[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެސްފީނާ 4

އެސްފީނާ ވާކަން ޤަބޫލުކުރާ ފަރާތްތަކަށްވެސް އޭގެ ޙަޤީޤީ މާނައިގައި އެސްފީނާގެ ނުރައްކާތެރިކަން ދެނެގަނެވިފައެއް ނުވެއެވެ. މީހަކަށް އެސްފީނާ ޖެހުމުން ކުއްލިއަކަށް އޭނާގެ ކިބައިން އޭގެ އަޘަރުތައް ފެނިގެން ހިނގައިދާނެތެވެ. ނުވަތަ މަޑުމަޑުން ބަލި ބޮޑުވަމުންގޮސް ވަރަށް ބޮޑަށް ބަލިވުންވެސް އެކަށީގެންވެއެވެ. ފަޟީލަތުއް ޝައިޚް އައްދުކްތޫރް ޢަބްދުލް ކަރީމް އިބްނު ޢަބްދުﷲ އަލްޚުޟައިރް އެބޭފުޅާގެ ރަސްމީ ވެބްސައިޓުގައި މި ޙަދީޘް ޝަރަޙަ ކުރައްވައި ލިޔުއްވާފައިވާ ލިޔުމެއްގައި ވެއެވެ.

“މިހާރަކަށް އައިސް، މީސްތަކުންނަށް ޖެހޭ އުނގަދޫ ގިނަ ބަލިތަކުގެ ސަބަބެއްކަމުގައިވެފައި އެސްފީނާ ހިމެނެއެވެ.”[1]

މިޙަދީޘްގައި ޢާމިރު އިބްނު ރަބީޢާ އަށް، ސަހްލު އިބްނު ޙުނައިފް ފެނުނު ހިނދު އެކަލޭގެފާނުގެ ހަންގަނޑުގެ ރީތިކަމާމެދު ވާހަކަދެއްކެވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބަވީ އިރުޝާދުތަކުން އެނގެނީ މިފަދަ ވާހަކައެއް ދައްކާނަމަ އެމީހަކަށް ބަރަކާތް ލެއްވުންއެދި ދުޢާ ކުރުމަށެވެ. ޢާމިރު އިބުނު ރަބީޢާ، އެފަދައިން ކަންތަކެއް ނުކުރެއެވެ. އެއާއެކު ސަހްލު އިބްނު ޙުނައިފަށް ޢާމިރުގެ އެސްފީނާ ޖެހުނީއެވެ. މީހެއްގެ ކިބައިން ނިޢުމަތެއް ފެންނަހިނދު، ނުވަތަ ތިމާ ގަޔާވާ ކަމެއް، ނުވަތަ ތިމާ ޢަޖައިބުވާ ކަމެއް ފެންނަނަމަ، ނުވަތަ އެފަދަ ވާހަކައެއް ދައްކާނަމަ، އެމީހަކަށް ބަރަކާތް ލެއްވުން އެދި ﷲ އަށް ދުޢާ ކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އެތައް ޙަދީޘެއްގައި ބަޔާން ކުރައްވާފައެވެ. މަތީގައިވާ ޙަދީޘުގައިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢާމިރު އިބްނު ރަބީޢާއަށް ގޮވާލައްވައި، ކޯފާގެ ރާގެއްގައި ޙަދީޘްކުރެއްވީ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާ ޤަތުލުކުރަނީ ކީއްވެ ހެއްޔެވެ؟ އޭނާއަށްޓަކައި ﷲ ބަރަކާތްލެއްވުން އެދި ދުޢާ ނުކުރަނީ ކީއްވެ ހެއްޔެވެ؟” މިފަދައިންނެވެ. އަދި އެހެން ޙަދީޘެއްގައި ވެއެވެ.

 ((إِذَا رَأَى أَحَدُكُمْ مِنْ أَخِيهِ، أَوْ مِنْ نَفْسِهِ، أَوْ مِنْ مَالِهِ مَا يُعْجِبُهُ، فَلْيُبَرِّكْهُ فَإِنَّ الْعَيْنَ حَقٌّ)) [2]

މާނަ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާގެ ފަރާތުން، ނުވަތަ އޭނާގެ ނަފްސުގެ ކިބައިން، ނުވަތަ އޭނާގެ މުދަލުގެ ފުށުން އޭނާ ޢަޖާއިބުވާފަދަކަމެއް ފެނިއްޖެނަމަ ފަހެ ބަރަކާތް ލެއްވުން އެދި ދުޢާކުރާ ހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެސްފީނާއަކީ ޙަޤީޤަތެކެވެ.”

=ނުނިމޭ =

_______________________________

މިލިޔުމުގެ އެހެންބައިތައް

[1]  ބައްލަވާ: https://shkhudheir.com/scientific-lesson/1429853383

 [2] رواه أحمد (15700) والحاكم (7500)وصححه الألباني في “الصحيحة” (2572)