[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް: ޢާޝޫރާ ދުވަހާއި މުޙައްރަމު މަހުގެ 33 ފައިދާ

މި ފޮތަކީ ފަޟީލަތުއް ޝައިޚް މުޙައްމަދު ބިން ޞާލިޙް އަލް މުނައްޖިދު ޙަފިޡަހުﷲ މުޙައްރަމް މަހާއި އެމަހުގެ ފައިދާތަކާ ބެހޭގޮތުން ލިޔުއްވާފައިވާ ފޮތެއްގެ ދިވެހި ތަރުޖަމާއެވެ. މުޙައްރަމް މަހަކީ މާތްވެ މަތިވެރިވެގެންވާ ބަރަކާތްތެރި މައްސަރެކެވެ. އެއީ ﷲ ތައާލާ ޙުރުމަތްތެރިކުރެއްވި މައްސަރުތަކުގެ ތެރެއިން މައްސަރެކެވެ. ހިޖުރީ ސަނަތުގެ ފުރަތަމަ މައްސަރުވެސް މެއެވެ.

އެ މައްސަރުގައި ސުންނަތް ރޯދަ ހިފުން އައުލާވެގެންވެއެވެ. އަދި އެމަހުގެ 10 ވަނަ ދުވަހަކީ އެއީ މޫސާ ޢަލައިހިއްސަލާމް، ފިރްޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްކުރެއްވި ދުވަހެވެ.

މި ފޮތް ތަރުޖަމާ ކުރުމުގެ ބޭނުމަކީ، ﷲ ތަޢާލާ އަހަރެމެންނަށް ދެއްވާފައިވާ މިފަދަ އަގުހުރި ފުރުޞަތުތައް ޣަނީމާކުރުމަށް ބާރުއެޅުމާއި، މިފަދަ ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ލޮބުވެތި އަޚުންނާއި އުޚްތުންނަށް މަގުފަހިކޮށްދިނުމެވެ.

އަޅާގެ މި ޢަމަލުގައި އިޚްލާޞްތެރިކަން ލައްވައި މި ޢަމަލު ޤަބޫލުކުރައްވާ، ފާފަ ފުއްސަވައި ރަޙްމަތް ލައްވާށި!

 

ފޮތުގެ ނަން ޢާޝޫރާ ދުވަހާއި މުޙައްރަމު މަހުގެ 33 ފައިދާ
ތަރުޖަމާކުރީ މުޙައްމަދު ޝާފިޢު
ޞަފްޙާގެ ޢަދަދު  23 ޞަފްޙާ
ފައިލް ސައިޒް 907 KB

 

ފޮތްޑައުންލޯޑު ކުރައްވާ