6 – ﷲ ތަޢާލާއަށާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް އީމާންވުމަށް އަމުރުކުރައްވާފައިވާ ބާބު އަދި ދީނުގެ ޝިޢާރުތަކާއި އެކަމަށް ގޮވާލުމާއި އެކަމަށް އެދި ދެންނެވުމާއި އެއަށް ރައްކާތެރިވުމާއި އެކަން ފޯރާފައި ނުވާ މީހުންނަށް ފޯރުކޮށްދިނުން ނަންގަނެފައިވާ ބާބު
23 – (17) حَدَّثَنَا خَلَفُ بْنُ هِشَامٍ، حَدَّثَنَا حَمَّادُ بْنُ زَيْدٍ، عَنْ أَبِي جَمْرَةَ قَالَ: سَمِعْتُ ابْنَ عَبَّاسٍ، ح وحَدَّثَنَا يَحْيَى بْنُ يَحْيَى – وَاللَّفْظُ لَهُ – أَخْبَرَنَا عَبَّادُ بْنُ عَبَّادٍ، عَنْ أَبِي جَمْرَةَ، عَنِ ابْنِ عَبَّاسٍ، قَالَ: قَدِمَ وَفْدُ عَبْدِ الْقَيْسِ عَلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالُوا: يَا رَسُولَ اللهِ، إِنَّا هَذَا الْحَيَّ مِنْ رَبِيعَةَ، وَقَدْ حَالَتْ بَيْنَنَا، وَبَيْنَكَ كُفَّارُ مُضَرَ، فَلَا نَخْلُصُ إِلَيْكَ إِلَّا فِي شَهْرِ الْحَرَامِ، فَمُرْنَا بِأَمْرٍ نَعْمَلُ بِهِ، وَنَدْعُو إِلَيْهِ مَنْ وَرَاءَنَا، قَالَ: «آمُرُكُمْ بِأَرْبَعٍ، وَأَنْهَاكُمْ عَنْ أَرْبَعٍ: الْإِيمَانِ بِاللهِ ، ثُمَّ فَسَّرَهَا لَهُمْ، فَقَالَ: شَهَادَةِ أَنْ لَا إِلَهَ إِلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَأَنَّ تُؤَدُّوا خُمُسَ مَا غَنِمْتُمْ، وَأَنْهَاكُمْ عَنِ الدُّبَّاءِ، وَالْحَنْتَمِ، وَالنَّقِيرِ، وَالْمُقَيَّرِ» زَادَ خَلَفٌ فِي رِوَايَتِهِ: «شَهَادَةِ أَنْ لَا إِلَهَ إِلَّا اللهُ»، وَعَقَدَ وَاحِدَةً.
އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެންއައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ޢަބްދުލްޤައިސްގެ ވަފުދު އައެވެ. ފަހެ، އެބައިމީހުން ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ހަމަކަށަވަރުން ތިމަންމެންނީ ރަބީޢާ ޤަބީލާގެ ބަޔަކީމެވެ.[1] ތިމަންމެންނާއި ތިޔަބައިމީހުންނާ ދެމެދުވާ ހުރަހަކީ މުޟަރު ޤަބީލާގެ ކާފިރުންނެވެ. ފަހެ، ޙުރުމަތްތެރިވެގެންވާ މަހުގައި މެނުވީ ކަލޭގެފާނުގެ އަރިހަށް ތިމަންމެންނަށް ނާދެވެއެވެ. ފަހެ، ތިމަންމެން ކުރަންވީ ކަންތައްތައް އަދި ތިމަންމެންގެ ޤައުމުގައިވާ މީހުންނަށް ދަޢުވަތު ދޭންވީ ކަންތައްތައް އަމުރުކުރައްވާށެވެ.”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ހަތަރު ކަމަކަށް އަމުރުކުރައްވަމެވެ. އަދި ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ހަތަރު ކަމެއް ނަހީކުރައްވަމެވެ. (އަމުރުކުރައްވާ ކަންތައްތަކަކީ) ﷲ އަށް އީމާންވުމެވެ.” ދެން އެކަން އެބައިމީހުންނަށް ތަފްސީރުކޮށްދެއްވިއެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށް ހެކިވުމާއި، މުޙައްމަދުގެފާނީ އެއިލާހުގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި، (މުދަލު) ޒަކާތްދިނުމާ އަދި ތިޔަބައިމީހުން ޣަނީމާކުރި އެއްޗަކުން ފަސްބައިކުޅަ އެއްބައި ދިނުމެވެ. އަދި ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރައްވަނީ ބަރަބޮލާއި الْحَنْتَم [2] އާއި النَّقِيرِ [3] އަދި الْمُقَيَّر [4] އެވެ. [5]”
ޚަލަފުގެ ރިވާޔަތުގައި އިތުރުކޮށްފައިވެއެވެ. “ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށް ހެކިވުމެވެ.” އަދި އެކަލޭގެފާނުގެ އެއް އިނގިލިފުޅު ލެއްޕެވިއެވެ.
24 – (…) حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، وَمُحَمَّدُ بْنُ الْمُثَنَّى، وَمُحَمَّدُ بْنُ بَشَّارٍ، وَأَلْفَاظُهُمْ مُتَقَارِبَةٌ، قَالَ أَبُو بَكْرِ: حَدَّثَنَا غُنْدَرٌ، عَنْ شُعْبَةَ، وَقَالَ الْآخَرَانِ: حَدَّثَنَا مُحَمَّدُ بْنُ جَعْفَرٍ، حَدَّثَنَا شُعْبَةُ، عَنْ أَبِي جَمْرَةَ، قَالَ: كُنْتُ أُتَرْجِمُ بَيْنَ يَدَيِ ابْنِ عَبَّاسٍ، وَبَيْنَ النَّاسِ، فَأَتَتْهُ امْرَأَةٌ، تَسْأَلُهُ عَنْ نَبِيذِ الْجَرِّ، فَقَالَ: إِنَّ وَفْدَ عَبْدِ الْقَيْسِ أَتَوْا رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنِ الْوَفْدُ؟ أَوْ مَنِ الْقَوْمُ؟»، قَالُوا: رَبِيعَةُ، قَالَ: «مَرْحَبًا بِالْقَوْمِ، أَوْ بِالْوَفْدِ، غَيْرَ خَزَايَا، وَلَا النَّدَامَى»، قَالَ: فَقَالُوا: يَا رَسُولَ اللهِ، إِنَّا نَأْتِيكَ مِنْ شُقَّةٍ بَعِيدَةٍ، وَإِنَّ بَيْنَنَا وَبَيْنَكَ هَذَا الْحَيَّ مِنْ كُفَّارِ مُضَرَ، وَإِنَّا لَا نَسْتَطِيعُ أَنْ نَأْتِيكَ إِلَّا فِي شَهْرِ الْحَرَامِ، فَمُرْنَا بِأَمْرٍ فَصْلٍ نُخْبِرْ بِهِ مَنْ وَرَاءَنَا نَدْخُلُ بِهِ الْجَنَّةَ، قَالَ: فَأَمَرَهُمْ بِأَرْبَعٍ، وَنَهَاهُمْ عَنْ أَرْبَعٍ، قَالَ: «أَمَرَهُمْ بِالْإِيمَانِ بِاللهِ وَحْدَهُ»، وَقَالَ: «هَلْ تَدْرُونَ مَا الْإِيمَانُ بِاللهِ؟» قَالُوا: اللهُ وَرَسُولُهُ أَعْلَمُ، قَالَ: «شَهَادَةُ أَنْ لَا إِلَهَ إِلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَإِقَامُ الصَّلَاةِ، وَإِيتَاءُ الزَّكَاةِ، وَصَوْمُ رَمَضَانَ، وَأَنَّ تُؤَدُّوا خُمُسًا مِنَ الْمَغْنَمِ»، وَنَهَاهُمْ عَنِ الدُّبَّاءِ، وَالْحَنْتَمِ، وَالْمُزَفَّتِ – قَالَ شُعْبَةُ: وَرُبَّمَا قَالَ – النَّقِيرِ، قَالَ شُعْبَةُ: وَرُبَّمَا قَالَ: الْمُقَيَّرِ، وَقَالَ: «احْفَظُوهُ، وَأَخْبِرُوا بِهِ مِنْ وَرَائِكُمْ» وَقَالَ أَبُو بَكْرٍ فِي رِوَايَتِهِ: «مَنْ وَرَاءَكُمْ»، وَلَيْسَ فِي رِوَايَتِهِ الْمُقَيَّرُ.
