[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެވަނަ ޚަލީފާ: ޢުމަރު ބުން އަލްޚައްޠާބު رضي الله عنه – 21

އިސްކަންދަރިއްޔާ ފަތަޙަކުރެއްވުން

 

ބާބިލްޔޫނަށް ފަހު މުސްލިމުން މިސްރާބު ޖެހީ އިސްކަންދަރިއްޔާއަށެވެ. އެއީ މިޞްރުގައި ރޫމީންގެ ވެރިރަށެވެ. މުސްލިމުން ދިގު މުއްދަތަކަށް އެ ރަށް ޙިޞާރުކުރިއެވެ. އެކަމުގެ ސަބަބުން އެ ރަށުގައި ތިބި ރޫމީންނަށް އެހީއާއި މަދަދު ލިބުން ދަތިވިއެވެ. ޢަމްރު ބުނުލް ޢާޞް رضي الله عنه، އިސްކަންދަރިއްޔާ ޙިޞާރުކޮށްގެން ތިބި މުސްލިމުންގެ ލަޝްކަރުގެ ޤާޢިދަކަށް ޢުބާދާ ބުނުއް ޞާމިތު رضي الله عنه އައްޔަނުކުރެއްވިއެވެ. ބާބިލްޔޫންގައި މުސްލިމުންނާއެކު މުޤައުޤިސް ޞުލްޙަވުމުން، ހިރަޤުލްވަނީ މުޤައުޤިސްއާ ގުޅުން ކަނޑާލާފައެވެ. ފަހެ، ހިރަޤުލް މަރުވުމުން މުޤައުޤިސް މިޞްރަށް އައެވެ. އަދި އިސްކަންދަރިއްޔާ ޙިޞާރުކޮށްފައިވާކަން އެނގުމުން މުސްލިމުންނާ ޞުލްޙަވިއެވެ. ޞުލްޙަވެރިކަމާއެކު ޢުބާދާގެފާނު އިސްކަންދަރިއްޔާ ފަތަޙަކުރެއްވީ ހިޖުރައިން 21 ވަނަ އަހަރުގެ މުޙައްރަމު މަހުގައެވެ.

އިސްކަންދަރިއްޔާ ފަތަޙަކުރެއްވުމަށް ފަހު، ޢަމްރު ބުނުލް ޢާޞް رضي الله عنه ފުސްޠާޠު ބިނާކުރެއްވިއެވެ. ދެން އެއަށް ފަހު، މިޞްރުގެ ހުޅަނގު ފަރާތަށް ވަޑައިގެންނެވިއެވެ. އަދި ހިޖުރައިން 21 ވަނަ އަހަރު ޞުލްޙަވެރިކަމާއެކު ބަރްޤާ ފަތަޙަކުރެއްވިއެވެ. އަދި ހިޖުރައިން 22 ވަނަ އަހަރު ޠަރާބުލްސް ފަތަޙަކުރެއްވިއެވެ.

____________________________________________________

الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް