އީލާއުކުރުން، ޡިހާރުކުރުން އަދި ކައްފާރާދިނުން ނަންގަތް ބާބު
﴿لِّلَّذِينَ يُؤْلُونَ مِن نِّسَائِهِمْ تَرَبُّصُ أَرْبَعَةِ أَشْهُرٍ ۖ فَإِن فَاءُوا فَإِنَّ اللَّـهَ غَفُورٌ رَّحِيمٌ [٢٢٦] وَإِنْ عَزَمُوا الطَّلَاقَ فَإِنَّ اللَّـهَ سَمِيعٌ عَلِيمٌ [٢٢٧]﴾ [سورة البقرة 226 – 227]
މާނައީ: “އެބައިމީހުންގެ އަނބިންނާ (ޖިމާޢު ނުވުމަށް) ހުވާކުރާ މީހުންނަށް އިންތިޒާރުކުރުން ވަނީ ހަތަރު މަސްދުވަހަށެވެ. ފަހެ، އެބައިމީހުން (ޖިމާޢުވުމަށް) އެނބުރި ރުޖޫޢަވެއްޖެނަމަ، ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ. [226] އަދި އެބައިމީހުން ވަރިކުރުމަށް ޤަޞްދުކޮށްފިނަމަ ފަހެ، ހަމަކަށަވަރުން، ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. [227]”
އަދި ޝާއްޛު ޤިރާއަތެއްގައި ވެއެވެ.
﴿ فَإِن فَاءُوا فيهن﴾
މާނައީ: “ފަހެ، އެބައިމީހުން އެމުއްދަތުގައި (ޖިމާޢުވުމަށް) އެނބުރި ރުޖޫޢަވެއްޖެނަމަ”
﴿الَّذِينَ يُظَاهِرُونَ مِنكُم مِّن نِّسَائِهِم مَّا هُنَّ أُمَّهَاتِهِمْ ۖ إِنْ أُمَّهَاتُهُمْ إِلَّا اللَّائِي وَلَدْنَهُمْ ۚ وَإِنَّهُمْ لَيَقُولُونَ مُنكَرًا مِّنَ الْقَوْلِ وَزُورًا ۚ وَإِنَّ اللَّـهَ لَعَفُوٌّ غَفُورٌ [٢] وَالَّذِينَ يُظَاهِرُونَ مِن نِّسَائِهِمْ ثُمَّ يَعُودُونَ لِمَا قَالُوا فَتَحْرِيرُ رَقَبَةٍ مِّن قَبْلِ أَن يَتَمَاسَّا ۚ ذَٰلِكُمْ تُوعَظُونَ بِهِ ۚ وَاللَّـهُ بِمَا تَعْمَلُونَ خَبِيرٌ [٣] فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِن قَبْلِ أَن يَتَمَاسَّا ۖ فَمَن لَّمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًا﴾ [سورة المجادلة 2 – 4]
މާނައީ: “ތިޔަބައިމީހުންކުރެ އަނބިންނަށް ظهار ކުރާމީހުން (ދަންނާށެވެ!) އެކަނބަލުންނަކީ ތިޔަބައިމީހުންގެ މައިންނެއް ނޫނެވެ. އެބައިމީހުންވިހޭ ކަނބަލުން މެނުވީ، އެބައިމީހުންގެ މައިންކަމުގައި ނުވެއެވެ. އަދި ހަމަކަށަވަރުން އެބައިމީހުން އެ ބުނަނީ مُنكَر ބަހެކެވެ. އަދި ދޮގެކެވެ. އަދި ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ޢަފޫކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ. [2] އަދި އެބައިމީހުންގެ އަނބިންނަށް ޡިހާރުކޮށް، ދެން އެބައިމީހުން ބުނި ބަސް އަނބުރައި ގެނައުމަށް އެދޭމީހުން، އެކަނބަލުންގައި ބީހުމުގެ ކުރީގައި (އެބަހީ: އެއްދާންކުރުމުގެ ކުރީގައި) އަޅަކު މިނިވަންކުރާހުށިކަމެވެ! އެއީ ތިޔަބައިމީހުންނަށް އެކަމަށް ނަސޭހަތް ދެއްވާގޮތެވެ. އަދި ﷲ އީ، ތިޔަބައިމީހުންކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. [3] ފަހެ، އަޅަކު މިނިވަންކުރަން ނުލިބުނުމީހާ، އެ ދެމަފިރިން އެއްދާންކުރުމުގެ ކުރީގައި ވިދިވިދެގެން ދެމަސްދުވަހު ރޯދަހިފާހުށިކަމެވެ! ފަހެ، ރޯދަހިފުމަށް ނުކުޅެދިއްޖެމީހާ ފަސްދޮޅަސް މިސްކީނުންނަށް ކާންދޭހުށިކަމެވެ!”
_______________________________