[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – 6

އަދި އެހެނިހެން ތަފާސް ޙިސާބުތަކުން ދައްކާގޮތުގައި ޗައިނާގައި 8 – 14 % މީހުންނަކީ އޭތީސްޓުންނެވެ. އަދި އެތަނުގެ ބުދުދީނުގެ މީހުންގެ ޙަޤީޤަތަށް ބަލާއިރު އެމީހުންގެ ތެރެއިންވެސް ވަރަށް ގިނަ މީހުންނަކީ އޭތިސްޓުންނެވެ. އެއީ ޢަދަދުގެ ގޮތުން ވަރަށް ގިނަ ބައެކެވެ.

އަދި ބީބީސީއިން ބަޔާންކޮށްފައިވާ ގޮތުގައި އެމެރިކާގެ 9 % މީހުންނަކީ އޭތިސްޓުންނެވެ.

އަދި އެހެނިހެން ބައެއް ރަސްމީ އަދި ނުރަސްމީ ތަފާސް ޙިސާބުތަކުގައި ބަޔާންކޮށްފައިވަނީ އެމެރިކާގައި އޭތިސްމް ފެތުރެމުންދަނީ ވަރަށް ބާރު ދުވެލީގައިކަމެވެ. އަދި އެތަނުގައި އޭތިސްޓުންނާ އަދި އިލާހެއްވޭ ތޯ ނުވަތަ ނުވޭތޯވެސް ނޭނގޭކަމަށް ބުނާ މީހުންގެ 55 % މީހުންނަކީ 35 އަހަރުން ދަށުގެ މީހުންނެވެ. އަދި މިފިކުރު ފެތުރުމުގައި އެމެރިކާގެ ޖާމިޢާތަކަކީ ވަރަށް ބޮޑު ދައުރެއް އަދާކުރާ ތަންތަނެވެ.

މިއީ ކާފިރު ޤައުމުތަކުގައި މިކަން އޮތް ގޮތެވެ. ދެން ފަހެ އިސްލާމީ ދުނިޔޭގައި މިކަން އޮތީ ކިހިނެތް ހެއްޔެވެ؟

އިސްލާމީ ތާރީޚު ދިރާސާކޮށްފި މީހަކަށް ފެނިގެންދާނީ ތާރީޚުގައި ވަރަށް މަދު މީހަކު މެނުވީ އޭތިސްޓު ފިކުރަށް ގޮސްފައި ނުވާކަމެވެ. އެގޮތަށް އޭތިސްޓު ފިކުރަށް ދިޔަ އެންމެ މަޝްހޫރު އެކަކީ އިބްނުއްރާވަންދީއެވެ. އޭނާއަކީ ކުރިން ޔަހޫދީއެއްގެ ގޮތުގައި އުޅެފައި އިސްލާމުވެފައި ދެން ޔަހޫދީ ވެފައި އެއަށް ފަހު އޭތީސްޓަކަށްވީ މީހެކެވެ.

އިލްޙާދުގެ ޒަމާނީ އޮއިވަރަށް ބަލާލާއިރު: އިސްލާމީ ދުނިޔެއަށް އެ ވަދެފައިވަނީ 19ވަނަ ޤަރުނުގެ މެދުތެރޭގައި އިސްތިޢުމާރުގެ އެހީތެރިކަމުގައެވެ. އަދި ފުރަތަމަ އެ ފޮރުވާފައިވަނީ ހުޅަނގުގެ ޤައުމުތަކުގައިވާ ތަހްޒީބަށް ގޮވާލުމާއި މިނިވަންކަމާއި ބުއްދި އިސްކުރުމަށް ގޮވާލުމާއި ޢިލްމުތަކުގެ ތެރޭގައެވެ. އަދި އޭގެ ނިމުމަކަށްވީ އިލްޙާދާއި އިލާހެއް ވުޖޫދުގައިވާކަން އިންކާރުކުރުމެވެ.

އަދުގެ ތާރީޚަށް ބަލާލުމުން ފެންނަން އޮތީ އިލްޙާދުގެ އަނދިރި ފަރާތް ވަރަށް ގިނަ ނަންނަމުގައި ފެތުރެމުންދާކަމެވެ. އަދި އެއަށް ގޮވާލާއި ފޯރިނަގަމުން ދާ ބަޔަކުވާކެމެވެ. އަދި އޭގެ އުޞޫލަތަކަށް ޤަވާއިދު ހަދާ، މަގުކޮށަމުންދާ ބަޔަކު ވާކަމެވެ.

އަދުގެ ޒަމާނީ ވަސީލަތްތަކުން ދުނިޔެ ހުޅުވާލާފައިވާ ދުވަސްވަރެއްގައި، ހުޅަނގުން ނުކުމެގެން މިއަންނަ އިލްޙާދު ފިކުރުގެ ސަބަބުން އިސްލާމީ ދުނިޔެއަށްވެސް ނޭދެވޭ އަސަރުތައް ކުރަމުންދާކަމީ ފެންނަން އޮތް ޙަޤީޤަތެކެވެ.

= ނުނިމޭ =

 


 

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް