[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް: ޔޯގާގެ ޙަޤީޤަތް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ޔޯގާއަކީ ރޫޙާއި ހަށިގަނޑާ ގުޅިފައިވާ ކަސްރަތެކެވެ. ހިންދޫންނާއި ބޫޛީން (ބުއްދާއަށް ތަބާވާ މީހުން)ގެ ގާތުގައި އެކަމުގެ ބޭނުމަކީ ނަފްސު ފަނާކުރުމެވެ. އަދި އިލާހާ ގުޅުމެވެ.

އިސްލާމް ދީނަކީ ފުރިހަމަ ދީނެކެވެ. އެދީނުގައި މީސްތަކުންނަށް ބޭނުންވާނޭ ކަންތައްތައް ވަނީ އަންގަވާ ބަޔާންކުރައްވާ ފުރިހަމަކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا﴾ [سورة المائدة ٣]

މާނައީ: “މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމުދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.”

މުސްލިމުންގެ ތެރެއިން ޙައްޤު މަގުން އެއްކިބާވެގެންދާ މީހުން ޙައްޤު މަގުން ކައްސާލުމުގެ މައިގަނޑު އެއް ސަބަބަކީ އެހެނިހެން މިއްލަތްތަކުގެ މީހުންގެ ދީނީ ކަންކަމުން އަސަރުކުރުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَقَالَتِ الْيَهُودُ عُزَيْرٌ ابْنُ اللَّـهِ وَقَالَتِ النَّصَارَى الْمَسِيحُ ابْنُ اللَّـهِ ۖ ذَٰلِكَ قَوْلُهُم بِأَفْوَاهِهِمْ ۖ يُضَاهِئُونَ قَوْلَ الَّذِينَ كَفَرُوا مِن قَبْلُ ۚ قَاتَلَهُمُ اللَّـهُ ۚ أَنَّىٰ يُؤْفَكُونَ﴾ [سورة التوبة ٣٠]

މާނައީ: “ޔަހޫދީން ބުންޏެވެ. ޢުޒައިރުގެފާނަކީ ﷲ ގެ ދަރިކަލުންނެވެ. އަދި ނަޞާރާއިން ބުންޏެވެ. އަލްމަސީޙަކީ (ޢީސާގެފާނަކީ) ﷲ ގެ ދަރިކަލުންނެވެ. އެއީ (ހަމައެކަނި) އެބައިމީހުންގެ އަނގައިން ބުނެލާ ބަހެކެވެ. އެބައިމީހުން އެ ތަޤްލީދުކުރަނީ، އެބައިމީހުންގެ ކުރިން ކާފިރުވި މީހުން ބުނެއުޅުނުފަދަ ބަހަކަށެވެ. ﷲ އެބައިމީހުންނަށް ލަޢުނަތް ލައްވާހުށްޓެވެ. އެބައިމީހުން ޙައްޤުން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟”

އިސްލާމީ ދުނިޔޭގައި ކަސްރަތެއްގެ ގޮތުގައި ޔޯގާވަނީ ފެތުރެން ފަށާފައެވެ. އަދި ފަރުވާއެއްގެ ގޮތުގައިވެސް ބައެއް މީހުން އެކަން ކުރެއެވެ. އެހެނަސް ޔޯގާގައި ކުރާ ޙަރަކާތްތަކަކީ ހަމައެކަނި ކަސްރަތުތަކެއް ނޫނެވެ. އެއީ ހިންދޫންގެ އެކި އިލާހުންތަކަށް ކުއްތަންވުމުގެ ގޮތުން އެމީހުން ކޮށްއުޅޭ ޙަރަކާތްތަކެކެވެ. މިކަމަށް މިފޮތުގައި އަލިއަޅުވާލެވިފައިވެއެވެ.

 

 

ފޮތުގެ ނަން ޔޯގާގެ ޙަޤީޤަތް
ޞަފްޙާގެ ޢަދަދު 25 ޞަފްޙާ
ފައިލް ސައިޒް 8 mb

 

ފޮތް ޑައުންލޯޑު ކުރައްވާ