އަބޫ ޖަމްރާގެ އަރިހުން ރިވާވެގެންއައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އިބްނު ޢައްބާސް ވިދާޅުވާ ވާހަކަތައް މީސްތަކުންނަށް ތަރުޖަމާކޮށްދޭން ތިމަން ހުރީމެވެ. ފަހެ، އަންހެނަކު އެކަލޭގެފާނުގެ އަރިހަށް އައިސް މަށީގެ ކަންވާރުގައި ހަދާ ނަބީޛާ ބެހޭ ގޮތުން ސުވާލުކުރިއެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. “ހަމަކަށަވަރުން ޢަބްދުލް ޤައިސްގެ ވަފުދު ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އައެވެ.
ފަހެ، ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “(މިއީ) ކޮން ވަފުދެއް ހެއްޔެވެ؟ ނުވަތަ (މިއީ) ކޮން ޤައުމެއްގެ ބައެއް ހެއްޔެވެ؟”
އެބައިމީހުން ދެންނެވީމެވެ. “ރަބީޢާ ޤަބީލާގެ މީހުންނެވެ.”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ޤައުމުގެ މީހުންނަށް މަރުޙަބާއެވެ. ނުވަތަ ވަފުދުގެ މީހުންނަށް މަރުޙަބާއެވެ. (ރުހުމާއެކު އިސްލާމްވި ބަޔަކަށް) ހިތާމައެއް މޮޅިވެރިކަމެއް ނެތިއެވެ.”
(އިބްނު ޢައްބާސް) ވިދާޅުވިއެވެ. “ފަހެ، އެބައިމީހުން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ހަމަކަށަވަރުން ތިމަންމެން، ކަލޭގެފާނުގެ އަރިހަށް މިއައީ ވަރަށް ދުރު ދަތުރެއްކޮށްފައެވެ. އަދި ތިމަންމެންނާ ކަލޭގެފާނާ ދެމެދުވަނީ މުޟަރު ޤަބީލާގެ ކާފިރުން އަވަށެވެ. ޙުރުމަތްތެރިވެގެންވާ މަހުގައި މެނުވީ ތިމަންމެންނަށް ކަލޭގެފާނުގެ އަރިހަށް ނާދެވެއެވެ. ފަހެ، އޭގެ ސަބަބުން ސުވަރުގެ ވަދެވޭ، ސާފުކޮށް ބަޔާންވެގެންވާ ކަމަކަށް ތިމަންމެންނަށް އަމުރުކުރައްވާށެވެ. (އެއީ) ތިމަންމެންގެ ތެރެއިން ނާދެވުނު މީހުންނަށް އެކަމުގެ ޚަބަރު ދިނުމަށެވެ.”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ފަހެ، ހަތަރު ކަމަކަށް ތިމަންކަލޭގެފާނު އެބައިމީހުންނަށް އަމުރުކުރައްވަމެވެ. އަދި ހަތަރުކަމެއް އެބައިމީހުންނަށް ނަހީކުރައްވަމެވެ.”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނު އެބައިމީހުންނަށް އަމުރުކުރައްވަނީ ހަމައެކަނި ﷲ އަށް އީމާންވުމަށެވެ.”
އަދި ޙަދީޘްކުރެއްވިއެވެ. “ﷲ އަށް އީމާންވުމަކީ ކޮބާކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟”
އެބައިމީހުން ދެންނެވިއެވެ. “މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ އާއި އެއިލާހުގެ ރަސޫލާއެވެ.”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށް ހެކިވުމާއި، މުޙައްމަދުގެފާނީ އެއިލާހުގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި، (މުދަލު) ޒަކާތްދިނުމާއި ރަމަޟާންމަހު ރޯދަހިފުމާ އަދި ތިޔަބައިމީހުން ޣަނީމާކުރި އެއްޗަކުން ފަސްބައިކުޅަ އެއްބައި ދިނުމެވެ. އަދި އެބައިމީހުންނަށް ނަހީކުރައްވަނީ ބަރަބޮލާއި الْحَنْتَم އާއި الْمُزَفَّت [6] އެވެ.”
ޝުޢުބާ ވިދާޅުވިއެވެ. “ފަހަރެއްގައި އެކަލޭގެފާނު ޙަދީޘްކުރެއްވީ النَّقِير އެވެ. ނުވަތަ ފަހަރެއްގައި އެކަލޭގެފާނު ޙަދީޘްކުރެއްވީ الْمُقَيَّر އެވެ.”
އަދި ހަދީޘްކުރެއްވިއެވެ. “އެކަންތައްތަކަށް ރައްކާތެރިވާށެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން ނާދެވުނު މީހުންނަށް އެކަމުގެ ޚަބަރު ދޭށެވެ.”
އަދި އަބޫބަކުރުގެ ރިވާޔަތުގައިވަނީ “ތިޔަބައިމީހުންގެ ފަހަތުގައިވީ މީހުން” މިފަދައިންނެވެ. އަދި އެކަލޭގެފާނުގެ ރިވާޔަތުގައި الْمُقَيَّر އެއް ނުވެއެވެ.
25 – (…) وحَدَّثَنِي عُبَيْدُ اللهِ بْنُ مُعَاذٍ، حَدَّثَنَا أَبِي، ح وحَدَّثَنَا نَصْرُ بْنُ عَلِيٍّ الْجَهْضَمِيُّ، قَالَ: أَخْبَرَنِي أَبِي قَالَا جَمِيعًا: حَدَّثَنَا قُرَّةُ بْنُ خَالِدٍ، عَنْ أَبِي جَمْرَةَ، عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِهَذَا الْحَدِيثِ نَحْوَ حَدِيثِ شُعْبَةَ، وَقَالَ: «أَنْهَاكُمْ عَمَّا يُنْبَذُ فِي الدُّبَّاءِ، وَالنَّقِيرِ، وَالْحَنْتَمِ، وَالْمُزَفَّتِ» وَزَادَ ابْنُ مُعَاذٍ، فِي حَدِيثِهِ عَنْ أَبِيهِ. قَالَ: وَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لِلْأَشَجِّ أَشَجِّ عَبْدِ الْقَيْسِ: «إِنَّ فِيكَ خَصْلَتَيْنِ يُحِبُّهُمَا اللهُ: الْحِلْمُ، وَالْأَنَاةُ».
ޝުޢުބާގެ ޙަދީޘްގައިވާ ފަދައިން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އިބްނު ޢައްބާސް މިޙަދީޘް ރިވާކުރައްވާފައިވެއެވެ. އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނު އެބައިމީހުންނަށް ނަހީކުރައްވަނީ އެއެއްޗެހީގައި ނަބީޛްހަދާ ކަންވާރުތައްކަމުގައިވާ النَّقِيرِ އާއި الْحَنْتَم އާއި الْمُزَفَّت އިން ނަބީޛު ހެދުމެވެ.”
އަދި އިބްނު މުޢާޛު އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވި ޙަދީޘްގައި އިތުރު ކުރައްވާފައިވެއެވެ. އަދި ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم އަޝައްޖަށް ޙަދީޘްކުރެއްވިއެވެ. (އެއީ) އަޝައްޖު ޢަބްދުލް ޤައިސެވެ. “ހަމަކަށަވަރުން ﷲ ލޯބިވެވޮޑިގަންނަވާ ދެ ޞިފައެއް ތިބާގެ ކިބައިގައިވެއެވެ. (އެއީ) ޙިލްމާއި ފަރުވާތެރިކަމާއެކު ކަންކަންކުރުމެވެ.”
26 – (18) حَدَّثَنَا يَحْيَى بْنُ أَيُّوبَ، حَدَّثَنَا ابْنُ عُلَيَّةَ، حَدَّثَنَا سَعِيدُ بْنُ أَبِي عَرُوبَةَ، عَنْ قَتَادَةَ، قَالَ: حَدَّثَنَا مَنْ لَقِيَ الْوَفْدَ الَّذِينَ قَدِمُوا عَلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنْ عَبْدِ الْقَيْسِ، قَالَ سَعِيدٌ: وَذَكَرَ قَتَادَةُ أَبَا نَضْرَةَ، عَنْ أَبِي سَعِيدٍ الْخُدْرِيِّ، فِي حَدِيثِهِ هَذَا: أَنَّ أُنَاسًا مِنْ عَبْدِ الْقَيْسِ قَدِمُوا عَلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالُوا: يَا نَبِيَّ اللهِ، إِنَّا حَيٌّ مِنْ رَبِيعَةَ، وَبَيْنَنَا وَبَيْنَكَ كُفَّارُ مُضَرَ، وَلَا نَقْدِرُ عَلَيْكَ إِلَّا فِي أَشْهُرِ الْحُرُمِ، فَمُرْنَا بِأَمْرٍ نَأْمُرُ بِهِ مَنْ وَرَاءَنَا، وَنَدْخُلُ بِهِ الْجَنَّةَ إِذَا نَحْنُ أَخَذْنَا بِهِ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” آمُرُكُمْ بِأَرْبَعٍ، وَأَنْهَاكُمْ عَنْ أَرْبَعٍ: اعْبُدُوا اللهَ وَلَا تُشْرِكُوا بِهِ شَيْئًا، وَأَقِيمُوا الصَّلَاةَ، وَآتُوا الزَّكَاةَ، وَصُومُوا رَمَضَانَ، وَأَعْطُوا الْخُمُسَ مِنَ الْغَنَائِمِ، وَأَنْهَاكُمْ عَنْ أَرْبَعٍ: عَنِ الدُّبَّاءِ، وَالْحَنْتَمِ، وَالْمُزَفَّتِ، وَالنَّقِيرِ ” قَالُوا: يَا نَبِيَّ اللهِ، مَا عِلْمُكَ بِالنَّقِيرِ؟ قَالَ: ” بَلَى، جِذْعٌ تَنْقُرُونَهُ، فَتَقْذِفُونَ فِيهِ مِنَ الْقُطَيْعَاءِ – قَالَ سَعِيدٌ: أَوْ قَالَ: مِنَ التَّمْرِ – ثُمَّ تَصُبُّونَ فِيهِ مِنَ الْمَاءِ حَتَّى إِذَا سَكَنَ غَلَيَانُهُ شَرِبْتُمُوهُ، حَتَّى إِنَّ أَحَدَكُمْ، أَوْ إِنَّ أَحَدَهُمْ لَيَضْرِبُ ابْنَ عَمِّهِ بِالسَّيْفِ ” قَالَ: وَفِي الْقَوْمِ رَجُلٌ أَصَابَتْهُ جِرَاحَةٌ كَذَلِكَ قَالَ، وَكُنْتُ أَخْبَؤُهَا حَيَاءً مِنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقُلْتُ: فَفِيمَ نَشْرَبُ يَا رَسُولَ اللهِ؟ قَالَ: «فِي أَسْقِيَةِ الْأَدَمِ الَّتِي يُلَاثُ عَلَى أَفْوَاهِهَا»، قَالُوا: يَا رَسُولَ اللهِ، إِنَّ أَرْضَنَا كَثِيرَةُ الْجِرْذَانِ، وَلَا تَبْقَى بِهَا أَسْقِيَةُ الْأَدَمِ، فَقَالَ نَبِيُّ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «وَإِنْ أَكَلَتْهَا الْجِرْذَانُ، وَإِنْ أَكَلَتْهَا الْجِرْذَانُ، وَإِنْ أَكَلَتْهَا الْجِرْذَانُ» قَالَ: وَقَالَ نَبِيُّ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لِأَشَجِّ عَبْدِ الْقَيْسِ: ” إِنَّ فِيكَ لَخَصْلَتَيْنِ يُحِبُّهُمَا اللهُ: الْحِلْمُ وَالْأَنَاةُ “.
އަބޫ ސަޢީދު އަލްޚުދްރީ، އެކަލޭގެފާނުގެ މިޙަދީޘްގައި ރިވާކުރައްވާފައިވެއެވެ. “ޢަބްދުލް ޤައިސްގެ މީހުން ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އައެވެ. ފަހެ، އެބައިމީހުން ދެންނެވިއެވެ. “އޭ ﷲ ގެ ނަބިއްޔާއެވެ. ތިމަންމެންނީ ރަބީޢާ ޤަބީލާގެ ބަޔަކީމެވެ. އަދި ތިމަންމެންނާ ކަލޭގެފާނާ ދެމެދުވަނީ މުޟަރު ޤަބީލާގެ ކާފިރުންނެވެ. އަދި ޙުރުމަތްތެރިވެގެންވާ މަހުގައި މެނުވީ ތިމަންމެން ކަލޭގެފާނުގެ އަރިހަށް އައުމަށް ނުކުޅެދިފައިވަމެވެ. ފަހެ، އެކަމެއްގައި ތިމަންމެން ހިފަހައްޓައިފި ނަމަ ސުވަރުގެ ވަދެވޭ ކަމެއް ތިމަންމެންނަށް އަމުރުކުރައްވާށެވެ. އަދި އެއީ ތިމަންމެންގެ ތެރެއިން ނާދެވިފައި ތިބި މީހުންނަށް އެކަމަށް އަމުރުކުރުމަށެވެ.”
ފަހެ، ﷲ ގެ ރަސޫލާ ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ހަތަރު ކަމަކަށް އަމުރުކުރައްވަމެވެ. އަދި ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ހަތަރު ކަމެއް ނަހީކުރައްވަމެވެ. ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ. އަދި އެއިލާހާ އެއްވެސް އެއްޗެއް ބައިވެރި ނުކުރާށެވެ. އަދި ނަމާދު ޤާއިމު ކުރާށެވެ. އަދި (މުދަލު) ޒަކާތް ދޭށެވެ. އަދި ރަމަޟާން މަހު ރޯދަ ހިފާށެވެ. އަދި ތިޔަބައިމީހުން ޣަނީމާކުރާ މުދަލުން ފަސްބައިކުޅަ އެއްބައި ދޭށެވެ. އަދި ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ހަތަރު ކަމެއް ނަހީކުރައްވަމެވެ. (އެއީ) ބަރަބޮލާއި الْحَنْتَم އާއި الْمُزَفَّت އަދި النَّقِير އެވެ.”
އެބައިމީހުން ދެންނެވިއެވެ. “އޭ ﷲ ގެ ނަބިއްޔާއެވެ. النَّقِير އާ ބެހޭގޮތުން ކަލޭގެފާނަށް އެނގިވަޑައިގަންނަވަނީ ކޮން އެއްޗެއް ހެއްޔެވެ؟”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އާއެކެވެ. އެއީ ކަދުރުރުކުގެ ބުޑު ކޮނެގެން ހަދާ އެއްޗެކެވެ. އަދި އެއަށް ތިޔަބައިމީހުން الْقُطَيْعَاءِ އޭ ކިޔުނު ވައްތަރުގެ ކަދުރު އަޅައެވެ.”
ސަޢީދު ވިދާޅުވިއެވެ. “ނުވަތަ ޙަދޘްކުރެއްވިއެވެ. “އެއީ ކަދުރުން ހަދާ އެއްޗެކެވެ. – ދެން ތިޔަބައިމީހުން އެއަށް ފެން އަޅައެވެ. އޭގެން ބޮކިޖެހުން ހުއްޓުމުން ތިޔަބައިމީހުން އެ ބޮޔެއެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު – ނުވަތަ އެބައިމީހުންގެ ތެރެއިން މީހަކު – އޭނާގެ ބޮޑުބޭބެގެ ދަރީގެ ގައިގައި ކަނޑިން ޖަހައިފުމަށް ދާންދެނެވެ.”
ވިދާޅުވިއެވެ. “އެފަދައިން އަނިޔާވެފައިވާ މީހަކު އެބައިމީހުންގެ ތެރޭގައި ހުއްޓެވެ. އެމީހާ ބުންޏެވެ. “ތިމަން ލަދުން، ﷲ ގެ ރަސޫލާ އަށް އެކަން ފޮރުވަން އުޅުނީމެވެ. ފަހެ، ތިމަން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ތިމަންމެން ބޯންވީ ކޮން އެއްޗަކުން ހެއްޔެވެ؟”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭގެ ތުން އައްސާފައިވާ ހަމުގެ ކަންވާރުންނެވެ.”
