[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – 3

މިޒަމާނަށް ބަލާލާއިރުގައި: ފަހެ ހަކަމަށަވަރުން މިކަން މިވަނީ ތަފާތުވެފައެވެ. މީލާދީން 17ވަނަ ޤަރުނު ނިމެން ކައިރިވެފައި ވަނިކޮށް އަދި 18ވަނަ ޤަރުނުގެ ކުރީކޮޅުގައި ޢިލްމީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ހުޅަނގުގެ ޤައުމުތަކަށް އައި ބަދަލުތަކާއެކުގައި ޚާލިޤަކުވާކަން ނަފީކުރުމުގެ ފިކުރުތައް ފެތުރެން ފެށިއެވެ.

މިއީ މާރކްސް (Marx) އާއި ޑާރވިން (Darwin) އާއި ނީޗާ (Nietzsche) އަދި ފުރޯއިޑު (Freud)  ފަދަ މީހުން ޢިލްމީ، ނަފްސާނީ، އިޤްތިޞާދީ އަދި އިޖުތިމާޢީ އެކި ކަންކަން ތަޙުލީލު ކުރި ދުވަސްވަރެވެ. އެބައިމީހުން ބަލާފައިވަނީ ޚާލިޤެއް ނުވާކަމަކަށް ބަލައިގެން މިކަންކަމުގައި ވާހަކަދެއްކުމަށެވެ.

މިކަމަށް އިތުރަށް ބާރުދިން ސަބަބަކީ: މެދު ޤަރުނުތަކުގެ ތެރޭގައި ދީނުގެ ނަމުގައި ނަޞާރާ ދީނުގެ އުހުލުވެރިން ހިންގި ހަނގުރާމަތަކާއި ޖަރީމާތަކާ އަދި މުދަލާ ނަފްސުގެ ޙުރުމަތް ކަނޑާލުމެވެ. އެއީ ދީނުން ބޭރުވުންކަމުގައި ނަޞާރާއިން ދެކުނު ކަންކަމުގައި އެބައިމީހުން ޢަމަލުކުރަމުން އައި ގޮތެވެ.

އެބައިމީހުންގެ މި ޖަރީމާތަކަކީ ހަމައެކަނި ތަޖުރިބާގެ ޢިލްމުވެރިން (ސައިންޓިސްޓުން) އާއި ނަފްސާނީ ޢިލްމުވެރިން އަދި އިޖުތިމާޢީ ޢިލްމުވެރިންނަށް ކުރިމަތިވި ކަމެއް ނޫނެވެ. ދީނާއި ޚާލިޤު ނެތިއްޖެކަމަށް ބުނި އަދީބުންނާއި ދެކޮޅަށްވެސް މިކަން ކުރިއަށް ދިޔައެވެ. އަދި ދީނަކީ އިންސާނާގެ ތަބީޢަތާ ދެކޮޅު ޤާނޫނުތަކެއް ހަދާ އެއްޗެއްކަމަކަށާއި މިނިވަންތަކާއި ބާއްޖަވެރިކަމަށް ހުރަސް އަޅާ އެއްޗެއް ކަމަށް ބުނި މީހުންނާ ދެކޮޅަށްވެސް މިކަން ކުރިއަށް ދިޔައެވެ.

މިކަން ދިމާވީ ޑާރވިން އޭނާގެ މަޝްހޫރު ‘އިވޮލިއުޝަން ތިއަރީ’ ފާޅުކުރި ދުވަސްވަރާއެވެ. އަދި މި ފިކުރު ވެގެން ދިޔައީ ނަޞާރާއިންގެ މުޤައްދަސް ފޮތުގައި، ކައުނު އުފެދިގެން އައިގޮތް ޞިފަކޮށްފައިވާ ގޮތާ މުޅިން ޚިލާފު ފިކުރަކަށެވެ.

އަދި ނީޗާ (Nietzsche) ވެސް އެ ދުވަސްވަރު މަޝްހޫރު ލިޔުންތަކެއް ނެރުނެވެ. އެއީ: ‘މަތިވެރި ޚާލިޤު މަރުވުން’، މި ނަމުން ނަންދީފައިވާ ލިޔުމަކާއި ‘ދީނަކީ ބޭކާރު ފިކުރެއް އަދި ޙަޔާތާ ދެކޮޅު ޖަރީމާއެއް’ މި ނަމުން ނަންދީފައިވާ ލިޔުމެކެވެ.

މި ގޮތުން މި މަރުޙަލާގައި، މުލްޙިދުންގެ ފިކުރުތައް މީސްތަކުން ދީނާ ދުރުކުރުވަން މަސައްކަތްކުރިއެވެ. އެއީ ކަނީސާއިން އުނގަންނައިދޭ ކަންކަން ހަމަ ބުއްދިއާއި ޚިލާފުވާތީއެވެ.

= ނުނިމޭ =

 


 

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް