[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

قتل އަދި އޭގެ ވައްތަރުތައް ނަންގަނެވުނު باب – 10 (ފަހު ބައި)

އެހެންނަމަވެސް القتل الخطأ ގައި كفارة ދިނުން قاتلގެ މައްޗަށް واجبވެގެންވަނީ އަންނަނިވި ސަބަބުތަކަށްޓަކައެވެ.

  1. كفارة އަދާކުރަނީ قتلކުރެވުނު ކުށެއް ނެތް مؤمنއާގެ މައްޗަށް احترام ކުރުމުގެ ގޮތުން.
  2. ކުށްކުރެވުނު މީހާގެ ފަރުވާކުޑަކަމުން މީހަކު މަރުވުން.
  3. މަރުގެ دية ދިނުން واجبވެގެންވަނީ ކުށްކުރެވުނު ޢާއިލާގެ ޢާޤިލާއިންގެ މައްޗަށްކަމުން، ކުއްކުރެވުނު މީހާގެ ފަރާތުން މަރުގެ دية ދިނުން އުފުލިގެންދެއެވެ. އެހެންކަމުން كفارة ނަގަނީ قاتلގެ ފަރާތުންވެސް ކުރެވުނު ކުށުގެ ބަދަލު ހޯދުމަށެވެ.

 

القتل الخطأ ގައި ކުށްކުރެވުނު ޢާއިލާގެ ޢާޤިލާއިންގެ މައްޗަށް މަރުގެ دية ދިނުން واجبވެގެން ވުމާއި ކުށްކުރެވުނު މީހާގެ މައްޗަށް كفارة ދިނުން واجبވެގެން ދިޔުމުން އެކަމުގެ ފަހަތުގައި ބައިވަރު حكمةތަކާއި ފައިދާތަކެއް ވެއެވެ. މާތް ﷲ سُبْحَانَهُ وَتَعَالَىއީ މޮޅަށް ދެނެވޮޑިގެންވާ حكيمވަންތަ އިލާހެވެ. އަދި އެކަލާނގެ ހުރިހާ ކަމެއްވެސް ތައްޔާރުކުރައްވާފައިވަނީ އިންސާނުންނަށް ދުނިޔަވީ އަދި އުޚްރަވީ ހަޔާތުގެ ފައިދާ އެންމެ ރަނގަޅުގޮތުގައި ލިބޭނެގޮތަށެވެ.

އަޅުންނާއި، فقيرންނާއި، ކުޑަކުދިންނާއި، މޮޔައިންނާއި، އަންހެނުންނާ އަދި قاتلގެ ދީން ނޫން އެހެން ދީނެއް قبولކުރާ މީހުންނަކީ ކުށްކުރެވުނު މީހާގެ ޢާޤިލާއިންގެ ތެރޭގައި ނުހިމެނޭ މީހުންނެވެ. އެމީހުންގެ މައްޗަށް ދިޔަ ދިނުން واجبވެގެނެއް ނުވެއެވެ. އެއީ އެމީހުންނަކީ ކުށްކުރެވުނު މީހާގެ ބެލެނިވެރިން އަދި އެހީތެރިންގެ ގޮތުގައި ނުހިމެނޭނެ ބަޔަކަށްވާތީއެވެ.

މިއާއެކު ކުށްކުރެވުނު މީހާގެ ޢާއިލާގެ ޢާޤިލާއިންނަށް 03 (ތިނެއް) އަހަރު ދުވަސް ވަންދެން دية އަދާ ކުރުން ފަސް ކުރުމުގެ ހުއްދަ ލިބިގެންވެއެވެ. މީގެ އިތުރުން އެމީހުންގެ މާލީ ތަނަވަސްކަމުގެ ޙާލަތަށް ބަލައި ކޮންމެ މީހަކު ދައްކަންޖެހޭ ދިޔައިގެ ހިއްސާ ބެލުމަށް އިޖްތިހާދު ކުރެވިދާނެއެވެ. މިގޮތަށް دية އަދާކުރާއިރު ފަށަންވާނީ ތިމާގެމީހުނެގެ ތެރެއިން އެންމެ ގާތް މީހާއިންނެވެ. ދެން އެއާ ޖެހިގެން އެންމެ ގާތް އަދި ހަމަ މިގޮތަށް ކުރިއަށް ގެންދާނީއެވެ.

ނަމަވެސް  شيخ الإسلام ابن تيمية ވިދާޅުވެފައިވެއެވެ: ”دية ވަޤުތުން އަދާ ކުރުމުގައި ވެރިޔާއަށް ފައިދާއެއްވާނަމަ دية ދިނުން ލަސްކުރުމެއް ނުވެއެވެ.“[1]

 

=ނިމުނީ=


އަސްލު مرجع: الملخص الفقهي لصالح بن فوزان بن عبد الله الفوزان (ص 470-461) ގެ ތަރުޖަމާ.

 

[1] حاشية الروض المربع شرح زاد المستقنع لعبد الرحمن بن محمد بن قاسم العاصمي النجدي: [7/287].

 

މި ލިޔުމުގެ އެހެން ބައިތައް