އެބައިމީހުން ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ތިމަންމެންގެ ބިމުގައި މީދާތައް ވަރަށް ގިނައެވެ. އަދި ހަމުގެ ކަންވާރު ގިނަ ދުވަހަކު ނުގެންގުޅެވެއެވެ.”
ފަހެ، ﷲ ގެ ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. “މީދާތައް އެ ކޭކަމުގައިވިޔަސްމެއެވެ. މީދާތައް އެ ކޭކަމުގައިވިޔަސްމެއެވެ. މީދާތައް އެ ކޭކަމުގައިވިޔަސްމެއެވެ.”
ވިދާޅުވިއެވެ. “އަދި ﷲ ގެ ނަބިއްޔާ، އަޝައްޖު ޢަބްދުލް ޤައިސަށް ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ﷲ ލޯބިވެވޮޑިގަންނަވާ ދެ ޞިފައެއް ތިބާގެ ކިބައިގައިވެއެވެ. (އެއީ) ޙިލްމާއި ފަރުވާތެރިކަމާއެކު ކަންކަންކުރުމެވެ.”
27 – (…) حَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى، وَابْنُ بَشَّارٍ، قَالَا: حَدَّثَنَا ابْنُ أَبِي عَدِيٍّ، عَنْ سَعِيدٍ، عَنْ قَتَادَةَ، قَالَ: حَدَّثَنِي غَيْرُ وَاحِدٍ لَقِيَ ذَاكَ الْوَفْدَ، وَذَكَرَ أَبَا نَضْرَةَ، عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ وَفْدَ عَبْدِ الْقَيْسِ لَمَّا قَدِمُوا عَلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِمِثْلِ حَدِيثِ ابْنِ عُلَيَّةَ، غَيْرَ أَنَّ فِيهِ «وَتَذِيفُونَ فِيهِ مِنَ الْقُطَيْعَاءِ، أَوِ التَّمْرِ وَالْمَاءِ»، وَلَمْ يَقُلْ: قَالَ سَعِيدٌ، أَوْ قَالَ مِنَ التَّمْرِ.
ޢަބްދުލް ޤައިސްގެ ވަފުދު ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އައި ވާހަކަ އަބޫ ސަޢީދު އަލްޚުދްރީގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އިބްނު ޢުލައްޔާގެ ޙަދީޘާ އެއްގޮތަށެވެ. އެ ރިވާޔަތުގައި ވަނީ: “އަދި އެއަށް ތިޔަބައިމީހުން الْقُطَيْعَاءِ އޭ ކިޔުނު ވައްތަރުގެ ކަދުރު އެއްކުރެއެވެ. ނުވަތަ ކަދުރާ ފެން އެއްކުރެއެވެ.” މިފަދައިންނެވެ.
“ސަޢީދު ވިދާޅުވިއެވެ. ނުވަތަ ކަދުރުންނެވެ.” މިފަދައިން އިބްނު ޢުލައްޔާ ވިދާޅުނުވެއެވެ.
