السؤال
މިހާރު އުޅޭ ހޯނަކީ އިބްރާހީމުގެފާނުގެ އަލިފާންގަނޑަށް ފުމުނު ހޯނުކަމުގައި ނުވާއިރު އަދި އެއް ނަފުސެއް އަނެއް ނަފުސެއްގެ ފާފައިގެ ޒިންމާ ނަގަން ނުޖެހޭނޭކަންވެސް އެނގޭއިރު، ހޯނު މެރުމަށް އަހަރެމެންނަށް އަމުރުވެވިގެންވަނީ ކީއްވެގެން ހެއްޔެވެ؟ އަދި ޙަދީޘުގައި ހޯނު މެރުމަށް އައިސްފައިވާ އަމުރުފުޅުގެ ތެރޭގައި ގެތަކުގެ ތެރޭގައި އުޅޭ ހޯނާއި ބޭރުގައި އުޅޭ ހޯނުގެ ބާވަތްތައް ޝާމިލުވާނެ ހެއްޔެވެ؟
الجواب
ﷲއަށް ޙަމްދު ހުއްޓެވެ.
ހޯނު މެރުމަށް އަމުރުފުޅު އައިސްފައި ވެއެވެ. އަދި މި އަމުރުފުޅުގެ ޢިއްލަތެއްކަމުގައި ބަޔާންވެގެންވަނީ އެއީ ފުވައިސިޤު (ގެއްލުން ދެނިވި ނުރައްކާތެރި) އެއްޗެއް ކަމުގައި ވާތީއެވެ. މިފަދަ ނުރައްކާތެރި އެހެން ތަކެތި ޤަތުލު ކުރުމަށްވެސް އަމުރުފުޅު އައިސްފައި ވެއެވެ. އޭގެ ތެރޭގައި ނުރައްކާތެރި ހަރުފައާއި ނަގުލަންދާއްޓާއި މޮޔަ ކުއްތާ ހިމެނެއެވެ.
ބުޚާރީގެ 1831 ނަންބަރު ޙަދީޘުގައި މާތް ﷲ އެ ކަމާނާއަށް ރުއްސުން ލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެން ވެއެވެ: އެ ކަމަނާ ވިދާޅު ވިއެވެ:
“ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ހޯނަށް ފުވައިސިޤެކެވެ މިފަދައިން ވިދާޅު ވިއެވެ. އެހެނަސް އެ މެރުމަށް އެކަލޭގެފާނުން އަމުރުކުރެއްވި އަޑެއް ތިމަންކަމަނާ ނާއްސަވަމެވެ.”
އަދި މުސްލިމުގެ 2238ވަނަ ނަންބަރު ޙަދީޘުގައި ސަޢުދުގެފާނު އެ ކަލޭގެފާނުގެ ބައްޕާފުޅުގެ ކިބައިން ރިވާ ކުރެއްވި އެވެ:
“ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ހޯނު މެރުމަށް އަމުރު ކުރެއްވިއެވެ. އަދި އެއީ ފުވައިސިޤެއްކަމުގައި އެންގެވިއެވެ.”
އެހެންކަމުން ހޯނު މެރުމުގެ ޢިއްލަތަކީ: ގެއްލުމާއި އުނދަގޫ އެ އެތީގެ ފަރާތުން ކުރިމަތި ވުމެވެ.
حَيَاةُ الْحَيَوَان الكُبْرَىٰގައި الدُّمَيْرِيُّވިދާޅު ވެފައި ވެއެވެ:
“ހޯނަށް ފުވައިސެޤެވެ ކިޔުނު ކަމާމެދު ދަންނައެވެ! މިއީ ޙަރަމުގައިވެސް އަދި ޙަރަމު ނޫން ސަރަޙައްދުގައިވެސް އެ ފަސް ބާވަތެއްގެ ނުރައްކާތެރި ތަކެތި މެރޭ މޭރުމުން އޮތް ކަމެކެވެ. ފިސްޤުގެ އަޞްލަކީ ނުކުތުން ނުވަތަ ބޭރު ވުމެވެ. މި ބުނެވުނު ބާވަތްތަކުގެ ތަކެތީގެ ނުރައްކާތެރިކަން އެހެން ގިނަ ޚަލްޤުތަކުންނަށް ވުރެ ބޮޑުވެގެން ވެއެވެ.” (546/2)
އަދިވެސް ބުޚާރީގެ 3359ވަނަ ނަންބަރު ޙަދީޘުގައި، މާތް ﷲ އެ ކަމަނާއަށް ރުއްސުން ލެއްވި އުއްމު ޝަރީކުގެ ކިބައިން ރިވާވެގެން އައިސްފައި ވެއެވެ:
((أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، ” أَمَرَ بِقَتْلِ الوَزَغِ، وَقَالَ: كَانَ يَنْفُخُ عَلَى إِبْرَاهِيمَ عَلَيْهِ السَّلاَمُ)).
މާނައީ: “ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ހޯނު މެރުމަށް އަމުރުކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ: އެ އެތި އިބްރާހީމުގެފާނު عَلَيْهِ السَّلَام (އެ އަލިފާންގަނޑަަށް އެއްލައިލެވުނު ހިނދު އަލިފާންގަނޑުގެ ހުޅުގަނޑަށް) ފުމޭކަމުގައި ވިއެވެ.”
= ނުނިމޭ =