[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ عليه الصلاة والسلام ގެ ޙައްޤުތައް 5

ފަސްވަނަ ޙައްޤު

 

އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން

 

ކީރިތި ޤުރްއާނުގައި ﷲ تعالى ވަޙީކުރައްވާފައިވެއެވެ. (( إِنَّ اللَّـهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا )) الأحزاب: ٥٦ މާނައަކީ: [ހަމަކަށަވަރުން، ﷲ އާއި އެއިލާހުގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވައެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްލެއްވުން އެދި ދުޢާކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމްލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާކުރާށެވެ!]

އެކަމަށް މީސްތަކުން ޝައުޤުވެރިކުރުވާ، ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. « مَنْ صَلَّى عَلَيَّ صَلَاةً وَاحِدَةً صَلَّى اللهُ عَلَيْهِ عَشْرَ صَلَوَاتٍ، وَحُطَّتْ عَنْهُ عَشْرُ خَطِيئَاتٍ، وَرُفِعَتْ لَهُ عَشْرُ دَرَجَاتٍ »([1]) މާނައަކީ: [ތިމަންކަލޭގެފާނުގެ މައްޗަށް އެއް ފަހަރު ޞަލަވާތް ކިޔަވައިފިމީހާގެ މައްޗަށް ﷲ ދިހަ ފަހަރު ޞަލަވާތް ލައްވާނެއެވެ. އަދި އެމީހެއްގެ ދިހަ ފާފަ ފުއްސަވާނެއެވެ. އަދި އެމީހެއްގެ ދިހަ ދަރަޖަ މަތިކުރެއްވޭނެއެވެ].

އެކަލޭގެފާނަށް ޞަލަވާތް ކިޔެވުން އެންމެ މަތިވެރި ވެގެންވަނީ ހުކުރު ދުވަހުގައެވެ. ހުކުރު ވިލޭރެއާއި ހުކުރު ދުވަހު އެކަލޭގެފާނުގެ މައްޗަށް ގިނަގިނައިން ޞަލާވާތް ކިޔެވުމަށް ނަބިއްޔާ صلى الله عليه وسلم ވަނީ އިރުޝާދު ދެއްވާފައެވެ.

އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމުގައި، ނަމާދުގެ ފަހު އައްތަޙިއްޔާތުގައި ކިޔަވާ އިބްރާހީމީ ޞަލާވާތް ކިޔެވިދާނެއެވެ. ނުވަތަ އެހެން ޢިބާރާތްތަކުންވެސް ޞަލަވާތް ކިޔެވިދާނެއެވެ. ނަމަވެސް ވިސްނަންވީ ސުންނަތުން ޘާބިތުވާ ޛިކުރުތައް ކިޔުމާއި، ބިދުޢަވެރިން އުފައްދާފައިވާ، އޭގައި އެއްވެސް އަޞްލެއް ނުވާ ޢިބާރާތްތަކާއި ޞަލަވާތްތައް ކިޔުމުން ދުރުހެލިވުމަށެވެ.

*************

މިހާ ހިސާބުން މި ފޮތުގައި ބަޔާންކުރަން ޤަޞްދުކުރި ހިސާބަށް ލިޔެ ނިމުނީއެވެ. މިކަމުގެ ތައުފީޤު ދެއްވިކަމަށްޓަކައި ﷲ އަށް ޙަމްދުކުރަމެވެ. ދުޢާއަކީ މި ފޮތް ވިދާޅުވާ ކޮންމެ ބޭފުޅަކަށްވެސް ޙައްޤުގެ މަގުގައި ޘާބިތުވެ، ނަބިއްޔާ صلى الله عليه وسلمގެ ޙައްޤުތައް ފުރިހަމައަށް އަދާކުރުމުގެ ހެޔޮ ތައުފީޤު ﷲ تعالى ދެއްވުމެވެ.

والحمد لله رب العالمين.

01 ރަމަޟާން 1441

24 އޭޕްރީލް 2020

 

——————————-

އެހެނިހެން ބައިތައް

 

([1]) سنن نسائي 1297.