[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – 4

ހަމަ އެފަދައިން “މާރކްސް” (Marx) އޭނާގެ މަޝްހޫރު ތިޔަރީ އިޢުލާނު ކުރިއެވެ. އެއީ: “އިލާހަކު ނުވޭ، ވަނީ ޙަޔާތާއި މާއްދިއްޔަތު” މިއެވެ. އަދި ދީނާމެދު އޭނާ ދެކުނީ އެއީ ޢާންމުންގެ އަފިހުން (opium of the masses)  ކަމުގައެވެ. އޭނާ ދަޢުވާކުރި ގޮތުގައި ދީނުގެ ސަބަބުން މީސްތަކުން ކަންނެތްވެއެވެ. އަދި ކަންކަން ބަދަލުކުރުމުގެ ކުޅަދާނަކަން އެބައިމީހުންނަށް ލިބިގެންވާކަން ޤަބޫލު ނުކުރެއެވެ.

އަދި ފުރޯއިޑު (Freud) އޭނާގެ ތިޔަރީގައި ދަޢުވާކޮށްފައިވަނީ ދީނަކީ ވަހުމެއް ކަމުގައެވެ. އަދި މީސްތަކުން އެއަށް ބޭނުން ޖެހިފައިވަނީ އިންސާނިއްޔަތުގެ ކުރީކޮޅުގައިކަމެވެ. އަދި އިލާހެއް ވުޖޫދަށް ގެނައުމުގެ ފިކުރަކީ އެއީ ވިސްނާލުމެއް ނެތި ފުރިހަމަކަމަށް ވާސިލުވުމަށް ކުރެވުނު މަސައްކަތެއްގެ ނަތީޖާއެވެ. އެއީ ބައްޕައެއްގެ ބަދަލުގައި އެންމެ މަތީ ނަމޫނާއަކަށް ނަގާނެ މީހަކު ގެނައުމަށް ކުރެވުނު މަސައްކަތެކެވެ. އޭނާ ދަޢުވާ ކުރި ގޮތުގައި އިންސާނާ އޭނާގެ ޅަފަތުގައި އޭނާގެ ބައްޕައަށް ބަލަނީ ފުރިހަމަ އަދި އާދަޔާ ޚިލާފު މީހެއްގެ ގޮތުގައެވެ. އެހެނަސް ދުވަސްކޮޅަކުން ފުރިހަމަ މީހެއް ނުވާކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އެ ކާރިޘާއަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރެއެވެ. އެގޮތުން ވަހުމީ ޞޫރައެއް ހަދާފައި އެއީ ފުރިހަމަ މީހެއްކަމުގައި ދެކެއެވެ.

އިސްވެ ދިޔަ ކަންކަމަށް އިތުރުކޮށްލަން ޖެހެނީ: ފަރަންސޭސި ‘ރިވޮލިއުޝަން’ އަށް ފަހު އެތަނުގައި ސިޔާސީ ބަދަލުތަކެއް އައެވެ. އަދި އިނގިރޭސި ވިލާތާއި ޔޫރަޕުގެ އެހެން ޤައުމުތަކަށްވެސް މެއެވެ. އެގޮތުން ދީނާ ސިޔާސަތު ވަކިކުރުމުގެ ރޫޙެއް އެތަންތަނުގައި އުފެދިގެން އައެވެ.

އެގޮތުން ހުޅަނގުގެ ޤައުމުތަކުގައި މި ފެންނަ އިލްޙާދު (atheism) ފެށުނެވެ. އަދި ވަރަށް ބާރު މިނުގައި ފެތުރުނެވެ. އަދި މިފަހުގެ އަހަރުތަކާ ހިސާބަށް އައިއިރު، އިލްޙާދަށް ބާރުދިން ސޯވިއަޓް ޔޫނިއަން ވެއްޓި އެތަނުގައި އޮތް އިލްޙާދުގެ ފިކުރު މަޑު ޖެހިލާފައި އަނެއްކާވެސް އެ ފިކުރު މިވަނީ އުތުރި އަރަންފަށާފައެވެ.

= ނުނިމޭ =

 


 

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް