[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – 8

އަދި އިލްޙާދުވުމަށް މެދުވެރިވާ ސަބަބުތަކަށް ރިޢާޔަތްކޮށް، ބައެއް ބާޙިޘުން އިލްޙާދު ތިން ބަޔަށްވެސް ބަހައެވެ. އެއީ:

 

ފުރަތަމައީ: ޖަޒުބާތީ އިލްޙާދު

މިއީ ބައެއް ފަހަރު ޤަޟާޤަދަރާ ގުޅުން ހުރި މައްސަލަތައް އޮޅުން އެރުމުން މެދުވެރިވާ ކަމެކެވެ.

 

ދެވަނައީ: މާއްދީ ފައިދާތަކުގެ އިލްޙާދު

މިއީ ބައެއްފަހަރު އެއްވެސް ހަމައެއް ލަމައެއް ނެތި ލައްޛަތުތަކާއި ޝަހުވަތްތަކަށް ޣަރަޤުވުމުގެ ސަބަބުން މެދުވެރިވާ ކަމެކެވެ.

 

ތިންވަނައީ: ބުއްދިއާއި ޢިލްމުގެ އިލްޙާދު

މިއީ އެބައިމީހުން ދަޢުވާކުރާ އެކި ނަޒަރިއްޔާތުތަކާއި ޢިލްމީ ފަލްސަފާތަކުގެ މައްޗަށް ބިނާކޮށްފައިވާ އިލްޙާދެވެ.

 

ފަހަރުގައި އިލްޙާދުގެ ބައިތައް މިހެން ބަހާލުމުން އިލްޙާދުގެ ހުރިހާ ވައްތަރެއް މީގައި ޝާމިލުވުންވެސް އަދި ނުވުންވެސް އެކަށީގެންވެއެވެ. އެހެންކަމުން އިލްޙާދުގެ ހުރިހާ ބައިތަކެއް އޭގައި ޝާމިލުކުރުވާނެ ތަޢުރީފަކީ: ޚާލިޤަކު ވޮޑިގެންވާކަމަށް އީމާން ނުވުމެވެ. – އެބައިމީހުން އެބުނާ ބަސްތަކުން ﷲ ތަޢާލާ ހުސްތާހިރުވެވޮޑިގެންވެއެވެ. –

= ނުނިމޭ =

 

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް