[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بلوغ المرام من آيات الأحكام ގެ ތަރުޖަމާ – 55 –

ޖިހާދު

﴿كُتِبَ عَلَيْكُمُ الْقِتَالُ﴾ [سورة البقرة 216]

މާނައީ: “ހަނގުރާމަކުރުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟުކުރައްވައިފިއެވެ.”

﴿يَا أَيُّهَا النَّبِيُّ حَرِّضِ الْمُؤْمِنِينَ عَلَى الْقِتَالِ ۚ إِن يَكُن مِّنكُمْ عِشْرُونَ صَابِرُونَ يَغْلِبُوا مِائَتَيْنِ ۚ وَإِن يَكُن مِّنكُم مِّائَةٌ يَغْلِبُوا أَلْفًا مِّنَ الَّذِينَ كَفَرُوا بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ [٦٥] الْآنَ خَفَّفَ اللَّـهُ عَنكُمْ وَعَلِمَ أَنَّ فِيكُمْ ضَعْفًا ۚ فَإِن يَكُن مِّنكُم مِّائَةٌ صَابِرَةٌ يَغْلِبُوا مِائَتَيْنِ ۚ وَإِن يَكُن مِّنكُمْ أَلْفٌ يَغْلِبُوا أَلْفَيْنِ بِإِذْنِ اللَّـهِ ۗ وَاللَّـهُ مَعَ الصَّابِرِينَ [٦٦] مَا كَانَ لِنَبِيٍّ أَن يَكُونَ لَهُ أَسْرَىٰ حَتَّىٰ يُثْخِنَ فِي الْأَرْضِ ۚ تُرِيدُونَ عَرَضَ الدُّنْيَا وَاللَّـهُ يُرِيدُ الْآخِرَةَ ۗ وَاللَّـهُ عَزِيزٌ حَكِيمٌ [٦٧]﴾ [سورة الأنفال 65 – 67]

މާނައީ: “އޭ ނަބިއްޔާއެވެ! (ދީނުގެ ދިފާޢުގައި) ހަނގުރާމަކުރުމަށް މުއުމިނުންނަށް ކަލޭގެފާނު ހިތްވަރުދެއްވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ކެތްތެރި ވިހި މީހުން ތިބިނަމަ (ކާފިރުންގެ) ދުއިސައްތަ މީހުންގެ މައްޗަށް ގަދަވެގަނެވޭނެއެވެ. އަދި ތިޔަބައިމީހުންކުރެ ސަތޭކަމީހުން ތިބިނަމަ، ކާފިރުވި މީހުންގެ ތެރެއިން އެއްހާސް މީހުންގެ މައްޗަށް ގަދަވެގަނެވޭނެއެވެ. އެހެނީ އެބައިމީހުންނަކީ ނުވިސްނޭ ބަޔެކެވެ. [65] މިހާރު ﷲ ތިޔަބައިމީހުންގެ ކިބައިން ލުއިކުރައްވައިފިއެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި ބަލިކަށިކަމެއްވާކަން އެއިލާހު ދެނެވޮޑިގެންވެއެވެ. ފަހެ، ތިޔަބައިމީހުންކުރެ، ކެތްތެރި ސަތޭކަ މީހުން ތިބިނަމަ، (އެބައިމީހުންގެ) ދުއިސައްތަ މީހުންގެ މައްޗަށް ގަދަވެގަނެވޭނެއެވެ. އަދި ތިޔަބައިމީހުންކުރެ އެއްހާސް މީހުން ތިބިނަމަ (އެބައިމީހުންގެ) ދެހާސް މީހުންގެ މައްޗަށް ގަދަވެގަނެވޭނެއެވެ. ﷲ ގެ އިޛުނައާއެކުގައެވެ. ﷲ ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ. [66] (ހަނގުރާމައިގެ) ބިމުގައި (ޢަދުއްވުންގެ މެދުގައި) ޤަތުލު ގިނަވެއްޖައުމަށް ދާންދެން (އެބަހީ: މުސްލިމުން ގަދަވެ ޤަތުލުވެވޭ ޢަދުއްވުންގެ ޢަދަދު ގިނަވެ، ހަނގުރާމައަށް ނުކުޅެދިއްޖައުމަށް ދާންދެން) ހަނގުރާމައިގައި މީހުންހިފައި ހައްޔަރުކުރުމަކީ، އެއްވެސް ނަބިއްޔަކަށް އޮތްކަމެއް ނޫނެވެ. ދުނިޔޭގެ މުދަލަށް ތިޔަބައިމީހުން އެދެމުއެވެ. ﷲ އިރާދަކުރައްވަނީ، އާޚިރަތެވެ. ﷲ އީ، ޢަޒީޒުވަންތަ، ޙަކީމުވަންތަ އިލާހެވެ. [67]”

﴿فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ﴾ [سورة التوبة 5]

މާނައީ: “ފަހެ، ތިޔަބައިމީހުންނަށް މުޝްރިކުން ފެނުނު ކޮންމެ ތަނަކުން، އެބައިމީހުން ޤަތުލުކުރާށެވެ!” [1]

﴿يَا أَيُّهَا الَّذِينَ آمَنُوا مَا لَكُمْ إِذَا قِيلَ لَكُمُ انفِرُوا فِي سَبِيلِ اللَّـهِ اثَّاقَلْتُمْ إِلَى الْأَرْضِ ۚ أَرَضِيتُم بِالْحَيَاةِ الدُّنْيَا مِنَ الْآخِرَةِ ۚ فَمَا مَتَاعُ الْحَيَاةِ الدُّنْيَا فِي الْآخِرَةِ إِلَّا قَلِيلٌ [٣٨] إِلَّا تَنفِرُوا يُعَذِّبْكُمْ عَذَابًا أَلِيمًا وَيَسْتَبْدِلْ قَوْمًا غَيْرَكُمْ وَلَا تَضُرُّوهُ شَيْئًا﴾ [سورة التوبة 38 – 39]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ ގެ މަގުގައި ހަނގުރާމަ ކުރުމަށް ނުކުންނާށޭ ތިޔަބައިމީހުންނަށް އެންގެވި ހިނދު، ތިޔަބައިމީހުން ބިމަށް ބަރުހެލިވެގަތީ ކީއްވެގެން ހެއްޔެވެ؟ އާޚިރަތަށް ވުރެ ދުނިޔޭގެ ދިރިހުރުމަށް ތިޔަބައިމީހުން ރުހުނީ ހެއްޔެވެ؟ ދުނިޔޭގެ އުފަލާ އަރާމަކީ އާޚިރަތާ އަޅައިބަލާއިރު، މަދުއެތިކޮޅެއް ކަމުގައި ނޫނީ ނުވެއެވެ. [38] ތިޔަބައިމީހުން (ހަނގުރާމައަށް) ނުނިކުންނަނަމަ، ވޭންދެނިވި ޢަޛާބަކުން އެއިލާހު ތިޔަބައިމީހުންނަށް ޢަޛާބު ދެއްވާނެއެވެ. އަދި ތިޔަބައިމީހުންގެ ބަދަލުގައި، އެހެންބަޔަކު ގެންނަވައިފާނެއެވެ. އަދި ތިޔަބައިމީހުންނަކަށް، އެއްވެސް ކަމަކުން އެއިލާހަށް ގެއްލުމެއް ނުދެވޭނެއެވެ.”

﴿انفِرُوا خِفَافًا وَثِقَالًا وَجَاهِدُوا بِأَمْوَالِكُمْ وَأَنفُسِكُمْ فِي سَبِيلِ اللَّـهِ﴾ [سورة التوبة 41]

މާނައީ: “ލުއިކަމާއެކުގައްޔާއި، ބުރަކަމާއެކުގައި، ތިޔަބައިމީހުން (ހަނގުރާމައަށް) ނުކުންނާށެވެ! އަދި ތިޔަބައިމީހުންގެ މުދާތަކާއި ނަފްސުތަކުން ﷲ ގެ މަގުގައި ޖިހާދުކުރާށެވެ!”

﴿وَمَا كَانَ الْمُؤْمِنُونَ لِيَنفِرُوا كَافَّةً ۚ فَلَوْلَا نَفَرَ مِن كُلِّ فِرْقَةٍ مِّنْهُمْ طَائِفَةٌ لِّيَتَفَقَّهُوا فِي الدِّينِ وَلِيُنذِرُوا قَوْمَهُمْ إِذَا رَجَعُوا إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ [١٢٢] يَا أَيُّهَا الَّذِينَ آمَنُوا قَاتِلُوا الَّذِينَ يَلُونَكُم مِّنَ الْكُفَّارِ﴾ [سورة التوبة 122 – 123]

މާނައީ: “އަދި އެންމެން އެކުގައި ހަނގުރާމައަށް ނުކުތުމެއް، މުއުމިނުންނަކަށް ނެތެވެ. ފަހެ، އެބައިމީހުންގެ ތެރެއިން ކޮންމެ ޤަބީލާއަކުން ބަޔަކު ހަނގުރާމައަށް ނުކުތްނަމަ ކިހާރަނގަޅު ހެއްޔެވެ. (އެއީ) އެބައިމީހުން (އެބަހީ: ނުގޮސްތިބި މީހުން) ދީން އުނގެނި ދަސްކުރުމަށެވެ. އަދި އެބައިމީހުންގެ ޤައުމުގެ މީހުން (އެބަހީ: ހަނގުރާމައަށް ނުކުތް މީހުން) އެބައިމީހުންގެ ގާތަށް އެނބުރި އަތުވެއްޖެ ހިނދު، އެބައިމީހުންނަށް އިންޛާރުކުރުމަށްޓަކައެވެ. (އެއީ) އެބައިމީހުން ބިރުވެތިވެ، ރައްކާތެރިވުމަށްޓަކައެވެ. [122] އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކާފިރުންގެ ތެރެއިން ތިޔަބައިމީހުންނާ ގާތުގައިތިބި މީހުންނާ ތިޔަބައިމީހުން ހަނގުރާމަ ކުރާށެވެ!”

﴿فَإِذَا لَقِيتُمُ الَّذِينَ كَفَرُوا فَضَرْبَ الرِّقَابِ حَتَّىٰ إِذَا أَثْخَنتُمُوهُمْ فَشُدُّوا الْوَثَاقَ فَإِمَّا مَنًّا بَعْدُ وَإِمَّا فِدَاءً حَتَّىٰ تَضَعَ الْحَرْبُ أَوْزَارَهَا﴾ [سورة محمد 4]

މާނައީ: “ފަހެ، (ހަނގުރާމައިގެ މައިދާނުގައި) ތިޔަބައިމީހުން ކާފިރުންނާ ބައްދަލުވާ ހިނދު، އެބައިމީހުންގެ ކަނދުރާތަކުގައި ޖަހައި ޤަތުލުކުރާށެވެ! (ތިޔަބައިމީހުންގެ ބާރު ގަދަކޮށް) އެބައިމީހުން ޤަތުލުކުރުން ގިނަކޮށްފުމަށްދާންދެނެވެ. ފަހެ، (އެހިނދު އެބައިމީހުން) ވަރުގަދައަށް ބަނދެ ހައްޔަރުކުރާށެވެ! ދެން އެއަށްފަހު (އެބަހީ: ހަނގުރާމަ ނިމުމަށްފަހު) އޮތީ ތިޔަބައިމީހުން އެބައިމީހުން ދޫކޮށްލުމެވެ. ނުވަތަ އެބައިމީހުންގެ އަތުން ފިދުޔަ ނެގުމެވެ. (ތިޔަބައިމީހުން މިގޮތުގައި ދެމިތިބޭ ހުށީ) ހަނގުރާމައިގެ ހަތިޔާރުތައް ބަހައްޓައިފުމަށް ދާންދެނެވެ. އެބައިމީހުންނާމެދު ކަންތައް އޮތްގޮތީ އެއީއެވެ.”

﴿إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّـهِ وَرَسُولِهِ وَإِذَا كَانُوا مَعَهُ عَلَىٰ أَمْرٍ جَامِعٍ لَّمْ يَذْهَبُوا حَتَّىٰ يَسْتَأْذِنُوهُ﴾ [سورة النور 62]

މާނައީ: “މުއުމިނުން ވާކަން ކަށަވަރީ ﷲ އަށާއި، އެއިލާހުގެ ރަސޫލާއަށް އީމާންވި މީހުން ކަމުގައެވެ. އަދި އެއްވުމަކަށްވާ މުހިންމު ކަމެއްގައި، އެކަލޭގެފާނުގެ އަރިހުގައި އެބައިމީހުން ވެއްޖެނަމަ، އެކަލޭގެފާނުގެ އަރިހުން އިޛުނަލިބިއްޖައުމަށް ދާންދެން އެބައިމީހުން ނުދެއެވެ.”

﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا لَقِيتُمُ الَّذِينَ كَفَرُوا زَحْفًا فَلَا تُوَلُّوهُمُ الْأَدْبَارَ [١٥] وَمَن يُوَلِّهِمْ يَوْمَئِذٍ دُبُرَهُ إِلَّا مُتَحَرِّفًا لِّقِتَالٍ أَوْ مُتَحَيِّزًا إِلَىٰ فِئَةٍ فَقَدْ بَاءَ بِغَضَبٍ مِّنَ اللَّـهِ﴾ [سورة الأنفال 15 – 16]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! (ހަނގުރާމައިގެ މައިދާނުގައި) ކުރިމަތިލައި އަންނަނިކޮށް، ކާފިރުވި މީހުންނާ ތިޔަބައިމީހުން ބައްދަލުވާ ހިނދު، އެބައިމީހުންނަށް ފުރަގަސްދީ ތިޔަބައިމީހުން ނުދާހުށިކަމެވެ! [15] ހަނގުރާމައަކަށް އުކުޅެއް ހަދާމީހެއްގެ ގޮތުގައި، ނުވަތަ (މުއުމިނު) އެހެން ބައެއްގެ ފަރާތަށް ޖެހިލާމީހެއްގެ ގޮތުގައި މެނުވީ، އެދުވަހުން ފުރަގަސްދީ ދުރަށްދާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ﷲ ގެ ކޯފާއާއިގެން އެނބުރި އަތުވެއްޖެކަން ކަށަވަރެވެ.”

﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا لَقِيتُمْ فِئَةً فَاثْبُتُوا وَاذْكُرُوا اللَّـهَ كَثِيرًا﴾ [سورة الأنفال 45]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (ކާފިރުންގެ ހަނގުރާމަވެރި) ބަޔަކާ ބައްދަލުވެއްޖެނަމަ ސާބިތުވެ ތިބޭހުށިކަމެވެ! އަދި ގިނަގިނައިން ﷲ ހަނދުމަކުރާށެވެ!”

﴿لَّيْسَ عَلَى الضُّعَفَاءِ وَلَا عَلَى الْمَرْضَىٰ وَلَا عَلَى الَّذِينَ لَا يَجِدُونَ مَا يُنفِقُونَ حَرَجٌ﴾ [سورة التوبة 91]

މާނައީ: “ނިކަމެތިންގެ މައްޗަކަށް އަދި ބަލިމީހުންގެ މައްޗަކަށްވެސް އަދި (ހަނގުރާމައަށްޓަކައި) ހޭދަކުރާނޭ އެއްޗެއް ނުލިބޭ މީހުންގެ މައްޗަކަށްވެސް ކުށްފާފައެއް ނެތެވެ.”

