[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް: “ފީމޭލް ޖެނިޓަލް މިއުޓިލޭޝަން” (FGM) އާއި އަންހެނުން ޚިތާނުކުރުމުގެ ތަފާތު

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރާ މީހުން ބުނަމުންދަނީ އަންހެނުން ޚިތާނުކުރުމަކީ އެބައިމީހުންނަށް ނުހަނު ގެއްލުންހުރި، އަނިޔާވެރި ޢަމަލެއް ކަމުގައެވެ. އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ކަމެއް އެއީ ގެއްލުންހުރި ނުވަތަ އަނިޔާވެރި ކަމެއްކަމަށް މުސްލިމަކު ޤަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ ނަމަވެސް މުސްލިމުން މިފަދަ މަޅިތަކުގައި ޖެއްސުމަށްޓަކައި ކަމުގެ ޙަޤީޤަތް އޮޅުވާލުމަށް ޢަދުއްވުން މަސައްކަތްކުރެއެވެ. އެގޮތުން މިއީ އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ އަންހެނުން ޚިތާނުކުރުން އޮޅުވާލުމަށް ބަޔަކު ކުރަމުންދާ މަސައްކަތުގެ ނަތީޖާއެވެ.

އަންހެނުން ޚިތާނުކުރުން އެކި ފަރާތްތަކުން މާނަ ކުރާގޮތް ތަފާތުވުމަކީ މުސްލިމުންގެ ތެރެއިން ބައެއް މީހުންނަށް މިކަން އޮޅެއް ދިމާވާ ސަބަބެކެވެ. އެހެންކަމުން މިދިރާސާގައި އަންހެނުން ޚިތާނުކުރުމާއި “ފީމޭލް ޖެނިޓަލް މިއުޓިލޭޝަން” ނުވަތަ FGM ގެ ތަފާތަށް އަލިއަޅުވާލާފައިވާނެއެވެ.

މިދިރާސާގެ ސަބަބުން މިމައުޟޫޢުގައި ދިވެހިންނަށް އޮޅުން އަރައިފައިވާ ކަންކަން ސާފުވެގެން ދާނެކަމަށް އުންމީދުކުރަމެވެ. އަދި އިސްލާމްދީނުގެ ޢަދުއްވުންގެ މިފަދަ މަޅިތަކުން މުސްލިމުން ރައްކާތެރިކޮށްދެއްވު އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

 

ފޮތުގެ ނަން “ފީމޭލް ޖެނިޓަލް މިއުޓިލޭޝަން” (FGM) އާއި އަންހެނުން ޚިތާނުކުރުމުގެ ތަފާތު
ޞަފްޙާގެ ޢަދަދު 32 ޞަފްޙާ
ފައިލް ސައިޒް 2 mb

 

ފޮތް ޑައުންލޯޑު ކުރައްވާ