[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަ – 19 (ރޯދައާ ގުޅުން ހުރި ޒަމާނީ ބައެއް ކަންކަން)

ދެވަނަ ބައި: ރޯދައާ ގުޅުން ހުރި ޒަމާނީ ބައެއް ކަންކަމާއި އޭގެ ތެރެއިން ރޯދަ ފާސިދުކުރަނިވި ކަންކަމާއި ރޯދައަށް އަސަރެއް ނުފޯރުވަނިވި ކަންކަން

 

 

ފުރަތަމައީ: ރޯދައަށް ހުރެ ކިޑުނީ ދޮވުން

އެ މީހެއްގެ ކިޑްނީ ދޮވެއްޖެ މީހެއްގެ ރޯދަ އޭގެ ސަބަބުން ގެއްލޭނެއެވެ. އެއީ ކޮންމެ ވަސީލަތަކުން ކިޑްނީ ދޮވުނުކަމުގައި ވިޔަސްމެއެވެ. މިއީ އިބްނު ބާޒުގެ ރައުޔެވެ. އަދި ސަޢުދީ ޢަރަބީއްޔާގެ ފަތުވާދޭ މަޖިލީހުން ފަތުވާ ދެއްވާފައިވަނީވެސް މި ރައުޔަށެވެ.

 

ދެވަނައީ: ރޯދައަށް ހުރެ އިންހޭލާ ބޭނުން ކުރެން

ރޯދަމަހުގެ ދުވާލުގެ ވަގުތުގައި އިންހޭލާ ބޭނުންކުރުމުން އެ މީހެއްގެ ރޯދަ ފާސިދު ނުވާނެއެވެ. މި ރައުޔު އިބްނު ބާޒް އަދި އިބްނު ޢުޘައިމީން ރާޖިޙު ކުރެއްވިއެވެ. އަދި މިއީ ކުވައިތުގެ ބޭސްވެރިކަމާ ބެހޭ އިސްލާމީ މުނައްޡަމާއިން ބޭއްވި ނުވަވަނަ ފިޤުހީ ނަދުވާގެ ބައިވެރީންގެ ރައުޔުވެސް މެއެވެ.

 

ތިންވަނައީ: ބައެއް ބަލިތަކުގެ ފަރުވާއަށް ދުލުގެ ދަށަށް ލައިގެން ބޭނުން ކުރާ ބައެއް ޓެބްލެޓްތައް

މިފަދަ ޓެބްލެޓު ބޭނުންކުރުން އޭގެ ޒާތުގައި ހުއްދައެވެ. ނަމަވެސް އޭގެން ބޭރުވާ އެއްވެސް އެއްޗެއް ދިރުވާ ނުލުން ޝަރުޠުވެގެން ވެއެވެ. މިއީ އިޖުމާޢާއެކު މަޖްމަޢުލްފިޤްހުލް އިސްލާމީގެ ފަރާތުން ނެރުނު ޤަރާރެވެ.

 

ހަތަރުވަނައީ: އޮކްސިޖަން މާސްކުފަދަ ހަށިގަނޑުގެ ތެރެއަށް އޮކްސިޖަން ފޮނުވާ ވަސީލަތެއް ބޭނުންކުރުން

ނޭވާލުމަށް ހަށިގަނޑުގެ ތެރެއަށް އޮކްސިޖަން ފޮނުވުމަށް މާސްކެއްފަދަ އެއްޗެއް ބޭނުންކުރުމަކީ ރޯދަ ފަސާދަކުރުވާ ކަމެއް ނޫނެވެ. މިއީ އޯއައިސީގެ މަޖްމަޢުލްފިޤްހުލް އިސްލާމީގެ ދިހަވަނަ ބައްދަލުވުމުގެ ރައުޔެވެ.

 


 

މަޞްދަރު: ملخص فقه العبادات

 

މި ލިޔުމުގެ އެހެން ބައިތައް