﴿لَّيْسَ عَلَى الْأَعْمَىٰ حَرَجٌ وَلَا عَلَى الْأَعْرَجِ حَرَجٌ وَلَا عَلَى الْمَرِيضِ حَرَجٌ﴾ [سورة النور 61]

މާނައީ: “ކަނުމީހާގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ކޮރުމީހާގެ މައްޗަކަށްވެސް ކުށެއް ނެތެވެ. އަދި ބަލިމީހާގެ މައްޗަކަށްވެސް ކުށެއް ނެތްމެއެވެ.”

﴿وَإِنْ أَحَدٌ مِّنَ الْمُشْرِكِينَ اسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَامَ اللَّـهِ ثُمَّ أَبْلِغْهُ مَأْمَنَهُ﴾ [سورة التوبة 6]

މާނައީ: “އަދި މުޝްރިކުންގެ ތެރެއިން އެއްވެސް މީހަކު، ކަލޭގެފާނުގެ އަރިހުން ރައްކާތެރިކަމަކަށް އެދިއްޖެނަމަ ފަހެ، އެމީހަކު ﷲ ގެ ކަލާމްފުޅު އަހައިފުމަށް ދާންދެން އެމީހަކަށް ރައްކާތެރިކަން ދެއްވާށެވެ! ދެން ފަހެ، އަމާންކަން ލިބިގެންވާ ތަނަކާ ހަމައަށް އެމީހަކު ގެންގޮސްދެއްވާށެވެ!”

﴿لَّا يَسْتَوِي الْقَاعِدُونَ مِنَ الْمُؤْمِنِينَ غَيْرُ أُولِي الضَّرَرِ وَالْمُجَاهِدُونَ فِي سَبِيلِ اللَّـهِ بِأَمْوَالِهِمْ وَأَنفُسِهِمْ ۚ فَضَّلَ اللَّـهُ الْمُجَاهِدِينَ بِأَمْوَالِهِمْ وَأَنفُسِهِمْ عَلَى الْقَاعِدِينَ دَرَجَةً ۚ وَكُلًّا وَعَدَ اللَّـهُ الْحُسْنَىٰ﴾ [سورة النساء 95]

މާނައީ: “މުއުމިނުންގެ ތެރެއިން (ޖިހާދު ނުކުރެވޭފަދަ) ޢުޛުރުތަކުގެ ވެރިން ފިޔަވައި، ހަނގުރާމައަށް ނުގޮސް ތިބޭ މީހުން ﷲ ގެ މަގުގައި އެބައިމީހުންގެ މުދާތަކާއި، ނަފްސުތަކުން ޖިހާދުކުރާ މީހުންނާ ހަމަހަމަ ވެގެނެއް ނުވެއެވެ. އެބައިމީހުންގެ މުދާތަކާއި، ނަފްސުތަކުން ޖިހާދުކުރާ މީހުން، ހަނގުރާމައަށް ނުގޮސްތިބޭ މީހުންނަށްވުރެން ދަރަޖައިގެގޮތުން ﷲ މާތްކުރައްވާފައިވެއެވެ. އެއިން ކޮންމެ ބަޔަކަށްމެ، ހެޔޮދަރުމަ ދެއްވުމަށް ﷲ ވަޢުދުވެ ވޮޑިގެންފައިވެއެވެ.”

﴿إِنَّ اللَّـهَ اشْتَرَىٰ مِنَ الْمُؤْمِنِينَ أَنفُسَهُمْ وَأَمْوَالَهُم بِأَنَّ لَهُمُ الْجَنَّةَ ۚ يُقَاتِلُونَ فِي سَبِيلِ اللَّـهِ فَيَقْتُلُونَ وَيُقْتَلُونَ ۖ وَعْدًا عَلَيْهِ حَقًّا فِي التَّوْرَاةِ وَالْإِنجِيلِ وَالْقُرْآنِ ۚ وَمَنْ أَوْفَىٰ بِعَهْدِهِ مِنَ اللَّـهِ ۚ فَاسْتَبْشِرُوا بِبَيْعِكُمُ الَّذِي بَايَعْتُم بِهِ ۚ وَذَٰلِكَ هُوَ الْفَوْزُ الْعَظِيمُ﴾ [سورة التوبة 111]

މާނައީ: ” އެބައިމީހުންނަށް ސުވަރުގެ ހުރިކަން އަންގަވައި، ހަމަކަށަވަރުން ﷲ، މުއުމިނުންގެ ކިބައިން އެބައިމީހުންގެ ނަފްސުތަކާއި މުދާތައް، ބައްލަވައިގަތެވެ. އެބައިމީހުން ﷲ ގެ މަގުގައި ހަނގުރާމަ ކުރެއެވެ. ފަހެ، އެބައިމީހުން (ކާފިރުން) ޤަތުލުކޮށް، އަދި އެބައިމީހުން ޤަތުލުވެދެއެވެ. (އެބައިމީހުންނަށް ސުވަރުގެ ހުރިކަމީ) ތައުރާތާއި، އިންޖީލާއި، ޤުރުއާނުގައި، އެއިލާހުގެ ޛާތުފުޅުގެ މައްޗަށް ޙައްޤުގޮތުގައި ކުރައްވާފައިވާ ވަޢުދެކެވެ. އަދި ޢަހުދު ފުއްދުމުގައި، ﷲ އަށްވުރެ ފުއްދުންތެރިކަން ބޮޑީ ކާކު ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ވިއްކި ވިއްކުމާމެދު އުފާކުރާހުށިކަމެވެ! ބޮޑުވެގެންވާ ނަޞީބު ލިބުމަކީ ހަމަ އެއީއެވެ.”

﴿يَسْأَلُونَكَ عَنِ الْأَنفَالِ ۖ قُلِ الْأَنفَالُ لِلَّـهِ وَالرَّسُولِ﴾ [سورة الأنفال 1]

މާނައީ: “ޣަނީމާ މުދަލާމެދު އެބައިމީހުން ކަލޭގެފާނާ ސުވާލު ކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ޣަނީމާ މުދާ ވަނީ ﷲ އަށާއި، ރަސޫލާއަށެވެ.”

﴿وَاعْلَمُوا أَنَّمَا غَنِمْتُم مِّن شَيْءٍ فَأَنَّ لِلَّـهِ خُمُسَهُ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ﴾ [سورة الأنفال 41]

މާނައީ: “ތިޔަބައިމީހުން ދަންނާށެވެ! ތިޔަބައިމީހުން ޣަނީމާ ކުޅަ މުދަލެއްގެ ފަސްބައިކުޅަ އެއްބައިވަނީ ﷲ އަށާއި ރަސޫލާއަށާއި، (އެކަލޭގެފާނުގެ) ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ދަތުރުވެރިންނަށެވެ.”

﴿فَكُلُوا مِمَّا غَنِمْتُمْ حَلَالًا طَيِّبًا ۚ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ غَفُورٌ رَّحِيمٌ﴾ [سورة الأنفال 69]

މާނައީ: “ފަހެ، ތިޔަބައިމީހުންނަށް ޣަނީމާގެ ގޮތުން ލިބިފައިވާ ތަކެތި ޙަލާލު ރަނގަޅު ތަކެތީގެ ގޮތުގައި ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ އިލާހެވެ.”

﴿مَا قَطَعْتُم مِّن لِّينَةٍ أَوْ تَرَكْتُمُوهَا قَائِمَةً عَلَىٰ أُصُولِهَا فَبِإِذْنِ اللَّـهِ وَلِيُخْزِيَ الْفَاسِقِينَ﴾ [سورة الحشر 5]

މާނައީ: “ތިޔަބައިމީހުން ކަނޑައިލި ކޮންމެ ކަދުރު ރުކެއް ނުވަތަ ނުކަނޑައި އޭގެ ބުޑާއެކު ކޮޅަށް ހުރުމަށް ދޫކޮށްލި ކޮންމެ ކަދުރުރުކެއް (އެ ކަނޑައިލީ ނުވަތަ ނުކަނޑައި ދޫކޮށްލީ) ފަހެ، ﷲ ގެ އިޛުނަފުޅަށެވެ. އަދި ފާސިޤުވި މީހުން ދެރަކޮށް، ނިކަމެތި ކޮށްލުމަށްޓަކައެވެ.”

﴿وَمَا أَفَاءَ اللَّـهُ عَلَىٰ رَسُولِهِ مِنْهُمْ فَمَا أَوْجَفْتُمْ عَلَيْهِ مِنْ خَيْلٍ وَلَا رِكَابٍ وَلَـٰكِنَّ اللَّـهَ يُسَلِّطُ رُسُلَهُ عَلَىٰ مَن يَشَاءُ ۚ وَاللَّـهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ [٦] مَّا أَفَاءَ اللَّـهُ عَلَىٰ رَسُولِهِ مِنْ أَهْلِ الْقُرَىٰ فَلِلَّـهِ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاءِ مِنكُمْ﴾ [سورة الحشر 6 – 7]

މާނައީ: “އަދި އެބައިމީހުންގެ ކިބައިން ﷲ، އެއިލާހުގެ ރަސޫލާއަށް فَىء ގެ ގޮތުގައި ދެއްވައިފި މުދަލަކާމެދު (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އެ މުދާ އަތުލުމަށްޓަކައި، އަހެއްވެސް، ޖަމަލެއްވެސް ދުއްވާފައެއް ނުވެއެވެ. އެހެނެއްކަމަކު ﷲ، އެއިލާހު އިރާދަކުރައްވާ ބައެއްގެ މައްޗަށް އެއިލާހުގެ ރަސޫލުން ބާރުވެރިކުރައްވައެވެ. އަދި ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ. [6] ރަށްރަށުގެ އަހުލުވެރިންގެ ކިބައިން، ﷲ، އެއިލާހުގެ ރަސޫލާއަށް فَىء މުދަލުގެ ގޮތުގައި ލިބިދެއްވައިފި އެއްޗަކާމެދު (ދަންނާށެވެ!) ފަހެ، އެ ތަކެއްޗަކީ، ﷲ އަށާއި، ރަސޫލާއަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ދަތުރުވެރިންނަށް ޚާއްޞަވެފައިވާ ތަކެއްޗެވެ. އެއީ އެ މުދާތައް ތިޔަބައިމީހުންކުރެ މުއްސަނދިންގެ މެދުގައި ދައުރުވޭވެ ހުރިޔަ ނުދިނުމަށްޓަކައެވެ.”

﴿وَمَا كَانَ لِنَبِيٍّ أَن يَغُلَّ ۚ وَمَن يَغْلُلْ يَأْتِ بِمَا غَلَّ يَوْمَ الْقِيَامَةِ ۚ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ﴾ [سورة آل عمران 161]

މާނައީ: “(ޣަނީމާ) މުދަލަށް ޚިޔާނާތްތެރިވުމަކީ ނަބީބޭކަލަކަށް އޮތްކަމެއް ނޫނެވެ. އަދި މުދަލަށް ޚިޔާނާތްތެރިވާ މީހާ އެމީހަކު ޚިޔާނާތްތެރިވި ތަކެއްޗާއިގެން ޤިޔާމަތް ދުވަހުން (އެއިލާހުގެ ޙަޟްރަތަށް) އަންނާނެއެވެ. ދެން، ކޮންމެ ނަފްސަކަށްމެ އެ ނަފްސެއް ހޯދިކަމެއް (ގެ ޖަޒާ) ފުރިހަމައަށް ލިބިދެއްވާނެއެވެ. އެބައިމީހުންނަށް ބޭއިންސާފު ނުކުރައްވާ ގޮތުގައެވެ.”

_______________________________________

بلوغ المرام من آيات الأحكام ގެ ތަރުޖަމާ

 

[1] ސުންނަތުން ޚާއްޞަކޮށްފައިވާ މީހުން ފިޔަވައެވެ. ބައްލަވާ:   فتح القدير للشوكاني (2/385).