[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ޙުކުމް ނަސްޚުވުމާއި ޖަމްޢުކުރުން – 13

ހަވަނަ އާޔަތް:

 

މާތް ﷲ ވަޙީކުރެއްވިއެވެ. (وَإِذَا حَضَرَ الْقِسْمَةَ أُولُو الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينُ فَارْزُقُوهُم مِّنْهُ وَقُولُوا لَهُمْ قَوْلًا مَّعْرُوفًا)[1] މާނައީ: “(ތަރިކަ މުދާ) ބަހާތަނަށް (އެ މުދަލުން ނުވާ) ގާތްތިމާގެ މީހުންނާއި، ޔަތީމުންނާއި، މިސްކީނުން ޙާޟިރުވެއްޖެނަމަ، (އެ މުދާ ބެހުމުގެ ކުރިން) އެއުރެންނަށް އެއިން އެތިކޮޅެއް ދޭށެވެ! އަދި، އެއުރެންނަށް ހެޔޮބަސް ބުނާށެވެ!” މިއާޔަތް ވަނީ މާތް ﷲ އަންނަނިވި ވަޙީބަސްފުޅުން މަންސޫޚު ކުރެވިފައިކަމުގައި ހަތަރު މަޛްހަބުގެ ޢިލްމުވެރިންނާއި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެއެވެ. (يُوصِيكُمُ اللَّهُ فِي أَوْلَادِكُمْ ۖ لِلذَّكَرِ مِثْلُ حَظِّ الْأُنثَيَيْنِ)[2] މާނައީ: “ތިޔަބައިމީހުންގެ ދަރިންނާމެދު، ﷲ ތިޔަބައިމީހުންނަށް އަންގަވަތެވެ. އަންހެން ދެ ދަރިންގެ ބަޔާ އެއްފަދަ ބަޔެއް ފިރިހެން ދަރިޔަކަށް ވެއެވެ.”

ނަމަވެސް ފާޅުވެ ފެންނަން އޮތީ މި ދެ އާޔަތަކީވެސް މުޙުކަމު ދެ އާޔަތްކަމެވެ. އެހެނީ މިދެއާޔަތް އެއްތަންކޮށް ބެލުމުން އެނގެން އޮތީ ތަރިކަމުދާ ބެހުމަށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ބެހުމަށާއި ތަރިކަ މުދާ ބަހާތަނަށް ގާތްތިމާގެ މީހުން ކުރެ މިސްކީނުންނާއި ޔަތީމުން ޙާޟިރުވެއްޖެނަމަ އެމީހުންނަށް އެމީހުންނަށް އެއިން އެތިކޮޅެއް ދިނުމަށެވެ. މިކަމުގައި ފާހަގަކޮށްލަންޖެހޭ ކަމަކީ އެ ދެވޭ ދެވުން، މިދެވެނީ ވާރިޘުންނަށް ނޫންކަމާއި ދެވޭ ދެވުން މިދެވެނީ އެންމެހާ ވާރިޘުންގެ ރުހުމުގައި ގާތްތިމާގެ މީހުންނަށް ކަމުގައި ވުމުން، ވާރިޘަކަށް އެކަމުން ލިބޭނެ ގެއްލުމެއް ނެތްކަމެވެ.


[1]  سورة النساء: 8.

[2]  سورة النساء: 11.

 

މިލިޔުމުގެ އެހެން ބައިތައް