28 – (…) حَدَّثَنِي مُحَمَّدُ بْنُ بَكَّارٍ الْبَصْرِيُّ، حَدَّثَنَا أَبُو عَاصِمٍ، عَنِ ابْنِ جُرَيْجٍ، ح وحَدَّثَنِي مُحَمَّدُ بْنُ رَافِعٍ – وَاللَّفْظُ لَهُ – حَدَّثَنَا عَبْدُ الرَّزَّاقِ، أَخْبَرَنَا ابْنُ جُرَيْجٍ قَالَ: أَخْبَرَنِي أَبُو قَزَعَةَ، أَنَّ أَبَا نَضْرَةَ، أَخْبَرَهُ وَحَسَنًا، أَخْبَرَهُمَا، أَنَّ أَبَا سَعِيدٍ الْخُدْرِيَّ، أَخْبَرَهُ أَنَّ وَفْدَ عَبْدِ الْقَيْسِ لَمَّا أَتَوْا نَبِيَّ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالُوا: يَا نَبِيَّ اللهِ، جَعَلَنَا اللهُ فِدَاءَكَ مَاذَا يَصْلُحُ لَنَا مِنَ الْأَشْرِبَةِ؟ فَقَالَ: «لَا تَشْرَبُوا فِي النَّقِيرِ»، قَالُوا: يَا نَبِيَّ اللهِ، جَعَلَنَا اللهُ فِدَاءَكَ، أَوَ تَدْرِي مَا النَّقِيرُ؟ قَالَ: «نَعَمْ، الْجِذْعُ يُنْقَرُ وَسَطُهُ، وَلَا فِي الدُّبَّاءِ، وَلَا فِي الْحَنْتَمَةِ، وَعَلَيْكُمْ بِالْمُوكَى».
އަބޫ ސަޢީދު އަލްޚުދްރީގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ޢަބްދުލް ޤައިސްގެ ވަފުދު ﷲ ގެ ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް އައެވެ. އެބައިމީހުން ދެންނެވިއެވެ. “އޭ ﷲ ގެ ނަބިއްޔާއެވެ. ﷲ ތިމަންމެން ކަލޭގެފާނަށްޓަކައި ފިދާކުރައްވާށިއެވެ. ތިމަންމެންނަށް ބުއިމަށް ރަނގަޅީ ކޮން އެއްޗެއް ހެއްޔެވެ؟”
ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ” النَّقِير ގައި ނުބޯށެވެ.”
އެބައިމީހުން ދެންނެވިއެވެ. “އޭ ﷲ ގެ ނަބިއްޔާއެވެ. ﷲ ތިމަންމެން ކަލޭގެފާނަށްޓަކައި ފިދާކުރައްވާށިއެވެ. النَّقِير އަކީ ކޮން އެއްޗެއްކަން ކަލޭގެފާނަށް އެނގިލައްވާ ހެއްޔެވެ؟”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އާއެކެވެ. އެއީ ކަދުރުރުކުގެ ބުޑުގެ މެދު ތޮރުފައިގެން ހަދާ ކަންވާރެކެވެ. އަދި އާއި ގައިވެސް ނުބޯށެވެ. ތިޔަބައިމީހުން الْمُوكَى [7] ބޭނުންކުރާށެވެ.”
_______________________
[1] ރަބީޢާއަކީ އެބައިމީހުންގެ ކާފައެކެވެ.
[2] الْحَنْتَم އަކީ ރުނބާއެވެ.
[3] النَّقِيرِ އަކީ ކަދުރުރުކުގެ ބުޑުގެ މެދު ތޮރުފައިގެން ހަދާ ކަންވާރެކެވެ.
[4] الْمُقَيَّر އަކީ ގަހެއް އަންދައިގެން އެއިން އުފައްދާ، ތާރުފަދަ އެއްޗަކުން ހަދާ ކަންވާރެކެވެ.
[5] މިއީ ނަބީޛާއި ރާ އަދި އެނޫން ބުއިންތައް ތައްޔާރުކުރުމަށް ގެންގުޅޭ ކަންވާރުތަކެކެވެ. ކުރިން މިކަން ނަބިއްޔާ صلى الله عليه وسلم ނަހީކުރެއްވީ މީސްތަކުންނަށް ނޭނގި އެ ކަންވާރުތަކުގައި ރަލަށް ވެފައިވާ ބުއިންތައް ބޮއެފާނެތީއެވެ. ދެން އެހެން ޙަދީޘެއްގައި އެކަލޭގެފާނުވަނީ އެފަދަ ކަންވާރުތައް ބޭނުންކުރުން ހުއްދަ ދެއްވައި، މަސްތުވާ އެންމެހާ ބުއިންތަކުން ނަހީކުރައްވާފައެވެ.
[6] الْمُزَفَّت އަކީ ތާރުން ހަދާ ކަންވާރެކެވެ.
[7] الْمُوكَى އަކީ ތުން އައްސާފައި ހުންނަ ކަންވާރުތަކެވެ.