الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ލައިލަތުލް ޤަދްރިއަކީ މަތިވެރިވެގެންވާ ރެއެކެވެ. އެ ރެއަކީ އެއްހާސް މައްސަރަށް ވުރެވެސް ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ. އެއީ ކީރިތި ޤުރުއާން ބާވައިލެއްވުނު ރެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ﴾ [سورة البقرة ١٨٥]
މާނައީ: “ރަމަޟާން މަހަކީ އެ މަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ.”
އަދިވެސް ވަޙީކުރެއްވިއެވެ.
﴿إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ﴾ [سورة القدر ١]
މާނައީ: “ހަމަކަށަވަރުން ތިމަން އިލާހު އެ (އެބަހީ: ކީރިތި ޤުރުއާން) ބާވައިލެއްވީ ލައިލަތުލް ޤަދްރި (އެބަހީ: ނިޔާ ކަނޑައަޅުއްވާ ރޭ) ގައެވެ.”
އެއީ ބަރަކާތްތެރި ރެއެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ﴾ [سورة الدخان ٣]
މާނައީ: “ހަމަކަށަވަރުން ތިމަން އިލާހު އެ (އެބަހީ: ކީރިތި ޤުރުއާން) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ.”
އެ ރެއަކީ ކޮން ރެއެއްކަން ނަބިއްޔާ صلى الله عليه وسلم އަށް ހަނދުމަނެތިކުރެއްވުނެވެ. އެކަމުގެ ޙިކުމަތަކީ ފަހު ދިހައިގެ ހުރިހާ ރެއެއްގައިވެސް މީސްތަކުން ގަދަ އަޅާ މަސައްކަތް ކުރުމެވެ.
އަދި މީސްތަކުން އެދުވަހަށް މާ ބޮޑަށް ބަރޯސާވެދާނެކަމަށް ބިރުފުޅު ގަތުމުން، އިބްނު މަސްޢޫދު رضي الله عنه ވިދާޅުވެފައިވަނީ އަހަރުގެ ހުރިހާ ރެއެއްގައި ރޭ އަޅުކަން ކުރި މީހަކަށް އެ ރޭ ލިބޭނެކަމަށެވެ. އަދި ލައިލަތުލް ޤަދްރިއާ ބެހޭގޮތުން ވާރިދުވެފައިވާ އެންމެ ޞައްޙަ ޢަލާމާތަކީ އެ ރެއަށް ފަހު އިރު އަރާއިރު އިރުގެ ދޯދި ނެތުމެވެ. އެކަން ފެންނަނީ އެ ރޭ ފާއިތުވުމުންނެވެ. މި ހުރިހާ ކަމަކުން އެނގެނީ ފަހު ދިހައިގެ އެއްވެސް ރެއެއް ފަރުވާ ކުޑަކުރުމެއް ނެތި އެ ރޭ ހޯދަން މަސައްކަތް ކުރުމުގެ މުހިންމުކަމެވެ.
މި ފޮތުގައި ގެނެސްދީފައިވާނީ ލައިލަތުލް ޤަދްރިއާ ބެހޭގޮތުން އެނގުން މުހިންމު މައުލޫމާތުތަކެކެވެ.
ދުޢާއަކީ ﷲ ތަޢާލާ މި މަސައްކަތުގައި ބަރާކާތްލައްވާ މި ފޮތަކީ ފައިދާކުރަނިވި ފޮތެއްކަމުގައި ލެއްވުމެވެ.
ފޮތުގެ ނަން | ލައިލަތުލް ޤަދްރި |
އެކުލަވާލީ | އައްޝައިޚު ޢިމްރާން މުޙައްމަދު ޢަލީ |
ޞަފްޙާގެ ޢަދަދު | 33 ޞަފްޙާ |
ފައިލް ސައިޒް | 12 MB |