[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 75

މިޤަރުނުގައި ސުންނަތް ރައްކާތެރިކުރުމުގައި ފާހަގަކޮށްލެވޭ ކަންތައްތަކަކީ:

  1. ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްތަކާއި އެހެނިހެން ބޭކަލުންގެ ބަސްފުޅުތައް ވަކިން ރައްކާތެރިކުރުން. ދެވަނަ ޤަރުނުގައި ޞަޙާބީ ބޭކަލުންގެ ބަސްފުޅުތަކާ އަދި ތާބިޢީބޭކަލުންގެ ބަސްފުޅުތަކާވެސް އެކުގައި އެއްފޮތްތަކެއްގައި ޖަމާކޮށް އުޅުނެވެ.
  2. ޙަދީޘްގެ ދަރަޖަތައް ބަޔާންކުރުން. އެގޮތުން ޞައްޙަ ޙަދީޘްތަކާއި ޟަޢީފު ޙަދީޘްތަކުގެ ދަރަޖަތައް ބަޔާންކުރެވިގެން ދިޔައެވެ.
  3. ޙަދީޘްރައްކާތެރިކުރުމުގައި އެކި ވައްތަރުތައް ފޮތްތައް އިތުރުވެގެން ދިޔުން. އެގޮތުން ފާޅުވެގެން ދިޔަ ވައްތަރުތަކުގެ ތެރޭގައި:

ހ. މުސްނަދު ފޮތްތައް: މުސްނަދު ފޮތަކީ ކޮންމެ ޞަޙާބީއެއް ރިވާކުރައްވާ ޙަދީޘްތައް ވަކިން ޖަމާކޮށްފައި ހުންނަ ފޮތްތެކެވެ. އޭގެ ތެރޭގައި މުސްނަދު އަޙްމަދާއި އެނޫން ފޮތްތައްވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ށ. ޞައްޙަ ފޮތްތަކާއި ސުނަންގެ ފޮތްތައް: އެފޮތްތަކަކީ ﷲގެ ރަސޫލާ ގެ ޙަދީޘްތައް އެކި ކިތާބުތަކާއި ބާބުތަކަށް ބަހާލާފައި ލިޔެފައިވާ ފޮތްތަކެވެ. އަދި ޞައްޙަ ޙަދީޘާއި އެނޫން ޙަދީޘްތައް ވަކިކުރުމަށް މަސައްކަތްކުރައްވާފައިވާ ފޮތްތަކެވެ. އެގޮތުން ކުތުބުއްސިއްތާއާއި އެނޫން ފޮތްތައް އޭގެ ތެރޭގައި ހިމެނެއެވެ.

ނ. މުޚްތަލަފުލް ޙަދީޘްގެ ފޮތްތަކާއި މުޝްކިލުލް ޙަދީޘްގެ ފޮތްތައް: އޭގެ ތެރޭގައި އިމާމުއް ޝާފިޢީގެ “اختلاف الحديث” އާއި ޢަލީ ބުން އަލްމަދީނީގެ “اختلاف الحديث” އާއި އިބްނު ޤުތައިބާގެ “تأويل مختلف الحديث” އަދި އެނޫން ފޮތްތައްވެސް އޭގެ ތެރޭގައި ހިމެނެއެވެ.

އަދިވެސް އެތައް ފޮތެއް އެ ޤަރުނުގައި ލިޔެވިގެން ދިޔައެވެ. މިތަނުގައި އޭގެން ޛިކުރުކުރެވިފައި މިވަނީ ވަރަށް ކުޑަ މިންވަރެކެވެ. [1]

_________________

= ނުނިމޭ =

 

އެހެނިހެން ބައިތައް

 

[1] އިތުރު ތަފްޞީލު ބައްލަވާ: المبحث الرابع من الدور الخامس من كتاب “الحديث والمحدِّثون” لأبي زهو ص: 363 – 365.