[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުފަންވާ ކުއްޖާގެ ޙުކުމްތަކާ ގުޅޭ 43 ފައިދާ – 8

(18) ދުވަސް ގުނާނީ ކުއްޖާ އުފަންވާދުވަސް ހިމަނައިގެންނެވެ. އެއީ އުފަންވީ ރޭގަނޑަކުކަމުގައި ނުވާނަމައެވެ. އުފަންވީ ރޭގަނޑަކުކަމުގައި ވާނަމަ ދުވަސް ގުނާނީ އޭގެ އަނެއް ދުވަހުން ފެށިގެންނެވެ.

ޤަވާޢިދު: އަޤީޤާ ކަތިލުންވަނީ 7 ވަނަ ދުވަހެވެ. ދުވަސް ގުނުމުގައި ބަލާނީ ވިހާ ދުވަހުގެ ކުރީ ދުވަހަށެވެ. މިސާލަކަށް: ކުއްޖާ އުފަންވީ ހޮނިހިރު ދުވަހެއްގައި ކަމުގައިވާނަމަ ކުއްޖާގެ އަޤީޤާ ކަތިލަން ޖެހޭނީ (ކުރިޔަށް އަންނަ) ހުކުރުދުވަހުއެވެ. ނަމަވެސް އެކުއްޖާ އުފަންވީ ހުކުރުދުވަހުގެ ރޭގަނޑު (ހޮނިހިރުވިލޭރޭ) ކަމުގައިވާނަމަ ހުކުރުދުވަސް ނުހިމަނާނެއެވެ. އެހާލަތުގައި ޢަޤީޤާ ކަތިލާނީ (ޖެހިގެން އަންނަ) ހުކުރު ދުވަހުއެވެ.

 

(19) 7 ވަނަ ދުވަހަށްވުރެ ޢަޤީޤާކަތިލުން ލަސްނުކުރާށެވެ. (ޙާލަތެއް ދިމާވެގެން ކަތިނުލެވޭނަމަ) އެނޫން ކޮންމެވެސް ދުވަހެއްގައި ކަތިލުމުންވެސް ކަތިލުމުގެ މަޤްޞަދު ޙާޞިލުވާނެއެވެ. ކުއްޖާ ބާލިޣުވުމުގެ ކުރިން ޢަޤީގާ ކަތިލުން ސުންނަތްވެގެންވެއެވެ.

 

(20) ކުއްޖާ އުފަންވުމުގެ ކުރިން ޢަޤީޤާ ކަތިލުން ހުއްދަވެގެން ނުވެއެވެ. އެހެނީ އޭރުން އަޤީޤާ ކަތިލަން ޖެހޭ ސަބަބެއް (ވުޖޫދަކަށް) ނާދެއެވެ.   އެގޮތަށް ކަންތައްކޮށްފިނަމަ އެއަކަށް ޢަޤީޤާއެކޭ ނުކިޔާނެއެވެ. ނަމަވެސް އެއީ ކަތިލާފައިވާ ބަކަރީގެ މަސްތަކެކެވެ. އަޤީޤާއަކަށް ފުދިގެން ނުވެއެވެ.

 

(21) ކުއްޖާއަށް ޢަޤީޤާކަތިލުމުގެ ކުރިން އެކުއްޖާ މަރުވެއްޖެނަމަ ނުވަތަ ފުރާނަ އެޅުމަށްފަހު މަންމަގެ ބަނޑުން އުފަންވިއިރު މަރުވެފައިވާނަމަ ބައެއް ޢިލްމުވެރިން ވިދާޅުވަނީ (އެޙާލަތުގައިވެސް) ކުއްޖާއަށް ޢަޤީޤާ ޝަރުޢުވެގެންވާކަމުގައެވެ.


މިލިޔުމުގެ އެހެންބައިތައް