްޕުޅަށް ބީރުކަންފަތެއްދީ، ބުދުތަކަށް އަޅުކަންކުރުމުގައި ދެމިތިއްބެވެ.
އެމީހުން ހޫދުގެފާނަށް ދެންނެވިއެވެ. ބަޔާންވެގެންވާ ހެއްކެއް ތިމަންމެންގެ ގާތަށް ކަލޭގެފާނު ނުގެންނަވަމުއެވެ. އޭ ހޫދުގެފާނެވެ! އަހަރުމެން ބުދުތަކެއް ދުލެއް ނުކުރާނަމެވެ. އެއީ އަހަރެމެންގެ ކާބަފައިންވެސް އަޅުކަންކުރަމުން އައި ބުދުތަކެވެ. އެންމެ މީހެއްގެ ބަހަށް ތިމަންމެން އެބުދުތަކެއް ދުލެއް ނުކުރާނަމެވެ.
އޭ ހޫދުގެފާނެވެ! ހަމަޔަޤީނުންވެސް ކަލޭގެފާނު އަހަރެމެންގެ އިލާހުންތަކަށް ބިރެއް ނުގަނެއެވެ. އަދި އަހަރުމެންގެ އިލާހުން ކަލޭގެފާނަށް ދެއްވާނެ ޢަޛާބަކަށް ވެސް ބިރެއް ނުގަންނަވަމުއެވެ. ނަމަވެސް، ކަލޭގެފާނުގެ ކަލާނގެއަށް އަހަރެމެން އީމާން ނުވެއްޖެ ނަމަ، އަހަރެމެންނަށް ޢަޛާބެއް އައިސްދާނެކަމަށް، ކަލޭގެފާނު އަބަދުވެސް އަހަރުމެންނަށް ހަނދާންކޮށްދެމެއް ނޫން ހެއްޔެވެ؟ އޭ ހޫދުގެފާނެވެ! ނިކަން އެ ޢަޛާބު އަހަރުމެންނަށް ދައްކަބަލާށެވެ! އަހަރެމެންގެ މައްޗަށް އެ ޢަޛާބު އަންނާނީ ކޮން އިރަކު ހެއްޔެވެ؟
އެހިނދު ހޫދުގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ފަހެ ތިޔަބައިމީހުން އިންތިޒާރުކުރާށެވެ. ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާއެކު އިންތިޒާރުކުރާ މީހުންގެ ތެރެއިން ވާހުށީމެވެ.
ހޫދުގެފާނަށް އެމީހުންގެ ވާހަކަތައް އަޑުއިވުމުން އެމީހުންގެ މޮޔަކަމާއި މެދު ހިތާމަކުރެއްވިއެވެ.
___________________
މަޞްދަރު: قصص النبيين للأطفال
[1] 26 الملك