އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – 16
ފަލްސަފީ ނަޒަރިއްޔާތުތައް
ފުރަތަމައީ: ބުއްދި މަތިވެރިކުރުން
ފަލްސަފީ ނަޒަރިއްޔާތުތައް
ފުރަތަމައީ: ބުއްދި މަތިވެރިކުރުން
ދެވަނަ ނަޒަރިއްޔާތު: “ބިގް ބޭންގު” ނަޒަރިއްޔާތު (Big Bang Theory)
ފުރަތަމަ ނަޒަރިއްޔާތު: “ޑާރވިން”ގެ ނަޒަރިއްޔާތު (Darwin’s theory)
މުލްޙިދުންގެ ފޮތްތައް ދިރާސާކުރުމުން އެނގިގެން ދަނީ އެބައިމީހުން އޭގެ މައްޗަށް ބަރޯސާވާ، ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ ޢިލްމީ ނަޒަރިއްޔާތުގައިވަނީ ދެ ބާވަތެއްގެ ނަޒަރިއްޔާތުތަކެއްކަމެވެ.
އިލްޙާދުގެ އުޞޫލުތަކާއި ބަރޯސާވާ ކަންތައްތަކާއި އިލްޙާދުގެ ފިކުރު އޭގެ މައްޗަށް ބިނާވެފައިވާ އަދި ދަޢުވަތުދޭ މަންހަޖު
ކިބުރުވެރިކަމުގެ ނަތީޖާތަކުގެ ތެރޭގައި:
ކިބުވެރިކަމެއް ނުވާނަމަ އެއްވެސް މީހަކު އިލްޙާދުގެ ފިކުރުގައި ޖެހި، ދީނަށް ފުރަގަސްދީފައި ނުދާނެއެވެ.
އިލްޙާދުވުމަށް މެދުވެރިވާ ސަބަބުތައް
އަދި އިލްޙާދުވުމަށް މެދުވެރިވާ ސަބަބުތަކަށް ރިޢާޔަތްކޮށް، ބައެއް ބާޙިޘުން އިލްޙާދު ތިން ބަޔަށްވެސް ބަހައެވެ. އެއީ:
އިލްޙާދުގެ މަދަރުސާތައް (Atheistic Schools of thought)
އަދުގެ ތާރީޚަށް ބަލާލުމުން ފެންނަން އޮތީ އިލްޙާދުގެ އަނދިރި ފަރާތް ވަރަށް ގިނަ ނަންނަމުގައި ފެތުރެމުންދާކަމެވެ. އަދި އެއަށް ގޮވާލާއި ފޯރިނަގަމުން ދާ ބަޔަކުވާކެމެވެ. އަދި އޭގެ އުޞޫލަތަކަށް ޤަވާއިދު ހަދާ، މަގުކޮށަމުންދާ ބަޔަކު ވާކަމެވެ.
ތަފާސް ޙިސާބުތަކަށް ބަލާލާއިރުގައި ދުނިޔޭގައި އިލްޙާދުގެ ފިކުރު ފެތުރެމުންދަނީ ވަރަށް ނުރައްކާތެރި މިންވަރަކަށެވެ.
ހަމަ އެފަދައިން “މާރކްސް” (Marx) އޭނާގެ މަޝްހޫރު ތިޔަރީ އިޢުލާނު ކުރިއެވެ. އެއީ: “އިލާހަކު ނުވޭ، ވަނީ ޙަޔާތާއި މާއްދިއްޔަތު” މިއެވެ. އަދި ދީނާމެދު އޭނާ ދެކުނީ އެއީ ޢާންމުންގެ އަފިހުން (opium of the masses) ކަމުގައެވެ. އޭނާ ދަޢުވާކުރި ގޮތުގައި ދީނުގެ ސަބަބުން މީސްތަކުން ކަންނެތްވެއެވެ. އަދި ކަންކަން ބަދަލުކުރުމުގެ ކުޅަދާނަކަން އެބައިމީހުންނަށް ލިބިގެންވާކަން ޤަބޫލު ނުކުރެއެވެ.
މި މަރުޙަލާގައި، މުލްޙިދުންގެ ފިކުރުތައް މީސްތަކުން ދީނާ ދުރުކުރުވަން މަސައްކަތްކުރިއެވެ. އެއީ ކަނީސާއިން އުނގަންނައިދޭ ކަންކަން ހަމަ ބުއްދިއާއި ޚިލާފުވާތީއެވެ.
އެބައިމީހުން ދަޢުވާ ކުރާ ގޮތުގައި ކައުނު ޚަލްޤުކުރައްވާފައި އެއިލާހު ކައުނު ދޫކޮށްލީއެވެ. ނުވަތަ ކައުނު ޚަލްޤުކުރައްވާފައި އިލާހު ފަނާވީއެވެ. އަދި ކައުނު އޭގެ އަމިއްލަ ޙާލައިގެން ކުރިއަށް ދިޔުމަށް ދޫކޮށްލީއެވެ. – މިބައިމީހުންގެ މި ބަސްތަކުން ﷲ ތަޢާލާ ހުސްޠާހިރުވަންވަވެވޮޑިގެންވެއެވެ. –
މުލްޙިދުން ބުނާ ގޮތުގައި މިކައުނު އުފެއްދެވި ފަރާތެއް ނުވެއެވެ. ކައުނު ވުޖޫދަށް އައީ އަމިއްލައަށެވެ. އަދި ކައުނު އުފެދިފައިވާ މާއްދާއަކީ އަބަދުމެ ވުޖޫދުގައިވާ އެއްޗެކެވެ. އަދި ކައުނަކީ އެއީ ޚާލިޤެވެ. އަދި އެއީ މަޚްލޫޤުވެސް މެއެވެ. އެހެންކަމުން އެބައިމީހުން ރަސޫލުބޭކަލުންނަށް ކާފިރުވެއެވެ. އަދި ދީންތަކާ ދެކޮޅު ހަދައެވެ.