[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه – 14

  1. ރައްޔު [1]:

ރައްޔު އަލުން ފަތަޙަކުރެއްވީ އަބޫ މޫސާ އަލްއަޝްޢަރީ رضي الله عنه އެވެ. އެއީ ހިޖުރައިން 24 ވަނަ އަހަރެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައި އެރަށް ފަތަޙަކުރެއްވީ ޙުޛައިފާ ބުން ޔަމާން رضي الله عنهما އެވެ. [2]

 

  1. އިސްކަންދަރިއްޔާ:

 ޢުޘްމާނުގެފާނު ޚަލީފާކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހުގައި، މިޞްރުގެ ވެރިއަކަށް ހަމަޖެއްސެވީ ޢަބްދުﷲ ބުން ސަޢުދު ބުން އަބީ ސަރްޙު رضي الله عنه އެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައި، ޢަމްރު ބުނުލް ޢާޞް އަދި ޢުބާދާ ބުނުއް ޞާމިތު رضي الله عنهما އިސްކަންދަރިއްޔާ ފަތަޙަކުރެއްވުމަށް ފަހު، އެތަނުގައި މުސްލިމުންގެ ބާރު ކުޑަވިއެވެ. ރޫމީން ބޭރުކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވުން އެދި، މިޞްރުގެ ޤިބްޠީން ޢުޘްމާނުގެފާނުގެ އަރިހަށް ސިޓީ ފޮނުވިއެވެ. އަދި މިޞްރުގައި ރޫމީންނާ ހަނގުރާމަކުރުން ޢަމްރު ބުނުލް ޢާޞް رضي الله عنه އާ ހަވާލުކޮށްދެއްވުމަށް އެދިއެވެ. އެއީ އެކަލޭގެފާނު އެބައިމީހުންގެ ކަންތައްތައް ރަނގަޅަށް ދެނެވަޑައިގަންނަވާތީއެވެ. ފަހެ، ޢުޘްމާނުގެފާނު އެކަމުގައި އެބައިމީހުންނަށް އިޖާބަދެއްވިއެވެ. އަދި އިސްކަންދަރިއްޔާގެ ވެރިއަކަށް ޢަމްރު ބުނުލް ޢާޞް رضي الله عنه ހަމަޖެއްސެވިއެވެ. އަދި އެތަނުން ރޫމީން ބޭރުކުރުމަށް އެކަލޭގެފާނު އެންގެވިއެވެ. ދެން އަލުން އިސްކަންދަރިއްޔާ ފަތަޙަކުރައްވާ، އެތަނުގައި މުސްލިމުން ޘާބިތުކުރެއްވިއެވެ. އެއީ ހިޖުރައިން 25 ވަނަ އަހަރެވެ. [3]

 


 

الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –

 

ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه –

 

[1]  މިއީ މިހާރު އީރާނުގެ ޠިހްރާނުގެ ކައިރީގައިވާ ރަށެކެވެ. (ބައްލަވާ: أطلس تاريخ الإسلامي لهاري و. هازارد وآخرين (ص: 11) وقاموس المحيط (ص: 432)).

[2]  ބައްލަވާ: البداية والنهاية لابن كثير (10 / 221).

[3]  ބައްލަވާ: تاريخ الطبري (4 / 104 – 105)، والبداية والنهاية لابن كثير (10 / 223).