[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – 5

ތަފާސް ޙިސާބުތަކަށް ބަލާލާއިރުގައި ދުނިޔޭގައި އިލްޙާދުގެ ފިކުރު ފެތުރެމުންދަނީ ވަރަށް ނުރައްކާތެރި މިންވަރަކަށެވެ. އެގޮތުން ޔޫރަޕުގެ ތަފާސްހިސާބުތަކާ ބެހޭ މުއައްސަސާއެއްކަމަށްވާ Eurobarometer ކުރި ދިރާސާއަކުން ދައްކާގޮތުގައި މީލާދީ ގޮތުން 2005 ގައި ޔޫރަޕުގެ %18 މީހުންނަކީ އިލާހެއްވާކަން ޤަބޫލުނުކުރާ  އޭތިސްޓުންނެވެ. އަދި  27%މީހުން ޚާލިޤެއްވާކަން ޤަބޫލުނުކޮށް، ޤަބޫލުކުރަނީ ރޫޙާނީ ޙަޔާތެއްވާކަމުގައެވެ. އަދި ދިރިހުރުމުގެ ފަހަތުގައި ފޮރުވިފައިވާ ބާރެއްވާކަމުގައެވެ.

އަދިވެސް އެފަދަ ދިރާސާތައް ކުރާ މުއައްސަސާއެއްކަމުގައިވާ Ipsos-Reid އިން ބަޔާންކޮށްފައިވާ ގޮތުގައި މީލާދީ ގޮތުން 2011 ވަނަ އަހަރު ކެނަޑާގައި އޭތިސްޓުން %43 އަށް އަރާފައިވެއެވެ.

އަދި ފައިނޭންޝަލް ޓައިމްސް އިން އެބައިމީހުންގެ މަޖައްލާގައި ބަޔާންކޮށްފައިވަނީ މީލާދީ ގޮތުން 2006 ގައި ޖަޕާނުގެ %65 މީހުންނަކީ އޭތިސްޓުންކަމުގައެވެ.

އަދިވެސް އެފަދަ ދިރާސާތައް ކުރާ މުއައްސަސާއެއްކަމަށްވާ INEGI އިން ބަޔާންކޮށްފައިވަނީ މެކްސިކޯގައި އޭތިސްޓުން ގެ ނިސްބަތް %5.2  އިން ކޮންމެ އަހަރަކު އިތުރުވަމުންދާ ކަމަށެވެ.

 

= ނުނިމޭ =

 


 

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް